އަންހެންވެރިން ބޭރަށް ނިކުމެ އުޅުން ހުއްދަވާ ޝަރުޠުތައް
This article is available in Dhivehi only.
🎁 އަންހެންވެރިން ބޭރަށް ނިކުމެ އުޅުން ހުއްދަވާ ޝަރުޠުތައް
①
☪☪☪☪☪☪
❞ [އެކަން ހުއްދައީ] އެހެން ފަރާތެއް ފިތުނައިގައި ޖެއްސުމުގެ (އެބަހީ: އެދުންވެރިކުރުވުމުގެ) ޤަޞްދެއް ނެތި އަދި އަމިއްލަ ފިތުނަވެރިކުރުވުމުގެ ވެސް ޤަޞްދެއް ނެތި، އެހެނަސް ވަލީމާއަކަށް ނޫނީ ގާތްތިމާގެ މީހަކަށް ޒިޔާރަތް ކުރުމުގެ ނޫނީ މިޒާތުގެ ކަމެއް އޭނާ ޤަޞްދުކޮށް ނިކުންނަ ނަމައެވެ. އަދި މުޠްލަޤުކޮށް (އެންމެޙާ ޙާލަތެއްގައި ވިޔަސް) ހުވަނދުވެގެން ހުރި އަންހެނާ ބޭރަށް ނިކުތުން ނަބިއްޔު ﷺ ނަހީކުރެއްވިއެވެ. އަދި މިކަމުގައި އެއްވެސް އިސްތިޘްނާއެއް ނުދެއްވައެވެ. އަދި އެދުންވެރިކަން ގެނައުމުގެ ނިޔަތަކާއި ނުލައި ވިޔަސް ހުވަނދުވެވިގެން ނިކުންނަ އަންހެނާގެ މައްޗަށް މިމަނަޢު އޮތްކަން ދަލީލުކޮށްދޭ ތަކެތި ޞައްޙަ ގޮތުގައި ވަނީ ރިވާވެފައެވެ. އެއީ އިތުރުއެކަލޭގެފާނުން ﷺ ގެ މިބަސްފުޅުންނެވެ: (( أَيُّمَا امْرَأَةٍ أَصَابَتْ بَخُورًا فَلا تَشْهَدُ مَعَنَا الْعِشَاءَ الآخِرَةَ )) (ބަޚޫރުން ދުންކެއްވިގެން ހުރި އެއްވެސް އަންހެނެއް އަހަރެމެންނާއި އެކު، ޢިޝާ ނަމާދުގައި ބައިވެރިވެގެން ނުވާނެއެވެ.)
ވީމާ މިއީ ˺ފިތުނަވެރިކުރުވުމުގެ ނިޔަތެއް ނެތި˹ ހުވަނދުވެވިގެން ހުރެ އަންހެނާ ބޭރަށް ނިކުމެއުޅުމުގެ މައްޗަށް އޮތް ޙަރާމް ކުރެވުމެކެވެ. އެހެނީ ފިރިހެނަކަށް އެކަނބުލޭގެ ލައިގެން ހުރި ހުވަނދުގެ ވަސް ޖެހިދާނެކަމަށްޓަކައެވެ. އަދި މިދަލީލަކީ (سد الذرائع) [ޙަރާމަކަށް] މަގުފަހިވާ ރާސްތާ ހުއްޓުވުމުގެ މައްޗަށް [ޢިލްމުވެރިން] އިސްތިދްލާލް ކުރައްވާ ދަލީލުތަކުގެ ތެރެއިން އެއްޗެކެވެ. އޭގެ މާނައީ އަންހެނާއަށް އޭނާގެ ހުވަނދުގެ ވަހެއް އެއްވެސް މީހަކަށް ˺މަގެއް މަތީން˹ ނުފޯރާނޭ ކަން ކަށަވަރުވެއްޖެނަމަ، އެއީ މިޘާލަކަށް އެނާ ކާރެއް ތެރޭގައި ވާނަމަ، އަދި ކާރަށް އެރީ ގޭގެތެރެއިން ކަމުގައި ވެފައި، ދެން އޭނާ އެގޮތުގައި އެނޫން ތަނަކަށް ދާނަމަ، އޭގެ ނަތީޖާގެ ތެރޭގައި ގޯހެއްް އަންނަނަމަ — ދެންފަހެ އެހިނދު މިކަންވެސް މަނާވެގެން ވެޔޭއެވެ. އަދި މިކަން މަނަޢުވެގެންވާ އަނެއް ސަބަބަކީ އޭގެން ނިކުންނަ ފަސާދައިގެ ސަބަބުންނެވެ.
