Fiqh / Fasting
ލައިލަތުލް ޤަދްރި ވިލޭރެއަކަށް ވަކި ޚާއްޞަ ދުޢާއެއް ޘާބިތެއް ނޫނެވެ
By Galandān Admin12 May 2020 at 09:430 Comments
This article is available in Dhivehi only.
📚 ލައިލަތުލް ޤަދްރި ވިލޭރެއަކަށް ވަކި ޚާއްޞަ ދުޢާއެއް ޘާބިތެއް ނޫނެވެ.
ޝެއިޚް ޢަބްދު الله އައްސަޢްދު ވިދާޅުވިއެވެ:
"ޢާއިޝާ -رضي الله عنها- އަރިހުން މަރުފޫޢު ގޮތުގައި އައިސްފައިވާ ލައިލަތުލް ޤަދްރި ވިލޭރޭގެ ދުޢާ (اللهم إنك عفو تحب العفو فاعف عني) ގެ ރިވާޔަތުގައި މެދުކެނޑުމެއް ވެއެވެ. އަދި ޞައްޙައެއް ނޫނެވެ. އަދި الله ޙަޟުރަތުން ޢާފިޔަތަށް އެދި ދުޢާކުރުން ކޮންމެ ވަޤުތަކާއި އިރަކަށްވެސް އެދެވިގެންވެއެވެ."
އަދި އަލްޢަލްވާން އާއި އައްޠަރީފީގެ ނިންމެވުމަކީވެސް މިދުޢާ މަރުފޫޢުކޮށް ޞައްވެގެން ނުވުމެވެ.
(މީގެ ތަފްޞީލެއް "އިނގިރޭސި" ބަހުން ވާނީ އަރުޝީފުގައި ގެނެވިފައެވެ.
~ ގަލަންދާރު
Comments (0)
Be the first to comment.