ސުވާލާއިޖަވާބު — ސުވާލު: ރަމަޟާން މަހުގެ ޤަޟާއު ރޯދަ ބާކީ ހުރެއްޖެ މީހާ، ޢަރަފާތް ދުވަހުގެ ރޯދަ ފަދަ ސުންނަތް ރޯދަ ހިފިދާނެ ހެއްޔެވެ؟
This article is available in Dhivehi only.
ސުވާލާއިޖަވާބު
ސުވާލު: ރަމަޟާން މަހުގެ ޤަޟާއު ރޯދަ ބާކީ ހުރެއްޖެ މީހާ، ޢަރަފާތް ދުވަހުގެ ރޯދަ ފަދަ ސުންނަތް ރޯދަ ހިފިދާނެ ހެއްޔެވެ؟
ޖަވާބު: ޢިލްމުވެރިން މިމައްސަލާގައިވަނީ ޚިލާފުވެލައްވާފައެވެ. އަދި އައްޝެއިޚް ސުލައިމާން އަލްޢަލްވާން ޚިޔާރު ކުރެއްވި ރައުޔަކީ އެކަން ހުއްދަ ކަމުގައެވެ.⁽¹⁾ އަދި މިއީ އައްޝެއިޚް ޚާލިދުލް ފުލައިޖު އާއި އައްޠަރީފީ އާއި އަލްޢުޞައިމީ ޚިޔާރު ކުރެއްވިގޮތެވެ.
~ ގަލަންދާނު 🖋
ـــــــــــــــــــــ
[1] އަލްޢަލްވާން ވިދާޅުވިއެވެ: ”...ފަރުޟު ރޯދައިގެ ކުރިން ތަޠައްވުޢު ރޯދަތައް (އެބަހީ: އަމިއްލަ އިޚްތިޔާރުގައި ހިމެނޭ ނުވަތަ ހުއްދަ އަދި ސުންނަތް ރޯދަތައް) ހިފުން މަނައުވުމާއިމެދު ދަންނައެ، މިއީ ޚިލާފިއްޔާ މައްސަލައެކެވެ. ފަރުޟު ރޯދަތައް އަދައުކުރުމުގެ ކުރިން ތަޠައްވުޢު ރޯދަ ހިފުން މުސްލިމަކަށް ހުއްދަ ހެއްޔެވެ؟ ޖުމްހޫރުން ކަނޑައެޅުއްވި ގޮތަކީ އެކަން ހުއްދަ ކަމުގައެވެ. އަދި ޙައްޤު ˺ޤަޥްލަކީ˹ މިއީއެވެ...“ — ބުލޫޣުލް މަރާމް ގެ ޝަރަޙައިންނެވެ. (ބަސްކޮޅު)
Comments (0)
Be the first to comment.