އަދި އެގޮތެއްމަތީ ޖުމްހޫރު ޢިލްމުވެރިން ތިއްބެވި ގޮތަކީ، ހަށަން ބަނުން ޝަރުޢުވެގެން ވާކަމޭ، ވަކިތަނެއް ކަނޑައެޅުއްވުމެއް ނެތިއެވެ. އަދި…
This article is available in Dhivehi only.
➍
އަދި އެގޮތެއްމަތީ ޖުމްހޫރު ޢިލްމުވެރިން ތިއްބެވި ގޮތަކީ، ހަށަން ބަނުން ޝަރުޢުވެގެން ވާކަމޭ، ވަކިތަނެއް ކަނޑައެޅުއްވުމެއް ނެތިއެވެ. އަދި ކިއެއްތަ؟ ޢަބޫ ދާޥޫދު އެކަލޭގެފާނު ގެ "އަލްމަސާއިލި"⁽⁷⁾ ގައި އަލްއިމާމް އަޙްމަދު އަރިހުން ނަޤުލު ކުރެއްވި ބުނުން ތަކުގެ ތެރޭ، ވާއަތްމަތީ ކަނާއަތް މޭމަތީ އެޅުމުގެ ނުރުހުންތެރިކަން ވެއެވެ. އަބޫ ދާޥޫދު ވިދާޅުވިއެވެ: ”އަދި ވާއަތް މަތީ ކަނާއަތް ބަނުމާއި މެދު އިމާމް އިމާމް އަޙްމަދު އާއި އަހަރެން ސުވާލު ކުރީމެވެ: ކަލޭގެފާނުގެ އެކަން ދެކިލައްވަމުތޯއެވެ؟ ވިދާޅުވިއެވެ: ”އާއެކެވެ. ފޫޅަށްވުރެ ކުޑަތަންކޮޅެއް މަތީގައެވެ. އަދި ފޫޅަށްވުރެ ތިރީގައި ނަމަ، އެކަމުގައިމެ މައްސަލައެއް ނެތެވެ.“ (އަބޫ ދާޥޫދު) ވިދާޅުވިއެވެ: އަދި މޭމަތީ ހަށަން ބެންނެވިމަށް އެކަލޭގެފާނު ނުރުއްސަވައެވެ.“⁽⁸⁾
އަދި މި ބުނުމުން އަޙްމަދު ގެ މުރާދަކީ — އަދި ﷲ މޮޅަށް ދެނެވޮޑިގެންވޭ — ޞައްޙަ ދަލީލެއް ވާރިދުވެފައި ނުވޭމެ، މި ޢަމަލުން ޢަޅުވެތިވުމެވެ.
އަދި ސަލަފުން ކުރެ، އަޞްޙާބު ބޭކަލުންނާއި ތާބިޢީން ކުރެ މައިގަނޑު އެއެއް މަތީ ތިއްބެވިގޮތަކީ، އިންސާނާގެ މައްޗަށް މިކަމުގައި އިޚްތިޔާރު އޮތުމެވެ. އެމީހެއްގެ މޭމަތީ ހަށަން ބަންޔަސް ނޫނީ ފޫޅުމަތީ ބަންޔަސް ނޫނީ ބަނޑުމަތީ ބަންޏަސް ނޫނީ އެނޫން ތަނަކުވިޔަސް އެކަމުގައި އޭނާއަށް ގޯހެއް ނެތްކަމެވެ. އެހެނީ މިކަމުގައި ތަބަޢަވުން މިއޮތީ ވާއަތް މަތީ ކަނާޢަތް ބަނުމުގައި އެކަންޏެވެ. އަދި މިދަނޑިވަޅަށް އިތުރު ކުރެވޭ ބަޔެއްނަމަ، ރަސޫލު ﷲ ﷺ އަރިހުން އެކަމަށް ޘާބިތު ދަލީލަކަށް ވަނީ ނުފޯރައެވެ.
ދެންފަހެ ފޫޅުން ތިރީގައި ބަނުން، އަޙްމަދުގެ މަޛްހަބުގައި މަޝްހޫރީ މިގޮތެވެ. އަދި އެގޮތް މޭމަތީ ބަނުމަށްވުރެ (އެކަލޭގެފާނުގެ މަޛުހަބުގައި) ސާފުކަން ބޮޑެވެ. އެއީ އެ ދެޙަދީޘް ވެސް (އެބަހީ: މޭމަތީ ބެންނެވުމާއި ފޫޅުންތިރީގައި ބެންނެވުން ވެސް) ރަސޫލު ﷲ ﷺ އަރިހުން ޟަޢީފުވެފައި ވުމާއިއެކުގަވެސް އެވެ.
ـــــــــــــــــــ
[7] 31 ގައި
[8] ބައްލަވާ: ބިދާއިޢު އަލްފާވާއިދް (3/982)
Comments (0)
Be the first to comment.