މަދަރުސާތަކުގައި #الاختلاط ޙަރާމް ވުމުގެ ދަލީލުތަކުގެ ތެރޭން) — وَلَا يَضۡرِبۡنَ بِأَرۡجُلِهِنَّ لِيُعۡلَمَ مَا يُخۡفِينَ مِن زِينَتِهِنَّۚ﴾
This article is available in Dhivehi only.
(މަދަރުސާތަކުގައި #الاختلاط ޙަރާމް ވުމުގެ ދަލީލުތަކުގެ ތެރޭން)
﴿وَلَا يَضۡرِبۡنَ بِأَرۡجُلِهِنَّ لِيُعۡلَمَ مَا يُخۡفِينَ مِن زِينَتِهِنَّۚ﴾
އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ!
❞ އެވެރިންގެ ހެދުންތަކުގެ ނިވަލުގައި ގިގުނިފަތި އަޅައިގެން ތިބޭ އަންހެނުން، ފިރިހެނުންގެ ސަމާލު ކަމަށް ނުގެނެވުމަށްޓަކައި ހަރުކޮށް ބިންމަތީ ފައިޖަހައި ހެދުން ނަހީ ކުރެއްވި ޙިކުމަތްވަންތަ ޝަރުޢުކުރެއްވުމުގެ ވެރި އިލާހު، ދެން އެފިރިހެނާ ގާތު އިށީނދެ، އޭނާއާއި ޖެހިގެން ކިޔަވަން އިނދެ އެކަމުގައި ދިމާވާ އެންމެހާ ކަމެއްގައި ލެވި، އަދި އޭނާގެ އަޑު ކޮންމެހެން އިވެންޖެހި، އޭނާގެ ހަށިގަނޑުން ބައެއް ތަންތަން ހާމަވެ އަދި ބައެއް ފަހަރު އަތްޖެހި ވުމަށް ހުއްދަ ދެއްވާނޭ ކަމަށް ސަލާމަތް ބުއްދިއެއް ހީކުރާނެހެއްޔެވެ؟ އެއްވެސް ޝައްކެތް ނެތް ގޮތުގައި ޝަރުޢުކުރެއްވުމުގެ އިލާހު މިކަމުން ހުސްޠާހިރުވަންތަ ވޮޑިގެން ވެއެވެ. والحمد لله. ❝
— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)
~ ގަލަންދާނު
#تدبر_آية
Comments (0)
Be the first to comment.