ރޯދަވެރީން ތިޔަބައިމީހުނާއި އެކު ރޯދަވީއްލައިފިއެވެ..." މިޙަދީޘްގެ ޞައްޙަކަމަކީ ކޮބައިތޯއެވެ؟
This article is available in Dhivehi only.

🔻 "ރޯދަވެރީން ތިޔަބައިމީހުނާއި އެކު ރޯދަވީއްލައިފިއެވެ..." މިޙަދީޘްގެ ޞައްޙަކަމަކީ ކޮބައިތޯއެވެ؟
« أفطر عندكم الصائمون وأكل طعامكم الأبرار...»
"ރޯދަވެރީން ތިޔަބައިމީހުނާއި އެކު ރޯދަވީއްލައިފިއެވެ. (މިތަނުން ދޭހަކުރާ މާނައަކީ: ރޯދަވީއްލަން ދިނުމުން އަޖުރުލިބޭކަމެވެ.). އަދި ތަޤުވާވެރިން ތިޔަބައިމީހުންގެ ކޮއްތު ކައިފިއެވެ..." މިއީ މުންކަރު ޙަދީޘެކެވެ. (އެބަހީ އެހެން ޞައްޙަކަން ބޮޑު ރިވާޔަތްތަކާއި ފުށުއެރުންވާ)
🔻 ޝައުބާން މަހު ހިފާ ރޯދަ ދެރޯދަޔާ އެއްފަދައޭ ބުނެވޭ ބަހުގެ ޞައްޙަކަމަކީ ކޮބައިތޯއެވެ؟
މިއީ އެއްވެސް އަޞްލެއް ނެތް ބަހެކެވެ. އަދި އެހެނަސް ޝަޢުބާން މަހުގެ (ސުންނަތްވެގެންވާ) ރޯދަ އެނޫން މައްސަރުތަކަށް ވުރެ މޮޅުއިތުރުވެގެންވެއެވެ.
~ގަލަންދާނު #ރޯދަ_ފަތުވާ
އައްޝެއިޚް ސުލައިމާން ބުނު ނާޞިރު، އަލްޢަލްވާން
Comments (0)
Be the first to comment.