އަދިވެސް (އިބްނު ތައިމިއްޔާ) ވިދާޅުވިއެވެ
This article is available in Dhivehi only.
④
އަދިވެސް (އިބްނު ތައިމިއްޔާ) ވިދާޅުވިއެވެ:
”ޙަރާމް ޙަލާލާއި މަސްހުނިވެއްޖެނަމަ ، ފަހެ މިކަން ވަނީ ދެޒާތަކަށެވެ: އެއިން އެކައްޗަކީ: އޭގެ ޒާތުގައި އެޙަރާމް ވެގެންވާ އެއްޗެވެ. މިޘާލަކަށް މުޅަމަހެވެ. އަދި ކިރުގެ ގޮތުން އެމީހެއްގެ އުޚްތެވެ. ފަހެ މިފަދަ އެއްޗެއް އޭނާއަށް ގުނައި އަދަދު ނުވާ އެއްޗަކާއި މަސްހުނިވެފައިވާނަމަ އެ (މަސްހުނިވެފައިވާ ޙާލަތް) އޭނަ އަށް ޙަރާމެއް ނޫނެވެ. މިޘާލަކީ، މިވެނި ރަށެއްގައި އޭނާއާއި އެއްކިރު އަންހެނެއް ހުންނަ ކަން އޭނާއަށް އެނގި، އެހެނަސް އެއީ ސީދާ ކާކުކަން އޭނާއަށް ނޭނގޭ ޙާލަތެވެ. ނޫނީ އެތާނގައި މުޅަމަސް ވިއްކާ މީހަކު އުޅޭކަން އެނގިފައި (އެންމެންގެ ތެރެއިން) އެއީ ސީދާ ކާކުކަން އޭނާއަށް ނޭނގޭ ޙާލަތެވެ. މިޙާލަތުގައި އޭނާއަށް އެތަނުން އަންހެނުންާއި ކައިވެނި ކުރުންވެސް ނޫނީ އެއްގަމުމަސް (ގަނެ ކެއުންވެސް) ޙަރާމް ވެގެން ނުވެއެވެ. މިއާ ޚިލާފަށް އޭނާގެ އުޚްތާ އާއި ހިލޭ އަންހެނަކާއި ޝައްކު ވާނަމަ، ނޫނީ މުޅަމަހަކާއި އެންމެ ޙަލާލުމަހަކާއި ޝައްކުވާ ޙާލުގައި، އެއެންމެހާ އެއްޗެއް ޙަރާމް ވެގެން ވެއެވެ.“ (مجموع الفتاوى) 29/ 276
އަދި މިތާނގައި މިވާ ބަސްފުޅު (މިއާ ޚިލާފަށް އޭނާގެ އުޚްތާ އާއި ހިލޭ އަންހެނަކާއި ޝައްކު ވާނަމަ...) އެބަހީޝައްކުވަނީ އަދަދު ކުރެވޭ ނުވަތަ މަދު އެއްޗަކާއި ނަމަ، މިތާނގައި ބެލެވެނީ ޝުބުހު ވަރުގަދަކަމަށެވެ. އަދި ޙަރާމް (ގެ ޙުކުމް) އިސްކުރެވެއެވެ. އަދި (ފިޤުހީ) މި ޤަވާޢިދު: (الإباحة إذا اختلط الحرام بعدد لا ينحصر ــ كبير ــ من الحلال، والحظر إذا اختلط الحرام بعدد منحصر ــ قليل ــ من الحلال) (ހުއްދަވުން ވަނީ ޙަރާމް އެތި އަދަދު ނުކުރެވޭ - ގިނަގުނަ - ޙަލާލަކާއި މަސްހުނުވުމުންނޭ ، އަދި މަނަޢުވުން ވަނީ ޙަރާމް އެތި އަދަދު ކުރެވޭ - މަދު - ޙަލާލަކާއި މަސްހުނިވުމުންނޭ) — މިޤަވާޢިދަކީ ޢިލްމުވެރިންގެ ތެރެއިން ބޮޑު އަދަދެއްގެ ބޭކަލުން ވިދާޅުވެފައިވާ ޤަވާޢިދެކެވެ.
(المغني مع الشرح الكبـير) 1/51 އާއި އިބްނުލް ޤައްޔިމުގެ (بــدائــع الفـوائد) 3/258 އާއި އިބްނު ރަޖަބުލް ޙަންބަލީގެ (القــواعــد) ޞ. 241 އާއި ޢުލާއުއްދީން އަލްމަރްދާވީ ގެ (الانصاف) 1/78 ــ 79 އާއި އައްޝަޥްކާނީގެ (رسالــة كشــف الشبـهات عن المشتـبهات) ޞ. 16 ގެ (الرسائل السلفية) ދަށުން ބަލާށެވެ.
ވީމާ މިފަދަ ބިންތަކުގައިވާ (އެބަހީ: ޙަލާލާއި ޙަރާމް މަސްހުނި ވެފައިވާ ބިންތަކުގައިވާ) މުސްލިމުންގެ މައްޗަށް ވާޖިބީ:
✅ އެއްގަމުމަސް ކަތިލާ މީހުންގެ ތެރެއިން އިތުބާރު ހުރި މީހެއްގެ ފުށުން އެގަތުމަށް އުޅުމެވެ.
✅އެކަމަށް ނުކުޅެދިއްޖެނަމަ، ތިބާ އެމަސް ގަންނަ މީހާ ކައިރިން އެމަސް ކަތިލި މީހާ އާއި އޭނާގެ ދީނާއިމެދު މައުލޫމާތު އޮޅުން ފިލުވުމެވެ.
✅އެކަމަށް ނުކުޅެދިއްޖެނަމަ، ޙަރާމް ތަކެތި އަދަދު ކުރެވޭ އަދި ނުކުރެވޭ ޙަލާލުތަކެއްޗާއި މަސްހުނި ވުމުގެ ޤަވާޢިދަށް ޢަމަލު ކުރުމެވެ. “— اهـ.
ޝެއިޚް ޢަބްދުލް ޤާދިރު ބުނު ޢަބްދުލް ޢަޒީޒް ގެ ބަސްކޮޅު މިހިސާބަށް ނިމުނީ. އަދި ޝެއިޚް ތުރުކީ ބިންޢަލީ މިންބަރުއް ތަޥްޙީދުގައި ދެއްވި ފަތުވާއެއްގައި (ސުވާލު ނަންބަރު 758 ގައި) ވިދާޅުވިއޭ: ”މިމައްސަލާގައި އަހަރެން މިހުރީ، އައްޝެއިޚް އަލްޢައްލާމާ ޢަބްދުލް ޤާދިރު ބުނު ޢަބްދުލް ޢަޒީޒް ގެ ރައުޔުގެ މައްޗަށެވެ. ދެން މަތީގައި އޮތް ފަތުވާ އޭގެ ނިމުމާއި ހަމަޔަށް ނަޤުލު ކުރެއްވިއެވެ.
Comments (0)
Be the first to comment.