ރޯދަވީއްލުމަށް ވަކި ޚާއްޞަ ދުޢާއެއް ޘާބިތެއްނޫން
This article is available in Dhivehi only.
🔴ރޯދަވީއްލުމަށް ވަކި ޚާއްޞަ ދުޢާއެއް ޘާބިތެއްނޫން
❞ ރޯދާ ވީއްލުމުގައި ކިޔޭ ދުޢާ (ذهب الظمأ وابتلَّت العروق...) ޞައްޙަ އެއް ނޫނެވެ. އޭގެ ސަނަދާއި މަތަން ޣަރީބު ވުމުގެ ސަބަބުންނެވެ. (ޣަރީބަކީ ޢާދަޔާޚިލާފުކަމެއް އެކުލެވުމެވެ. އާންމުކޮށް ނައުޤުކުކުރެވޭ ރިވާޔަތްތަކުގެ މަގާއި ތަފާތުކަމެއް ވުމެވެ.) އަދި (މީގެ އިތުރުން) އޭގެ ރާވީންގެ ތެރެއިން އެކަކީ ކާކުކަން ނޭގޭތީއެވެ.
ހަމައެފަދައިން (اللهم لك صمت، وعلى رزقك أفطرت...) މި ޙަދީޘް (ދުޢާ) ވެސް ޞައްޙައެއް ނޫނެވެ.
އަދި މިބާބުގައި (އެބަހީ، ރޯދަވީއްލުމުގައި ކިޔާ ދުޢާތަކުގައި) އޭގެ ޞައްޙަކަމަށް ބުރަވެވޭނޭ ވަރަށް އެއްވެސް އެއްޗެއް ޘާބިތެއް ނޫނެވެ. އެހެންކަމުން، ރޯދަވެރިޔާ ކޮންމެ ޛިކުރެއްވިޔަސް، ނޫނީ އޭނާއަށް ފަސޭހަ ދުޢާއެއް ކިޔަސް އެކަމުގައި މައްސަލައެއް ނެތެވެ. އެއީ ވަކި މިވެނި ދުޢާއެއް ނޫނީ ޛިކުރެއް މިކަމަށް އޭނާ ކަނޑަނާޅާހާ ހިނދަކުއެވެ. ❝
#حديث_ضعيف
— ޝެއިޚް، އަލްމުހަދިޘް، ޢަބްދުﷲ އައްސަޢްދު (ބަސްކޮޅު)
~ ގަލަންދާނު
Comments (0)
Be the first to comment.