ރަމަޟާން މަހުގެ ކޮންމެ ދުވަހަކަށް ނިޔަތް އައު ކުރުމުގެ ޚުކުމް
This article is available in Dhivehi only.
ރަމަޟާން މަހުގެ ކޮންމެ ދުވަހަކަށް ނިޔަތް އައު ކުރުމުގެ ޚުކުމް
މިކަމުގެ މައްޗަށް ޢިލްމުވެރިން ވަނީ ދެގޮތަކަށް އިޚްތިލާފުވެލައްވާފައެވެ:
ފުރަތަމައީ: ރަމަޟާންމަހުގެ ކޮންމެ ދުވަހަކަށް ނިޔަތް އައުކުރުން ޝަރުޠެއްކަމުގެ މައްޗަށެވެ. އަދި މިއީ ޖުމްހޫރު ޢިލްމުވެރިންގެ މަޛުހަބެވެ. ޙަނަފީން(1) ނާއި ޝާފިޢީން(2) ނާއި ޙަންބަލީން(3) އެވެ.
ދަލީލެއްގޮތުގައި ގެންނަވަނީ:
ހ. ޢުމަރު ގެފާނުގެ އިހު ނަންގަނެވުނު ޙަދީޘްގެ ޢާންމު މާނަ
ށ. އަޅުކަންވަނީ އެފަރުޟުވެފައިވާ ވަޤުތަށް އެކަނިކަމެވެ. އެހެންކަމުން ކޮންމެ ދުވަހެއް ވަކިވުމެވެ.
ނ. އުއްމުލް މުއުމިނީން ޙަފްޞާގެ އިހު ނަންގަނެވުނު ޙަދީޘް
ރ. ރަމަޟާން މަހާއި، ރެއަކާއިދުވާލަކަށްވާ ފަސް ނަމާދާއި ޤިޔާސްކޮށެވެ. ކޮންމެ ނަމާދެއް ނިމުމުން އެ ރޫޅިގެން ދެއެވެ. އެހެންކަމުން ކޮންމެ އައު ނަމާދަކަށް އައު ނިޔަތެއް ބޭނުންވެއެވެ. ހަމަ އެފަދައިން ކޮންމެ ދުވަހެއްގެ ރޯދައަށްވެސް ބޭނުންވާނެއޭއެވެ.(4)
ދެވަނައީ: އެއެއްގައި ތަކުރާރުވަނިވި އެއްޗެއްނަމަ އެންމެ ފުރަތަމަ ނިޔަތް ފުދިގެންވާކަމެވެ. އަދި އެއަށްފަހު ހުއްދަ ކަމަކާއި ވިދިގެން އެ ތަކުރާރުވުން އޭނާ މެދުކަނޑާލާނަމަ (މިސާލަކަށް ރޯދަވެރިޔާ: ދަތުރަކަށް ނޫނީ ބަލިވުން އަދި މިފަދަކަމަކަށް މެދުކަނޑާލާ ނަމަ) ދެން އަނެއްކާވެސް ފަށައިގަންނަ އިރު ނިޔަތް އާކުރަން ޖެހޭނޭކަމެވެ. މިއީ މާލިކީ މަޛުހަބުގެ ޤައުލެވެ.(5) އަދި ޙަނަފީންގެ ތެރެއިން ޒުފަރު ބުނުލް ހުޛެއިލް ގެ ރައުޔެވެ.(6)
އަދި މިހެނީ ރޯދައަކީ އެއް އަޅުކަމެއް ފަދައިން އެކައްޗަށް ފަހު އަނެކަތި ގުޅި ތަކުރާރުވަނިވި އެއްޗެއް ކަމުންނެވެ. އަދި އެއިން ވަކިވުން ހުއްދަވެގެން ނުވާތީއެވެ.(7) އެހެން ކަމުން އެއްނިޔަތުން މިފުދޭކަމެވެ. ކޮންމެ ރެއަކު އެ އެކަށަކޮށްނުގަތަސް ޙުކުމުގައި އެދެމިއޮންނަކަމެވެ. އެހެނީ އަޞްލަކީ ނިޔަތް ކެނޑިގެން ނުގޮސް ދެމިއޮތުމެވެ.(8)
___________
1 - ((شرح مختصر الطحاوي)) للجصاص (2/403)، ((المبسوط)) للسرخسي (3/66).
2 - ((المجموع)) للنووي (6/302).
3 - ((الإنصاف)) للمرداوي (3/209)، وينظر: ((المغني)) لابن قدامة (3/109). قال النووي: (وبه قال أبو حنيفة وإسحاق بن راهويه وداود وابن المنذر والجمهور) ((المجموع)) (6/302).
4 - ((المحلى)) لابن حزم (4/ 290).
5 - ((الشرح الكبير)) للدردير (1/521).
6 - ((المبسوط)) للسرخسي (3/56)
7 - (( الشرح الكبير))) للدردير (1/521).
8 - (( الشرح الممتع)) لابن عُثيمين (6/356).
Comments (0)
Be the first to comment.