3 ށ.) އިޘްނާ ޢަޝަރިއްޔާ (الاثْنَا عَشْرِيَّة)
This article is available in Dhivehi only.
(3 ށ.) އިޘްނާ ޢަޝަރިއްޔާ (الاثْنَا عَشْرِيَّة)
ޝީޢީންގެ މިފިރުޤާ ދައުވާ ކުރާ ގޮތުން، ރަސޫލުގެ ޢާއިލާގެ 12 ބޭފުޅަކީ، މައުސޫމު (ކުށްފާފައިން މަޙުރޫމުވެފައިވާ) އަދި އެތަކެއް އިލާހީ ސިފަތަކެއް މި އިމާމުންނަށް ޚާއްޞަ ވެގެން ވާ ބައެކެވެ. (އެހެންކަމުން، އެވެރިން ގާތައް ދުޢާ ކޮށް، އެވެރިން ފުށުން ވާތްގަށް އެދި، އެވެރިންގެ ޤަބުރުތައް ވަށައި ޠަވާފުކުރެއެވެ.) މިއިން ކޮންމެ އިމާމެއް ވިދިގެން އަންނަ އިމާމު ޢައްޔަން ކުރެއްވި ކަމާއި، އޭގެ ތެރެއިން އެންމެ ފަހުންވީ 12 ވަނަ އިމާމު، ޢިރާޤުގެ ސާމައްރާ ގެ ހޮހޮޅައަކަށް ވަދެފައިވާ ކަމަށް ދައުވާ ކުރެއެވެ.
އިމާމިއްޔާ ޝީޢީން ނޭ މިބައިމީހުންނަށް ނިސްބަތްވަނީވެސް މިހެންވެއެވެ. އެއީ ޢިމާމުން ދެނެގަތުމުގެ ކަންތަކީ އެވެރިންގެ އެންމެ އަސާސީ ކަންތައްކަމުގައި ދެކޭތީއެވެ.
މިވެރިންގެ ޢަޤީދާ ތަކުގެ ތެރޭ:
(التقية) ތަޤިއްޔާ (ތިމާމެންގެ ޢަޤީދާތައް ސިއްރުކުރުމާއި އޮޅުވާލުން) އަދި މިއީ ދީނުގެ އަސާސެއް ކަމެވެ. އަދި މިކަން ދޫކޮށްލުމީ ނަމާދު އެޅުންފަދަކަމެއް ގޮތުގައެވެ.
(الإمامة) އިމާމާ ވަންތަކަން (ޚާއްޞަ ސިފަ ލިބިފައިވާ 12 އިމާމަކަށް އީމާން ވުން)
(العصمة) އިމާމުން މަޢުޞޫމު (ކުށްފާފައިން މިންޖުވެފައިވާ) ބަޔެއް ކަމުގައި ކާނޑައެޅުން
(العلم اللدني) އަލްޢިލްމުއް ލަދުނީ: ޚާއްޞަ ބަޔަކަށް (ވަލީ ވެރިންނަށް) އެކަނި ވާ އިލާހީ ގުޅުންތަކަކުން (އިލްޙާމުން) ލިއްބައިދޭ ޢިލްމު ތަކެއް ވާކަމަށް ބުނުން (އެހެންކަމުން ޝަރީޢަތް އުނގެނި އެއަށް ޢަމަލު ކުރުމުން އެއުރެން މިންޖުވެފައިވާކަމަށް)
(الغَيبة) ބާރަވަނަ އިމާމު މީސްތަކުންގެ ލޯމައްޗަށް ޣައިބު ކުރައްވައި އެތައް ޒަމާނަކަށް ދިރިދެމެހެއްޓެވުން.
(خوارق العادات) އެވެރިންގެ ދީނުގެ ޞައްޙަކަން ޘާބިތު ކުރުމަށް، އެވެރިންގެ ވަލީވެރިން ފުށުން ފާޅުވާ އާދަޔާ ޚިލާފު (ޝައިޠާނީ) ކަންކަމަކަށް އީމާން ވުން.
(الرجعة) އައްރަޖްޢާ (އެނބުރި އައުން) : އެވެރިން ދެކޭ ގޮތުގައި މަހުދީ ފާޅުވެ، ”އަހުލު ބައިތުން“ (ނަބިއްޔުގެ ޢާއިލާ) ގެ އެންމެހާ ”ޢަދާވާތްތެރިން“ އަނބުރާ މިދުނިޔެއަށް ރުޖޫއަ ކުރެވޭނެއެވެ. (އޭގެ ތެރޭ އަބޫ ބަކުރު، ޢުމަރު، ޢާއިޝާ، ޙަފްސާ އަދި ސުންނީން ހިމެނެއެވެ.) އަދި މިބައިމީހުންނަށް ހައްމުށިން ތަޅައި މަހުދީ އަދަބު ދޭނޭ ކަމުގައި ޤަބޫލުކުރެއެވެ. އައްރަޖްޢާ ގެ ފިކުރު ބުނާގޮތުން އިމާމް މަހުދީ، އެންމެހާ ރަސޫލުންނާއި، އިމާމުންނާއި، ޝީޢީންގެ ޞާލިޙުން އެއުރެންގެ ޤަބުރުތަކުން އެނބުރި ދުނިޔެއަށް ގެންނާނެތެވެ. އަދި އެއަށް ފަހު ދެވަނަ ފަހަރަށް ދުނިޔޭގައި ދިރިއުޅޭނެތެވެ. މިކަމުގެ މަޤުޞަދަކީ، އަހުލު ބައިތުންގެ ”ޢަދުއްވުން“ ނަށް އަދަބުދެވި ނިކަމެތިވާތަން ދުނިޔޭގައި ދެއްކެވުމަށް ކަމުގައެވެ.
