27- ރޯދަ ވީއްލުމަށް ފުދިގެންވާ ބަލި މިންވަރާއި މެދު ޢިލްމުވެރިންވަނީ ޚިލާފުވެ ލައްވާފައެވެ. އޭގެ ތެރެއިން ބައިގަނޑެއް ވިދާޅުވެތެވެ: "ކޮންމެ…
This article is available in Dhivehi only.
27- ރޯދަ ވީއްލުމަށް ފުދިގެންވާ ބަލި މިންވަރާއި މެދު ޢިލްމުވެރިންވަނީ ޚިލާފުވެ ލައްވާފައެވެ. އޭގެ ތެރެއިން ބައިގަނޑެއް ވިދާޅުވެތެވެ: "ކޮންމެ ބައްޔެއް ވިޔަސް އެބަލިވާ މީހަކަށް ރޯދަ ވީއްލުން ހުއްދައެވެ." މިއާއިމެދު ދެބަސްވެވެއެވެ. އެހެނީ މިޤަޥްލުގެމަތީން އިނގިއްޔެއްގައި ރިއްސާ މީހާ ނުވަތަ ބޮލުގައިވިޔަސް، ރޯދަ ވީއްލާށެވެ. އަދި މިކަން ޞައްޙައެއް ނޫނެވެ. އަދި ބައިގަނޑެއް ވިދާޅުވެއެވެ: މިކަމުގައި މަޤްޞަދަކީ (ބަލަންޖެހޭ މިންގަނޑަކީ) އެބައްޔަކުން އޭނާއަށް ގެއްލުންވާ އަދި އެއަށް ބޭސްފަރުވާ ދޭންޖެހޭ ބައްޔެވެ.
28- ދަތުރުވެރިޔާ ބުރަކަމެއް (އެދަތުރުގައި) ނެތަސް، ޤަޞްރުކޮށް ރޯދަ ވީއްލުން ވެއެވެ. ބޮޑަށް ޞައްޙައީ މިއެވެ. އެހެނީ ރޯދަ ވީއްލުމާއި ޤަޞްރު ކުރުން ވަނީ ދަތިއުނދަގުލާއި ގޮށްޖެހިފައެއް ނޫނެވެ. އެހެނީ ގަޞްރު ކުރުން ވަނީ ހަމައެކަނި ބިމުގައި ދަތުރުފަތުރު ކުރުމާއި ވިދިގެން ނެވެ. އެއީ ﷲ تعالى ގެ މިވަޙީ ގެ މަތީންނެވެ:{وَإِذَا ضَرَبْتُمْ فِى ٱلْأَرْضِ فَلَيْسَ عَلَيْكُمْ جُنَاحٌ أَن تَقْصُرُوا۟ مِنَ ٱلصَّلَوٰةِ} (ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭއިރު، ނަމާދު قصر ކުރުމަކުން ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ.) ﷲ މިވަނީ ހަމައެކަނި ބިމުގައި ދަތުރުފަތުރު ކުރުމަކީ އޭގެ ޒާތުގައި ޤަޞްރު ކުރުމަށް ހުއްދައެއް ކަމުގައި ލައްވާފައެވެ.
29- ދަތުރު މަތީ ރޯދަހިފުމުގައި، އެކި ހަރުފަތްތައް ވެއެވެ:
ފުރަތަމައީ: ރޯދަ ހިފަން އޭނާ އަށް ދަތުރުމަތީ އުނދަގޫ ވުމެވެ. އެހެނަސް އެއީ ގެއްލުމެއް ނުފޯރާ ހާލުގައެވެ. ރަނގަޅުގޮތަކީ އޭނާއަށް (މިޙާލުގައި) މުސްތަޙައްބު ވެގެންވަނީ ރޯދަ ދޫކުރުން ކަމެވެ. އެހެނީ ﷲ تعالى އެއިލާހުގެ ލުއި ދެއްވުމުގައި (އަޅުތަކުން) ހިފުމަށް ލޯބިކުރައްވާތީއެވެ.
ދެވަނައީ: އެކަމުގެ ސަބަބުން އޭނާ އަށް ގެއްލުންވާ މީހާއެވެ. ފަހެ މިމީހާ ރޯދާގައި ދެމިހުރުން ޙަރާމް ވެގެންވެއެވެ.
ތިންވަނައީ: އޭގައި ގެއްލުން އޭނާ ނޫން އެހެން މީހުންނަށް ފޯރުން، އެއީ ޖިހާދު ގައި ރޯދަ ހިފުން ފަދައެވެ. ޢަދުއްވުންނާއި ބަލާއިރު އޭގެން އޭނާގެ ހަށިގަނޑު ބަލިކަށިވުމެވެ. އަދި ކުރީ ސަފުތައް ޙިމާޔަތް ކުރުމުގައިވެސް މެއެވެ. މިފަދަ މީހާ ވަނީ ފާފައިގެ ތެރޭގައެވެ. އެއީ ނަބިއްޔު ﷺ ގެ ޙަދީޘް ގެ މަތީންނެވެ: "أولئك العصاة أولئك العصاة" (ނުކިޔަމަންތެރީންނަކީ އެބައިމީހުންނެވެ. ނުކިޔަމަންތެރީންނަކީ އެބައިމީހުންނެވެ.) އަދި ޙަދީޘް ކުރެއްވިއެވެ: "ليس من البر الصوم في السفر" (ދަތުރުމަތީގައި ރޯދަ ހިފުން ވަނީ ޞާލިޙުވުމުގެ ތެރެޔަކުން ނޫނެވެ.)
