ގިނަބަޔަކު ވަނީ މި ޙުކުމާއި މެދު ފަރުވާކުޑަކޮށްފައެވެ. އަދި ހިލޭ އަންހެނުންނާއި އެކު އެކަހެރިވެ އުޅެއެވެ. މިޢަމަލަކީ މުންކަރާތެކެވެ. އަދި…
This article is available in Dhivehi only.
②
ގިނަބަޔަކު ވަނީ މި ޙުކުމާއި މެދު ފަރުވާކުޑަކޮށްފައެވެ. އަދި ހިލޭ އަންހެނުންނާއި އެކު އެކަހެރިވެ އުޅެއެވެ. މިޢަމަލަކީ މުންކަރާތެކެވެ. އަދި ޢިލްމުވެރިންގެ އިއްތިފާޤުން ޙަރާމް ކަމެކެވެ. އެއީ ރަށުގެ ތެރޭގައި ނޫނީ ބޭރުގައިވިޔަސް އެވެ. ޢިލްމިވެރިންގެ މެދުގައި މިދެކަމުގައި ފަރަޤު ކުރެއްވުމެއް ނުވެއެވެ.
އިތުރުއެކަލޭގެފާނުން ގެ ބަސްފުޅު: (( ولا تسافر المرأة إلا مع ذي محرم )) ”އަދި އެއްވެސް އަންހެނަކު، މަޙުރަމަކާ ލައިގެން މެނުވީ ދަތުރު ނު-ކުރާހުށިކަމެވެ.“ މިތާގައި لا (ނަފީގެ ނޫނު) އައިސްފައިވަނީ ނަހީ އަށެވެ. އަދި މިތާވައި މިވާ ނަހީ އަކީ ޙަރާމް ކަމުގެ ނަހީއެވެ. ޙަރާމް ކަމުގެ މައްޗަށް މިއަށް ބާރުދެނީ ދެޞަޙީޙު ގައި އައިސްފައިވާ، އައްލައިޘު ބުނު ސަޢްދު ގެ ޙަދީޘުންނެވެ. އެކަލޭގެފާނު ސަޢީދު ބުނު އަބީ ސަޢީދު އަރިހުން މިކަލޭގެފާނު ބައްޕަގެ އަރިހުން، އަބޫ ހުރައިރާ އަރިހުން، ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ: (( لا يحل لمرأة مسلمة تسافر مسيرة يوم إلا ومعها ذو حرمة منها )) "އަންހެނަކަށް ދުވަހެއްގެ ދުރުމިނުގެ ރާސްތާގެ ދަތުރެއް މަޙުރަމަކާއި ލައިގެން މެނުވީ ޙުއްދަވެގެން ނުވެއެވެ." އެހެން ރިވާޔަތެއްގައި: ((مسيرة يوم وليلة)) ”އެއްދުވަހާއި ރޭގަނޑުގެ ދުރުމިނުގެ ރާސްތާ“ އޭ އެވެ. އަދި އެހެން ރިވާޔަތެއްގައި: ((تسافر ثلاثاً)) ”ތިންދިވަހުގެ ދަތުރު“ އޭ އެވެ.
އިލްމުވެރިންގެ ދެކެވަޑައިގެންނެވުމަކީ، "ދަތުރު" އެކޭ ނިސްބަތްވެވޭ އެއްވެސް ދަތުރެއްގައި، މަޙުރަމަކާއި ލައިގެން މެނުވީ އަންހެންމީހާ ދަތުރު ނުކުރުމެވެ. އެއީ އެކަނބުލޭގެ މަޙުރަމަކާއި ނުލައި ދަތުރު ކުރުމުގެ ސަބަބުން ކުރިމަތިވާ ފަސާދަތަކާއި ފަސާދަކުރުވުންތަކުގެ ސަބަބުންނެވެ. ފަހެ އަންހެނާ ލެއްވެވިފައި ވަނީ ބަލިކަށިކޮށެވެ. ބުއްދީގެ ބަލިކަށިކަމެވެ. ހަށިގަނޑުގެ ބަލިކަށިކަމެވެ. އަދި ރައުޔު (ނަޒަރިއްޔާތު) ގެ ބަލިކަށިކަމެވެ. އަދި އަންހެނާ އަކީ އަވަހަށް އަރިއަޅާލާ އަވަހަށް އަޘަރު ކުރާ މީހެއް ކަމުންނެވެ. ވީމާ މަޙުރަމަކާއި ނުލައި ނޫނީ ހިލޭމީހަކާއި