ސުވާލާއިޖަވާބު — ސުވާލު: ކޮޅަށް ހުރެ ފެން ބުއިން ނަބިއްޔު ﷺ ނަހީ ކުރެއްވުމާއިމެދު ޝެއިޚް އަލްޢަލްވާންނަށް ސުވާލުވެވުނެވެ
This article is available in Dhivehi only.
ސުވާލާއިޖަވާބު
ސުވާލު: ކޮޅަށް ހުރެ ފެން ބުއިން ނަބިއްޔު ﷺ ނަހީ ކުރެއްވުމާއިމެދު ޝެއިޚް އަލްޢަލްވާންނަށް ސުވާލުވެވުނެވެ.
ޖަވާބު: ނަބިއްޔު ﷺ އަރިހަުން ކޮޅަށް ހުރެ ފެން ބުއިން ނަހީ ކުރެއްވިކަމަށް ވާރިދުވެފައި ވެއެވެ. އަދި އެކަލޭގެފާނު ކޮޅަށް ހުންނަވައި ކަރުހިއްކުން ފިއްލެވިކަމަށް ވެސް ވާރިދުވެފައި ވެއެވެ. އެހެންކަމުން، އެކަލޭގެފާނު އަރިހުން ވާރިދުވެފައިވާ ނަހީ ނެގުންވަނީ ތަންޒީހީ މަކުރޫހައެއް ގޮތުގައެވެ. އަދި އެކަލޭގެފާނު އަރިހުން ވާރިދުވެފައިވާ ޢަމަލުފުޅު ނެގުންވަނީ ޖާއިޒުވުމެއްގެ ގޮތުގައެވެ.⁽¹⁾ އަދި އެންމެހާ ޒާތެއްގެ ބުއިންތައްވެސް ޙުކުމުގައި ފެނާއި ޤިޔާސުވުން ވެއެވެ.
— އަލްޢަލްވާން (ބަސްކޮޅު)
~ ގަލަންދާނު 🖋
ـــــــــــــ
ނޯޓް: މިމައްސަލާގައި ޝެއިޚް ޢަބްދު ﷲ އައްސަޢްދު ރާޖިޙު ކުރައްވަނީ ކޮޅަށް ހުރެ ފެންބުއިން ޙަރާމް ކަމެވެ. އަދި ކޮޅަށް ހުންނަވައި ކަރުހިއްކެވުން ފިއްލެވިކަމުގެ ރިވާޔަތުން ނެގޭ ޙުކުމަކީ އިތުރުއެކަލޭގެފާނަށް ޚާއްޞަ ޙުކުމެއް ކަމުގައެވެ. (އޯޑިއޯ)
Comments (0)
Be the first to comment.