ހަތަރުވަނައީ: ރޯދަ ދޫކުޅައުމާއި ހިފުން، ދެކޮޅުވެސް ހަމަހަމަ މީހާ އެވެ. މީގައި ޚިލާފު ވެއެވެ: ބައިގަނޑެއް ވިދާޅުވަނީ: ރޯދަ ވީއްލުން މޮޅުއިތުރު ކަމެވެ. އެހެނީ ﷲ تعالى އެއިލާހުގެ ލުއި ދެއްވުމުގައި (އަޅުތަކުން) ހިފުމަށް ލޯބިކުރައްވާތީއެވެ. އަދި އެނޫން ބައިގަނޑެއް ވިދާޅުވެއެވެ: މީގައި ބެލުންވަނީ އެފަރުދެއްގެ ޙާލަތަށެވެ. އޭނާއަށް މުސްތަޤްބަލުގައި ޤަޟާއު ކުރުމަށް ބުރަވެގެންވާނަމަ، މޮޅުއިތުރީ ރޯދަހިފުމެވެ. އަދި އެނޫން ބައިގަނޑެއް ވިދާޅުވެތެވެ: އޭނާއަށް ބުރަކަމެއް ނެތް ޙާލުގައި، މޮޅުއިތުރީ ރޯދައަށް ހުރުމެވެ. މިއީ ނަބިއްޔު ﷺ އާއި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންގެ ޢަމަލުފުޅުގެ މައްޗަށެވެ. ދެންފަހެ މިޙަދީޘް "إن الله يحب أن تؤتى رخصه" (ﷲ تعالى އެއިލާހުގެ ލުއި ދެއްވުމުގައި (އަޅުތަކުން) ހިފުމަށް ލޯބިކުރައްވަތެވެ.) — އެބޭފުޅުން ވިދާޅުވަނީ މިއީ އުދަގާއި ގުޅިފައިވާ ލުއިދެއްވުންތައް ކަމެވެ. އަދި އެބޭފުޅުން ރޯދަ ވީއްލުމާއި ޤަޞްރު އާއި، މިދެކަން ފަރަޤު ކުރެއްވިއެވެ. އެހެންކަމުން ވިދާޅުވިއެވެ: ދަތުރުމަތީ ގައި (ނަމާދުގެ) އަޞްލަކީ ޤަޞްރެވެ. އަދި ހަމަ މިއާއި އެކު، ނަބިއްޔު ﷺ ދަތުރު މަތީ ފުރިހަމަޔަށް ނަމާދު (އެބަހީ ހަތަރު ރަކުޢަތަށް) ކުރެއްވި ކަމަށް ވާރިދުވެފައި ނުވެއެވެ. އެހެނަސް އެކަލޭގެފާނު ރޯދަހިއްޕެވިކަމަށް ވާރިދުވެފައި ވެއެވެ. މިދަލީލު ފާޅުވެގެންވާ ފަދައިން ވަރުގަދަވެގެން ވެއެވެ.
30- ރޯދަ ނުހިފުމުގެ ގޮތުން ދަތުރު ކުރާ މީހާ އާއި މެދު ޚިލާފުވެއެވެ: ބުނެވެއެވެ: އޭނާ އަށް ވަނީ ރޯދަ ވީއްލުމެވެ. އެހެނީ ދަތުރަކީ އޭގެ ސަބަބުން ރޯދަ ވީއްލުން ހުއްދަ އެއްޗެކެވެ. ވީމާ އޭނާ ރޯދަ ވީއްލުމުގެ ޤަޞްދުގައި ނޫނީ (އަނބިމީހާ އާއި ދުވާލު) ޖިމާޢު ވުމަށް، އޭނާ އަށް (ދަތުރުވެރިއެއް ގޮތުގައި) އެކަން ވެވިދާނެއެވެ. އަދި ބުނެވެއެވެ: ރޯދަ ނުހިފުމުގެ ގޮތުން އޭނާ ދަތުރުވެރިވުން ޖާއިޒުވެގެންނެއް ނުވެއެވެ. އެހެނީ މިއީ (ޙީލަތްތެރި) އޮޅުވާލުމެކެވެ. އަދި ޝަރުޢު އަށް އޮޅުވާލުން ޖާއިޒުވެގެންނެއް ނުވެއެވެ. މިއީ އިމާމް އަޙްމަދު އާއި އިމާމުން ތެރެއިން ބައިގަނޑެއްގެ ވިދާޅުވުމެވެ. ވީމާ އޭނާ އަށް ޢަމަލު ވެވުން ވަނީ އޭނާ ގެ ޤަޞްދާއި ޚިލާފަށެވެ. (އެބަހީ: އެފަދަ މީހާ ރޯދަ ވީއްލުން ހުއްދަ ނޫން ކަމެވެ.) އަދި ޝަރުޢުގައި މިއާއި އެއްފަދަ ކަންކަން އެބަހުއްޓެވެ. އަދި ޞައްޙައީ މިރައުޔެވެ.
(ނުނިމޭ)
~ ގަލަންދާން
Comments (0)
Be the first to comment.