އަދި މިޙަދީޘް ގައި، ޙައްޖަށް އަންހެންމީހާ ދަތުރު ކުރުމާއި މެދު ނޫނީ އަންހެނުންގެ ބައިގަނޑަކާއި އެކު އެކަނބުލޭގެ ދަތުރު ކުރުމުގެ މައްޗަށް…
This article is available in Dhivehi only.
③
އަދި މިޙަދީޘް ގައި، ޙައްޖަށް އަންހެންމީހާ ދަތުރު ކުރުމާއި މެދު ނޫނީ އަންހެނުންގެ ބައިގަނޑަކާއި އެކު އެކަނބުލޭގެ ދަތުރު ކުރުމުގެ މައްޗަށް ހުއްދަ ދެއްވާ ފިޤުހުވެރިންނަށް ރައްދުވެއެވެ. އަދި މިޙަދީޘު، މަޙްރަމަކާއި ނުލައި އަންހެނާ ދަތުރުފަތުރު ކުރުން މުޠްލަޤުކޮށް ޙަރާމް ވުމުގެ މައްޗަށް ސާފުޞަރީޙަ ބަސް އެވެ. (މުޠްލަޤު، އެބަހީ އެކީ އެއްކޮށް، ހުރިހާ ގޮތަކުން). އަދި އަންހެނާއަށް މަޙުރަމެއް ނުލިބިއްޖެނަމަ އޭނާގެ މައްޗަށް ޙައްޖު ކެނޑި ދެއެވެ. އަދި އޭނާގެ މައްޗަށް އެވާޖިބު ނުވެއެވެ. ފަހެ އިސްލާމް ކަމުގެ ފަރުޟުތަކުގެ ތެރެއިން ފަރުޟެ ކަމަށް، އަދި ރުކުންތަކުގެ ތެރެއިން ރުކުނެއް ކަމަށްވީ — ޙައްޖު — މަޙުރަމެއް ނެތުމުން އަންހެނާގެ ފުށުން ނެއްޓިގެން ދާހިނދު، ޑުރައިވަރަކާއި އެކު (އެކަހެރިކޮށް) ދަތުރު ކުރުމުގެ ނޫނީ މިޒާތުގެ ކަމެއް އަދިފަހެ ކޮބައިހެއްޔެވެ؟
އަދި މިޙަދީޘް ގައި ޙައްޖަށްޓަކައި ޖިހާދު ދޫކޮށްލުމުގެ ހުއްދަވެސް އެކުލެވެއެވެ. އެހެނީ ލަނޑުދަނޑި ޞައްޙަ ނަމަ ޙައްޖު ވަރުގަދަވެގެން ވެއެވެ. އެއީ އަންހެންމީހާގެ މަޙުރަމެއް ގޮތުގައި ވުމަށް، ނޫނީ ޖިހާދަކީ ފަރުޟު ކިފާޔަތެއް އަދި ފަރުޟު ޢައިނުގެ ތެރެއިން ނުވާނަމައެވެ. އެހެންކަމުން ވާޖިބު ޙައްޖު އޭގެ މައްޗަށް އިސްވެއެވެ.
އަދި މީގައި ޙައްޖު ވުން ވަނީ ހަމަޖެހިގެން (ތައްޔާރީގަ) ކަމާއި ވަޤުތުންވަޤުތައް ނޫން ކަމުގެ މައްޗަށް ދަލީލުވެއެވެ. އެހެނީ މި މީހާ ވަނީ ހަނގުރާމައިން ހަނގުރާމައެއްގައި ނަން ޖެއްސިފައެވެ. ޙައްޖު ވުން ވަނީ ވަޤުތުން ވަޤުތަށް ނަމަ، ނަބިއްޔު ﷺ އަޞްޙާބު ބޭކަލުންކުރެ އެންމެހާ ބޭކަލުންނަށް ޙައްޖަށް އަވަސްވުމަށް އަމުރު ކުރެއްވީހެވެ. މިހެންވިޔަސް، މީގެ މާނައީ މީހާކު އެއަށް ފަރުވާކުޑަކޮށް މިންވަރު ފަހަނައަޅައި އަދި ޙައްޖު ނުވުމެއް މޫނެވެ. އަދި އަހަރުތައް ފާއިތުވެ، އޭނާ ޙައްޖަށް އެދުމެއް ނެތިވުމެއް ނޫނެވެ. އަދިކިއެއްތަ؟ އިންސާނާއަށް ވަނީ ޙައްޖަށް އަވަސް ވުމެއެވެ. އެހެނީ އޭނާ އަށް އޭނާގެ ކުރިޔަށް އޮތް އެއްޗެއް ނޭގެއެވެ.
އަދި މިޙަދީޘް (އިބްނު ޙަޖަރުގެ ބުލޫޣުލް މަރާމުގެ) ޙައްޖުގެ ފޮތުގައި ގެންނަވައި (ޙައްޖުގެ މަޢުޟޫއު ގައި) މިޙަދީޘު ގެންނަވާފައިވާ މުރާދަކީ، މަޙުރަމަކާއި ނުލައި އަންހެނާގެ މައްޗަށް ޙައްޖުވުން ވާޖިބު ނޫން ކަމުގެ މައްޗަށެވެ. ވީމާ، މަޙުރަމެއް ނުލިބިއްޖެނަމަ، އޭނާގެ ފުށުން ޙައްޖުގެ ވާޖިބު ކެނޑިގެން ދެއެވެ. ❝
— އައްޝައިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން
މަޞްދަރު: ޙާފިޡު އިބްނު ޙަޖަރު ގެ "ބުލޫޣުލް މަރާމް" އަލްޢަލްވާންގެ ޝަރަޙައިން، 718 ވަނަ ޙަދީޘް (ޞ. 931 - 933)
~ ގަލަންދާނު
Comments (0)
Be the first to comment.