ރަމަޟާން މަހުގެ ފަޟުލުވަންތަ ކަމާއި އެއަށް ތައްޔާރުވާނޭ ގޮތް
This article is available in Dhivehi only.
📚 ރަމަޟާން މަހުގެ ފަޟުލުވަންތަ ކަމާއި އެއަށް ތައްޔާރުވާނޭ ގޮތް
ހަމަކަށަވަރުން ރަމަޟާން މަހަކީ ބަރަކާތްތެރި މަހެކެވެ. އަދި މަތިވެރިވެގެންވާ މޫސުމެކެވެ. އޭގައި އަޅައިގަތުން ތަކަކާއި ދަރަޖަތައް އުފުއްލެވުން ވާކަމަށް ބުނެވެއެވެ. އެއީ އޭގައި މުސްލިމު މީހާ، ކިޔަމަންތެރިކަމުގެ ޢަމަލުތައް ކޮށް ފާފަތަކާއި އުރެދުންތަކުން ދުރުހެލިވުމުގެ މައްޗަށް ތަރުބިއްޔަތުވެވޭ މަދަރުސާއެކެވެ. އެހެންކަމުން، މުސްލިމު މީހާގެ މައްޗަށް އެދެވިގެންވަނީ، ﷲ އަށް ކިޔަމަންގަތުމާއި އެކު މިމައްސަރާއި އިސްތިޤްބާލް ކުރުމެވެ. އަދި ކުށްތަކާއި ފާފަތަކުގެ ހަޑިން އޭނާގެ ނަފްސު ތޯހިރުކޮށްގެން ހުރުމެވެ.
އަދި ފަހެ މިމައްސަރުގެ ފަޟުލުވަންތަކަމާ ބެހޭ ޚަބަރުތައް މަޝްހޫރުވެގެންވެއެވެ. އަދި އެކަމުގެ ޙަދީޘްތަކާއި ރިވާޔަތްތައް ގިނަގުނަވެގެންވެއެވެ.
~ އައްޝެއިޚް ޢަބްދުﷲ އައްސަޢްދު
Comments (0)
Be the first to comment.