Fiqh / Fasting
18- ފަޟުލުވަންތަ ވެގެންވާ ކަންކަމުގެ ތެރޭގައި ކުޑަކުދިންނަށް ރޯދަ ހިފުމަށް އަމުރު ކުރުން ވެއެވެ. އެއީ އެކަމަށް އެވެރިންނަށް ވާޖިބުވެގެން…
By Galandān Admin6 April 2021 at 15:520 Comments
This article is available in Dhivehi only.
*
18- ފަޟުލުވަންތަ ވެގެންވާ ކަންކަމުގެ ތެރޭގައި ކުޑަކުދިންނަށް ރޯދަ ހިފުމަށް އަމުރު ކުރުން ވެއެވެ. އެއީ އެކަމަށް އެވެރިންނަށް ވާޖިބުވެގެން ނުވިޔަސްމެއެވެ. އެކަން ވަނީ އެކަމަށް އާދަވުކުރުވުމާއި އުނގަންނައިދިނުމުގެ ތެރެއިންނެވެ. އަޞްޙާބު ބޭކަލުން ކުރެ ޖަމާޢަތެއްގެ ފުށުން މިކަން ވަނީ ވާރިދުވެފައެވެ. އަދި ރަމަޟާން މަހު މަސްތުވެފައިވާ މީހެއް ފެނުމުން ޢުމަރު ބްނުލް ޙައްޠާބު އެމީހާ ގައިގައި އެތިފަހަރެއް ޖައްސާވައި ވިދާޅުވިއެވެ: "ބަލަ އަހަރެމެންގެ ކުޑަކުދިންވެސް ތިބީ ރޯދަޔަށެވެ!!" އެހެންކަމުން މޮޅުއިތުރީ ރޯދަ ހިފުމަށް ކުޑަކުދިންނަށް އާދަކުރުވުމެވެ. އެއީ ދުވާލުގެ ބައެއްގައި ކަމަށް ވިޔަސްމެއެވެ. ދުވާލުގެ ބަޔަކުން ބަޔަކަށް އިތުރުކޮށް އެކަމަށް ތައްޔާރުކުރުވިމެވެ.
Comments (0)
Be the first to comment.