(المتعة) އަލް-މުތަޢާ: ވަޤުތީ ކައިވެނި ކުރުން
އަދި މިއީ އެންމެ ހެޔޮ އާދަކާދަތަކުގެ ތެރޭ ވާ، އަޅުކަމެއް ގޮތުގައި ދެކެއެވެ.
އަބޫ ބަކުރު، ޢުމަރު އަދި ޢުޘްމާނު އާއި ބަރީއަ ވުން. އަދި އަޞްޙާބު ބޭކަލުން ކާފަރުކޮށް އެބޭކަލުންނަށް އެއްޗެހި ގޮވުމަކީ ﷲ އަށް ކުއްތަން ވުމެއްކަމުގައި ދެކެ އެވެ. އަދި މީގެ ތެރޭގައި އުއްމުލް މުއުމިނީންނުން ކުރެން ޢާއިޝާ އާއި ޙަފްޞާވެސް ހިމަނައެވެ.
އަދި ޞަލީބީންގެ ދީނުގައި ޢީސާ އަށް ދީފައިވާ ފަދަ ދަރަޖައެއް މިބައިމީހުން ޢަލީގެފަނަށް ދެއެވެ.
މިވެރިން ދެކޭގޮތުން ޤުރުއާން ވަނީ ބަދަލުކުރެވިފައެވެ. އަދި އެއިން ބައެއް ސޫރަތްތަކާއި އެތަކެއް އާޔަތްތަކެއް ވަނީ ނައްތާލެވިފައެވެ.
ނޯޓް: މިވެރިން ދައުވާ ކުރާ 12 އިމާމުން ތެރޭ އަޞްޙާބުންނާއި ޢިލްމުވެރިންނާއި ޞާލިޙުން ވެއެވެ. އަދި އެބޭފުޅުން ނަކީ މިވެރިންގެ ބާޠިލުތަކުގައި ވާ ބޭކަލުންނެއް ނޫނެވެ. އެއީ ޝީޢީން އެބޭފުޅުން ނަމުގައި ޘާބިތުނޫން ކިތައްމެ ދޮގެއް ހެދިއެއް ކަމަކުއެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ، މި އިމާމުންތައް، 4 ބަޔަކަށް ބެއްސެވިއެވެ:
ފުރަތަމަ ދަރަޖަ: ޢަލީގެފާނެވެ. ދެން އަލްޙަސަން އާއި އަލްޙުސައިން އެވެ. އަދި މިއީ ޞަޙާބިއްޔަ ބޭކަލުންނެވެ. އެބޭފުޅުންގެ މަތިވެރިކަމާއިމެދު ޝައްކެތްނުވެއެވެ. އަދި އެހެނަސް އެބޭކަލުންނަށްވުރެވެސް ފަޟުލުވެރި ބަޔެއް އަޞްޙާބުން ތިއްބެވިކަން ޞައްޙަ ޙަދީޘުން ޘާބިތެވެ.
ދެވަނަ: ޢަލީ އިބްނުލް ޙުސައިން، މުޙައްމަދު ބުނު ޢަލީ އަލްބާޤިރު، ޖަޢްފަރު ބުނު މުޙައްމަދުއް ޞާދިޤް އަދި މޫސާ ބުނު ޖަޢްފަރު — މިއީ އިތުބާރުވެވިގެންވާ އިލްމުވެރިން ނެވެ.
ތިންވަނަ: ޢަލީ އިބްނު މޫސާ އައްރިޟާ، މުޙައްމަދު ބުނު ޢަލީ ބުނު މޫސާ އައްޖަވާދު، ޢަލީ ބުނު މުޙައްމަދު ބުނުލް ޢަސާކިރު އަދި އަލްޙަސަން ބުނު ޢަލީ ބުނު މުޙައްމަދުލް ޢަސާކިރު — މިބޭކަލުންނަކީ ޤަދަރުވެރި ޙާޝިމީ ބޭކަލުންނެވެ . އެހެނަސް ޢިލްމުވެރިންނެއްނޫނެވެ. ޢާންމު މުސްލިމުންނެވެ.
ހަތަރުވަނައަށް: މުޙައްމަދު ބުނުލް ޙަސަނުލް ޢަސްކަރީ، އަލްމުންތަޡިރް (އެނބުރިއައުމަށް އިންތިޒާރުވެވިގެންވާ ފަރާތް). މިއީ ޘާބިތު ނުވާ ޙިޔާލީ ފަރާތެކެވެ.
=
Comments (0)
Be the first to comment.