ރޯދައިގެ ފިޤުހުން ފަންސާސް ފައިދާ ••••
This article is available in Dhivehi only.
•••• ރޯދައިގެ ފިޤުހުން ފަންސާސް ފައިދާ ••••
(އައްޝައިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރް، އަލްޢަލްވާން)
1. ކެއުން، ބުއިން، ޖިމާޢު ވުން، އަދި އަންހެންމީހާ ޙައިޟުވުން — މިހަތަރު ކަމަކީ ރޯދަ ގެއްލޭނެ ކަމުގެ މައްޗަށް އިޖްމާޢު ވެވިފައިވާ ހަތަރު ކަންތަކެވެ. މިނޫން ކަންކަމީ އޭގައި ޚިލާފުއޮތް ކަންކަމެވެ.
2- ކެއިންބުއިން ހުއްޓުން ވަނީ ދެވަނަ ފަޖުރު* ފެށުމާއި އެކުގައެވެ. އޭގެ ފަހުން (އެބަހީ: ބަންގިއަށް ފަހަށް ހުއްޓުން) ޞައްޙަވެގެން ނުވެއެވެ. އަދި ކެއިންބުއިން ހުއްޓުންވަނީ އިރު އެރުމުގެ އަލިކަމާއި އެކު ކަމަށް ބައެއް ސަލަފުން އަރިހުން ވާރިދުވެފައިވާ ބައެއް ބުނުން ތަކަކީ އެއަށް ދަލީލެއް ނުވާ އަމިއްލަ އިޖްތިހާދެވެ. އެގޮތަށް ކަންކޮށްފިމީހާ، ދަންނައެ، އޭނާގެ މައްޗަށް ވަނީ ޤަޟާއު ކުރުމެވެ. އެއީ ނަބިއްޔު ﷺ މި ބަސްފުޅުގެ މައްޗަށެވެ: " إن بلالا يؤذن بليل فكلوا واشربوا حتى يؤذن ابن أم مكتوم" ”ހަމަކަށަވަރުން ބިލާލް ބަންގި ދެއްވަނީ ރޭގަނޑުގައެވެ. ވީމާ ތިޔަބައިމީހުން އިބްނު އުއްމު މަކްތޫމް ބަންގި ދެއްވުމާއި ހަމައަށް ކައިބޮއެ ހަދާށެވެ.“
(* ދެވަނަ ފަޖުރު ނޫނީ ޙަޤީޤީ ފަޖުރުއަކީ، ފަޖުރުގެ އަލިކަން ފާޅުވާ ވަޤުތެވެ. އެއީ ފަތިސް ނަމާދުގެ ބަންގީގެ ވަޤުތެވެ. ފުރަތަމަ ފަޖުރު ނުވަތަ "ދޮގު ފަޖުރު" އަކީ އަސްލު ފަޖުރުގެ ކުރިން އިރުމަތިން ދިގަށް ހުޅަގަށް އަރާ އައްޔެކެވެ. އަދި ކުޑަ ވަގުތުކޮޅަކުން އެ ފިލައިދެއެވެ.)
3- ޢިލްމުވެރިންވަނީ ދަނެހުރި ރޯދަ އަޅާ މީހާ ކާފަރު ވާނޭތޯ އާއިމެދު އިޚްތިލާފުވެލައްވާފައެވެ. އެއީ ދެ ޤަޥްލެއްގެ މައްޗަށެވެ: އެއިން ބައިގަނޑެއް ނިންމެވީ: އޭނާ ކާފަރުވާނޭ ކަމެވެ. އެއީ ރޯދައިގެ ވާޖިބު ކަމާއިމެދު އޭނާ ދެކޮޅު ނެހެދިޔަސް އެވެ. މިއީ ސަޢީދު ބުނު ޖުބައިރު އާއި މާލިކީންގެ ފިޤުހުވެރީން ކުރެ އިބްނު ޙަބީބް އާއި އަޙްމަދު އަރިހުން އޮތް އެއް ރިވާޔަތެވެ. އަދި ޖުމްހޫރު ޢިލްމުވެރިން ކަނޑައެޅުއްވީ އޭނާ ކާފަރު ނުވާ ކަމުގައެވެ. އެހެނީ ޒަކާތުގެ ދަރަޖަ ބޮޑުވެފައި، އެއާއިއެކުވެސް އެ އަޅާ މީހާ ކާފަރު ނުވުމެވެ. އެއީ ޞާޙީޙް މުސްލިމްގައި ވާރިދުވެފައިވާ ޙަދީޘް ގެ މައްޗަށެވެ. ނަބިއްޔު ﷺ ޒަކާތް އަޅާ މީހުން ގެ ވާހަކަ ނަންގަންނެވުމަށްފަހު ޙަދީޘް ކުރެއްވިއެވެ: ”ދެން އޭނާގެ ރާސްތާ އޭނާއަށް ފެންނާނެތެވެ. އެއީ އެހެންޏާ ޖަންނަތަށެވެ. ނޫނީ ނަރަކައަށެވެ.“ އޭނާ އަކީ (ޒަކާތް ނުދިނުމުގެ ސަބަބުން) ކާފަރެއް ކަމުގައިވީހީ ނަމަ، ޖަންނަތަށް ރާސްތާއެއް ނުވީހެވެ. އެހެންކަމުން، ޒަކާތް އަޅާ މީހާ ކާފަރު ނުވާނަމަ، ރޯދަ އަޅާ މީހާ ކާފަރުނުވުން އައުލާވެގެން ވެއެވެ.
