ފަހު ދިހަޔެއް ފެށޭ ތާރީޚަކީ ކޮބައިހެއްޔެވެ؟
This article is available in Dhivehi only.
🎁🎁 ފަހު ދިހަޔެއް ފެށޭ ތާރީޚަކީ ކޮބައިހެއްޔެވެ؟
❞...ރަމަޟާން މަހުގެ 20 ވިލޭ ރެޔަކީ (އެނޫން ގޮތަކުން ބުނާ ނަމަ، 19 ވަނަ ދުވަހު އިރުއޮއްސޭ ރެޔަކީ) އެ މަހުގެ "މެދު 10 ދުވަސް" ތެރޭގައި ހިމެނޭ ރެޔެކެވެ. މެދު 10 ދުވަސް ފުރިހަމަ ވަނީ 20 ވަނަ ދުވަހާއި އެއްކޮށެވެ. ވީމާ "ފަހު ދިހަޔެއް" ފެށުން ވަނީ 21 ވިލޭ ރެއިންނެވެ. މިރޭތަކީ 9 ރެޔަށް ވެސް ބައެއް ފަހަރު ވެއެވެ. (އެއީ ހަނދު ފެނިއްޖެނަމައެވެ.) އެހެނަސް އެއަށް ކިޔެނީ ފަހު ދިހަޔެކޭ އެވެ. އެއީ ޛުލް ޙިއްޖާ 10 ދުވަހުގައި ރޯދަ ހިފުން ސުންނަތް ކަމަށް ބުނެވޭ ފަދައިންނެވެ. އެހެނަސް (ޙައްޖު މަހުގެ) 10 ވަނަ ދުވަހަކީ (އަޟްޙާ) ޢީދު ދުވަހެވެ. އެއީ ރޯދަހިފުން ހުއްދަވެގެން ނުވާ ދުވަހެކެވެ. އެފަދައިން ނަން ދެވެނީ ބަހުރުވައިގައި ދޫމައްޗަށް ފަސޭ ކުރުމެއްގެ ގޮތުގައެވެ.❝
— އަލްމުޙައްދިޘް ޢަބްދުލް ކަރީމް އަލްޚުޟައިރު (ބަސްކޮޅު)
~ ގަލަންދާނު 🖋
Comments (0)
Be the first to comment.