ފިރިހެނާގެ ޠަބީޢަތަކީ އަންހެންނާއަށް ލެނބުމެވެ. އަދި އަންހެނާގެ ފުށުން ފިރިހެނާ ފިތުނަވެރިވުމުގެ އަވަސް ކަން ހިކިވިނައިގައި ރޯވާ އަލިފާންގަނޑަކަށް ވުރެ އަވަހެވެ. އަދި އަންހެނާގެ ޙާޟިރުގައި ފިރިހެނާ ބަލިކަށިވެގެން ވެއެވެ. އެއީ ﷲ تعالى ވަޙީ ކުރެއްވި ފަދައިންނެވެ: ▶️وَخُلِقَ الإِنسَانُ ضَعِيفًا◀️ [النساء:٢٨] (އިންސާނާ ހެއްދެވިފައިވަނީ ބަލިކަށި ضعيف މީހަކުގެ ގޮތުގައެވެ.) އެބަހީ: އަންހެނާގެ ޙާޟިރުގައެވެ. [ނޯޓް: ބަކުރުބޭ މިއާޔަތުގެ ތަޢްލީޤުގައި ވިދާޅުވިއެވެ: އެބަހީ: އަންހެނުންނާ ގައިގޯޅިވުމުގައި ހިފެހެއްޓުން ކުޑަވުންފަދައިންނެވެ.]
އަދި ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ: (( وما تركت بعدي فتنةً أضر على الرجال من النساء )) [ތިމަންކަލޭގެފާނު ދުނިޔެދޫކުރައްވައި ވަޑައިގަންނަވާއިރު، އަންހެނުންނަށް ވުރެ ބޮޑު ފިތުނައެއް ފިރިހެނުންގެ މައްޗަކަށް ދޫނުކުރައްވަމެވެ.]
އަދިވެސް ނަބިއްޔު ﷺ ޙަދީޘްކުރެއްވިއެވެ: (( فتنة هذه الأُمة بالمرأة )) (މިއުއްމަތުގެ ފިތުނަ ވަނީ އަންހެންވެރިންގެ ފުށުގައެވެ.)
އަދި މިމާނައިގެ މައްޗަށްވާ ދަލީލުތައް ގިނަގުނަވެގެން ވެއެވެ. އަދި އަންހެނުންނަކީ ޚުދު އެވެރިންގެ ޒާތުގައި ފިތުނައެކެވެ.
މިސަބަބަށްޓަކައި އަހަރެމެން ވާނީ އެއްފަހަރަށްވުރެ ގިނައިން ބުނެފައޭ: ހުވަނދަކާއި ނުލައިވެސް އަންހެނާ ބާޒާރުތަކަށް ނިކުތުމީ ހުއްދަކަމެއް ނޫނޭ އެހެނަސް ޝަރުތުތަކާއި ލައިގެން މެނުވީއެވެ:
1️⃣ފުރަތަމަ ޝަރުޠަކީ: އޭނާގެ ވަލީ ވެރިޔާގެ ހުއްދަ ލިބުމެވެ. ވީމާ ވަލީ ވެރިޔާގެ ހުއްދަޔާއި ނުލައި ނިކުމެގެން ނުވާނެއެވެ.
2️⃣ދެވަނަ ޝަރުޠަކީ: އެކަނބުލޭގެއަށް ˺ގެއިން ނިކުތުމަށް˹ ޙާއްޖަތެއް އޮތުމެވެ. ވީމާ ޙާއްޖަތަކާއި ނުލައި ނިކުތުމެއް ނުވެއެވެ. ބާޒާރުތަކުގެ ތެރޭ އެނބުރި ތަންތަން ބަލައިހޯދައި ހެދުމީ އިސްތިޘްނާއެއް ނެތި މަނަޢު ކަމެކެވެ. އެއީ ވަލީވެރިޔާ އޭނާއަށް އިޛުނަދިނަސްއެވެ.
3️⃣ތިންވަނަ ޝަރުޠަކީ: ޒީނަތްތެރިކަން ފާޅުކޮށްގެންނާއި ހުވަނދުލައިގެންނާއި ފަރިކަންދައްކައިގެން (ތަބައްރުޖު ވެގެން) ނުނިކުތުމެވެ.
4⃣ހަތަރުވަނަ ޝަރުޠު: މަޙުރަމަކާއި އެކުގައި ނިކުތުމެވެ. އެއީ ފިތުނައިން އަމާންވެގެންވާ ޙާލަތެއްގައި މެނުވީއެވެ. އެހެންކަމުން ފިތުނައިން ރައްކައުތެރިކަމެއް ނުވެއްޖެނަމަ، އެކަނބުލޭގެޔާއިއެކު މަޙްރަމެއް ނިކުތުން ވާޖިބެވެ.
5⃣ފަސްވަނަ ޝަރުޠު: ޙާއްޖަތަށް ފުދޭވަރަށް މެނުވީ ފިރިހެނުންނާއި ވާހަކަ ނުދެއްކުމެވެ. އަދި އެގޮތުގައި ދައްކަން ޖެހިއްޖެ ނަމަ ތޫލި މަޑުމޮޅި ރާގުން ވާހަކަ ނުދެއްކުމެވެ. އެއީ ހިތުގައި ބަލިމަޑުކަމެއް ހުރެއްޖެ އެއްވެސް މީހެއްގެ ޝަހުވަތް މިއަންހެނާގެ މައްޗަށް ނުއައުމަށެވެ.
މިއީ އަންހެނާ ބޭރަށް ނިކުމެ އުޅުމަށް އޮތް ފަސް ޝަރުޠެވެ.
=
Comments (0)
Be the first to comment.