އެކަހެރިވުން އޭގައި އެކުލެވޭ ދަތުރުގެ ސަބަބުން ނިކުތުން މިވާ ފަސާދަތަކުގެ މައްޗަށް، މި ޢާންމު (އެންމެހާ ދަތުރަކަށްވާ) ނަހީއިން އޭނާއަށް އެކަން ނަހީވެވުނެވެ. އެއީ ފަހެ ޙައްޖާއި ޢުމްރާ ފަދަ ކިޔަމަންތެރިކަމުގެ ދަތުރެއްކަމުގައި ވިޔަސް އެވެ. އޭނާގެ ދަތުރަކީ މަތިންދާ ބޯޓަކުން ކަމުގައި ވިޔަސް މެއެވެ. މިއެންމެހާ އެއްޗެއް ޙަރާމެވެ. އަދި ހުއްދަ ނޫނެވެ. މިއާއި އެކުވެސް ބައެއް މޮޔައިން އެވެރިންގެ އަންހެން ދަރީން ޑުރައިވަރުންނާއި އެޒާތުގެ މީހުންނާއި އެކު ދަތުރުވެރި ކުރުވާތަން ފެނެއެވެ. އަދި މިއީ ޣައިރަތްތެރިކަން ނުވާ ކަމުގެ ދަލީލެކެވެ. އަދި އީމާން ކަމުގެ ބަލިކަށިކަމުގެ ދަލީލެކެވެ. އަދި މިފަދަ ޢަމަލުތަކީ ﷲ ގެ ކޯފާ ޙައްޤު އަމަލުތަކެވެ. އަދި އެއިލާހުގެ ޢުޤުބާތާއި ނުރުހުންވެސް އެވެ. މިފިރިހެނާ އަށެވެ. އެހެނީ އަންހެނާ އަކީ އޭނާގެ ބަލަދުވެރިޔާ އަދި ވަލީވެރިޔާގެ ކޮނޑުގައި އެޅިފައިވާ އަމާނާތެކެވެ. (ޙަދީޘް) (( كلكم راع وكلكم مسؤول عن رعيته )) ”ތިޔަބައިމީހުންގެ ތެރެއިން ކޮންމެމީހަކީވެސް، ބެލެހެއްޓުންތެރިއެކެވެ. އަދި އެމީހެއްގެ ބެލުމުގެ ދަށުގައިވާ މީހުނާމެދު ސުވާލު ވެވޭނެ މީހެކެވެ.“
ފަހެ މިޙަދީޘަށް ނިކަން ނަޒަރު ހިންގާށެވެ. ޞަޙާބީ ވިދާޅުވަނީ: [ތިމަންކަލޭގެފާނުގެ އަނބި ކަނބަލުން ވަނީ ޙައްޖަށް ދިޔުމަށްޓަކައި ނުކުމެފައޭ އަދި ތިމަންކަލޭގެފާނު މިވަނީ އެވެނި ހަނގުރާމައަކަށް ދިޔުމަށްޓަކައި ނަން ލިޔެފައޭ] އެވެ. އަދި މިއާއި އެކުވެސް އެކަލޭގެފާނަށް ޙަދީޘް ކުރެއްވީ: ((انطلق فحج مع امرأتك)) ”އަވަހަށް ގޮސް ތިބާގެ އަންހެނުންނާއި އެކު ޙައްޖު ވާށެވެ.“ އަންހެންވެރީންނާއި އެކު ޙައްޖު ވުމަށް އެ އަންހެނާއަށް ނަބިއްޔު ﷺ މަނަޢު ކުރެއްވިއެވެ. ކޮން އަންހެން ވެރީންނެއް ހެއްޔެވެ؟ ޞަޙާބިއްޔާ ބޭކަނބަލުންނެވެ. ޠާހިރު ޠާހިރުކުރުވަނިވި ބޭކަނބަލުންނެވެ. ޢިއްފަތްތެރި ޢިއްފަތްކުރުވަނިވި ބޭކަނބަލުންނެވެ. އަދި ކޮން ފިރިހެނުންތަކެއް ހެއްޔެވެ؟ ރަސޫލު ﷲ ގެ އަޞްޙާބުންނެވެ. އަދި މިއާއި އެކުވެސް އެބޭބޭކަލުންނާއި ބޭކަނބަލުންނާއި އެކު ޙައްޖު ވުމަށް ނަބިއްޔު އެ އަންހެނާގެ މައްޗަށް އިޛުނަ ނުދެއްވިއެވެ. އެހެނަސް (ޝަރުޠުކުރެއްވީ) އެކަނބުލޭގެ ފިރިމީހާ އާއި އެކު ނޫނި ވަލީވެރިޔާ އެކުއެވެ.
=
Comments (0)
Be the first to comment.