ކުލޯ މެޝީން ގޭމުގެ ޙުކުމް
This article is available in Dhivehi only.
🕹️ ކުލޯ މެޝީން ގޭމުގެ ޙުކުމް
—①—
1⃣މެލޭޝިޔާގެ ފަތުވާ ބޯޑުގެ ފަތުވާ (އަލްކާފީ 1210) ގައި ވެއެވެ:
”ކްލޯ މެޝިނަކީ ވަކިގަނޑެއް ބޭނުންކޮށްގެން މެޝިނެއްގެ އެތެރެއިން އިނާމުތައް ހޯދަން މަސައްކަތް ކުރާ "އާރކޭޑް ގޭމް" ގެ ވައްތަރެކެވެ. އަދި ބާޖީ⁽¹⁾ ގެ ގޮތުގައި (ބެޓެއް ގޮތުގައި) ވަކި އަދަދެއް ދައްކަން ޖެހެއެވެ. މި ގޭމުގެ ވަކި ކަންކަމަށް ބެއްޔަސް އަދި ޢަމަލީ ގޮތުން ބެއްޔަސް، އިސްލާމް ދީނުގައި ޙަރާމް ވެގެންވާ ޖުވާގެ ވައްތަރުތައް މީގައި ހިމެނެއެވެ...
ކްލޯ މެޝިން ގޭމްތައް ރޭވިފައިވާ ގޮތުން ގަންނަ މީހާ ދެއްކި ފައިސާއާ ގުޅޭވަރުން އޭނާ ބޭނުންވާ އިނާމެއް ހޮވުމުގެ ޙައްޤު ނިގުޅިފައިވެއެވެ. އެހެންކަމުން (ގަންނަ ފަރާތުން ގަންނަ އެއްޗަށް) އިޚްތިޔާރު އޮތުން ފަދަ (ޞައްޙަ) ވިޔަފާރިއެއްގައި އޮތުން ލާޒިމު އަސާސުތައް މިޙާލަތުގައި ވަނީ ގެއްލިފައެވެ.
ވަކި ކުޅިވަރަކީ ޖުވާގެ ގޮތުގައި ގިންތިކުރުމުގައި ޢިލްމުވެރިން އަންނަނިވި ޝަރުޠުތައް ގެންނައެވެ:
⬆️ ދެ މީހުން ނޫނީ އެއަށް ވުރެ ގިނަބަޔަކު ނުވަތަ ދެފަރާތެއް ނޫނީ އެއަށް ވުރެ ގިނަ ފަރާތެއް އޭގައި ބައިވެރިވުން.
⬆️ކޮންމެ ބައިގަނޑެއް ވެސް ފައިދާ ނޫނީ މުދަލުގެ މިންގަނޑުން ކޮންމެވެސް އެއްޗެއް، ބެޓުކޮށް ކަނޑައަޅުން.
⬆️އޭގެ ތެރެއިން މޮޅުވާ މީހަކަށް ގެއްލުންވާ މީހާގެ އެމުދައު ނޫނީ ފައިދާ ހަދިޔާ ކުރުމާއި އޭނާ އެއަށް ހޭދަކުރި މުދައު ނޫނީ ފައިދާ ނުގެއްލި އޮތުން.
މިއިން ނެރެވޭ ނަތީޖާއެއް ގޮތުން އަހަރެމެންނަށް ބުރަވެވޭ އެއްޗަކީ، ކުޅޯ މެޝިން ގޭމްތަކީ ޙަރާމް އެއްޗެއް ކަމެވެ...“ — ނިމުނީ.
2⃣އިސްލާމް ވެބުގެ ފަތުވާ ގައި ވެއެވެ:
”(ސުވާލުގައިވާ) ގޭމުގައި ވަނީ ވަކި އަދަދެއްގެ ފައިސާގެ ބަދަލުގައި ކަނޑައެޅިފައިވާ ވަކި އަދަދަކަށް ކުޅުން ތެރިޔާއަށް އެ މެޝިނުން (ހަދިޔާ) ވަކިހިއްޕައިގެން ނެގުން ނަމަ، އެގޭމު ކުޅުން ހުއްދައެވެ. އެހެނަސް ކުޅުންތެރިޔާ ފައިސާ ދައްކައި އޭގެ ބަދަލުގައި އޭނާ އަށް އެއިން ލިބޭނީ ކިހާ ހަދިޔަލެއްތޯ ނޭނގޭނަމަ، އަދި އޭނާއަށް އެލިބުންވެސް އަދި ނުލިބުންވެސް އެކަށީގެންވާނަމަ، ދެންފަހެ އެހިނދުގައި މިގޭމު މިވަންނަނީ ޙަރާމްވެގެންވާ ޖުވާގެ ތެރެއަށެވެ.“ — ނިމުނީ.
3⃣އިސްލާމީ ސުވާލު-ޖަވާބު ފަތުވާ ގައި ވެއެވެ:
”ގޭމުގެ މިވައްތަރަކީ ހުއްދަ ވައްތަރެއް ނޫނެވެ. މިއީ ޙަރާމް ވެގެންވާ ޖުވާގެ ތެރެއިންވާ އެއްޗެކެވެ. އެހެނީ ޖުވާ ގެ މާނައަކީ އިބްނި ތައިމިއްޔާވެސް ވިދާޅުވެފައިވާ ފަދައިން:
”މީހެއްގެ މުދައު ނަގައި ނުރައްކަލަކަށް (ރިސްކަކަށް) ލުމެވެ. (އެރިސްކަކީ) އެއިން އޭނާއަށް ބަދަލެއް ލިބޭނެތޯ ނުވަތަ ނުވަތަ ނޫންތޯއެވެ.“ — اهـ.
مجموع الفتاوى (19 / 283)
އަބުލް ބަޤާއު އަލްޙަނަފީ ވިދާޅުވިއެވެ:
”މޮޅުވާ މީހާ ދެރަވާ މީހާގެ އަތުން އެއްޗެއް ނިގުޅައިގަތުމަށް ޝަރުޠު ކުރެވޭ ކޮންމެ ކުޅިވަރަކީ، ޖުވާއެވެ.“ — اهـ.
"الكليات" صفحة (702)
ـــــــــــــــــــــــ
[1] ބާޖީ، ބާޖީމެރުން، ބާޖުމެރުން : ކަމެއްގައި ދެރަވި މީހަކު މޮޅުމީހަކަށް އެއްޗެއް ދޭން ނުވަތަ ކަމެއް ކޮށްދޭން ބުނާ ބުނުން. ހަރާދު، ހަރާދުކިޔުން: ކުޅޭ ކުޅިވަރާއި ކުރާ ޒުވާބުގައި ދެރަވާ މީހާ މޮޅުވާ މީހާއަށް އެއްޗެއް ދޭން ކުރާ ޝަރުތު. — ރަދީފު
Comments (0)
Be the first to comment.