4- ރޯދަ ހިފުން ވާޖިބު ވެގެންވަނީ ހަނދު ފެނުމާއި އެކުގައެވެ. މިހެންކަމުން، ހިސާބުކުރުން ތަކަށްވެސް އަދި ފަލަކީ މާހިރުންގެ ބަހަށްވެސް ބިނާވުމެއް ނުވެއެވެ. އަދި މިއީ ޞައްޙަ ޙަދީޘް އެއަކަށް ދަލީކުރާ ގޮތެވެ. އަދި މިކަމުގެ މައްޗަށްވާ ދަލީލުތައް މުތަވާތިރެވެ. (އެތައްމަގަކުން ގިނަގުނައިން ރިވާވެ ޘާބިތެވެ.) އަދި ޙިސާބުކުރުން މާ ސީދާ ވެގެންވާ ކަމަށް ބުނާ ބުނުން ޞައްޙައެއް ނޫނެވެ. އަދި އެއާއި ދިމާނުވާހެން ދެވޭ ހެކިވެރިޔާގެ ބަހުން އެ ބާޠިލުކޮށްލައެވެ.
5- ބޮޑަށް ބުރަވެވެނީ ހަނދު އެއްފަހަރާ އަރައި އޮއްސޭ ކޮންމެ ބަޔަކަށް ވަކި ހަނދެއް ކަމެވެ. އެއީ މިޒަމާނުގައި، ވެރިޔެއް އޭނާ ވެރިކަން ކުރާ ކޮންމެ ބިމަކަށް އެއްހަނދެއް ކަނޑައެޅިކަމުގައި ވިޔަސްމެއެވެ. އަދި މީގައި މައްސަލައެއް ނުވެއެވެ. އެހެނަސް ބޮޑަށް ބުރަވެވިގެންވަނީ އެކީގައި ހަނދުއަރާ ކޮންމެ ހިސާބަކަށް ވަކިހަނދަކަށް ބަރޯސާވުނެވެ. މިއާއި އެކު، (ވެރިކަންކުރެވޭ) އެއްބިމެއްގެ ތެރޭ ހަނދު އަރައިއޮސުން ތަފާތުނަމަ، އަދި އެވެރިން ގޮތް ނިންމަނީ އެ ބިމެއްގެ ވެރިކަމުން އަންގާ އެންގުމާއި އެއްގޮތަށްނަމަ، މިކަމުގައި މައްސަލައެއް ނެތެވެ. އަހަރެމެންގެ މިބިމުގައި (ސަޢުދި އަރަބިއްޔާ ގައި) ކަންތައްކުރެވޭ ފަދައިންނެވެ. އެހެނީ މިބިމުގައި ވެސް ހަނދު އަރައި އޮއްސުން (އެކި ހިސާބުތަކަށް) ތަފާތުތައް ވެއެވެ. އެއާއި އެކުވެސް، އަހަރެމެން ހަނދުބެލުމުގައި ޢަމަލުކުރަނީ ޙާކިމުގެ ޙުކުމަށެވެ. އޭނާ އާއިހަމަޔަށް ފޯޯރާފައިވާ އެއްޗަކަށެވެ. މިކަމުގައި މައްސަލައެއް ނެތެވެ.
6- އެބަޔަކަށް ހަނދު ފެނިފައިނުވާ މީހުން ، އެވެރިންނާއި ހަނދު އަރައި އޮއްސުމުގައި އެންމެ ގާތް ބިމަކަށް އެކަމުގައި ބަރޯސާވާނީއެވެ. ހަމައެފަދައިން ކާފަރުންގެ ބިންތަކުގައި ރޯދަހިފާ މީހުންވެސްމެއެވެ. އަދި ކާފަރުންގެ ބިމުގައި ޖަލަށްލެވިފައިވާ މިހުންވެސްމެއެވެ. ފަހެ އެވެރިން ވަނީ އެވެރިންނާއި ހަނދު އަރައި އޮއްސުމުގައި އެންމެ ގާތުގައި އޮތް ބިމަކުން އޮޅުންފިލުވުމެވެ. އަދި މިއީ (މިކަމުގެ މައްޗަށް ވާ) ރައުޔުތަކުގެތެރެއިން އެންމެ ވަރުގަދަ ރައުޔެވެ. އަދި އިބްނު ތައިމިއްޔާވެސް ބާރުދެއްވި ރައުޔަކީ މިއީއެވެ. ހަނދު އަރައި އޮއްސުމުގައި ޚިލާފު ވާހިނދު ބަރޯސާކުރުން ވަނީ މިގޮތަށްކަމެވެ. މިއަށް މިޒަމާނުގައި މީސްތަކުން ޢަމަލު ނުކުރެއެވެ.
(ނުނިމޭ)
~ ގަަލަންދާން
Comments (0)
Be the first to comment.