މުނާޡަރާ ކުރުމުގެ (ޢިލްމީ ބަހުސްތައް ކުރުމުގެ) ޙުކުމަކީ ކޮބައިހެއްޔެވެ؟
This article is available in Dhivehi only.
🗣️ މުނާޡަރާ ކުރުމުގެ (ޢިލްމީ ބަހުސްތައް ކުރުމުގެ) ޙުކުމަކީ ކޮބައިހެއްޔެވެ؟
އެކަން ޞައްޙަވަނީ (ހުއްދަވަނީ) އެކަމަށް ހުރި ޝަރުޠުތަކަކާއި، މުނާޡަރާކުރާ މީހާގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކަކާއެކުގައެވެ.
⚫️މުނާޡަރާގެ ޝަރުޠުތަކަކީ:
⬆️އޭގެ ފައިދާއަށްވުރެ އޭގެ ގެއްލުން ބޮޑުނުވުން
⬆️އާންމު އެންމެން އެއަށް ހާޟިރުވެ ބަލާން ނުތިބުން
⚫️މުނާޡަރާކުރާ މީހާގެ ޝަރުޠުތައް:
⬆️ޢިލްމުވެރިކަން: އަދި މީގެ ދަށުން: މަޑުމައިތިރިކަމާއި، ޙިލްމުވެރިކަމާއި، ކެތްތެރިކަން ކަނޑައެޅިފައި ވެއެވެ.
⬆️ހިތްވަރުގަދަކަން: (ޘާބިތު ހިތެއްގެ ވެރިއަކަށްވުން).
⬆️ޙުއްޖަތްތައް އަވަހަށް ހަނދާނަށް އައުމާއި ދަލީލު ދެއްކުމުގެ ހުޝިޔާރުކަން ހުރުން.
(ދަންނައެ) އިދިކޮޅުވާ (ޙައްޤާ ޚިލާފުވާ) ކޮންމެ މީހަކާ މުނާޡަރާކުރުން ލާޒިމެއް ނޫނެވެ. ފަހެ، ޢަލީ ބުނު އަބީ ޠާލިބު رَضِيَ ٱللَّٰهُ عَنْهُ އަމިއްލަފުޅަށް މުނާޡަރާ ނުކުރައްވައެވެ. އަދިކިއެއްތަ؟ (ޚަވާރިޖުންނާއި މުނާޡަރާ ކުރެއްވުމަށް) ފޮނުއްވެވީ އިބްނު ޢައްބާސް رَضِيَ اللَّهُ عَنْهُمَا އެވެ. އަދި އިމާމް މާލިކާއި އިމާމް އަޙްމަދުވެސް (ދެކޮޅުވެރީންނާއި) މުނާޡަރާ ކުރައްވާފައެއް ނުވެއެވެ. އަދި އިބްނުލް ޤައްޔިމްވެސް މުނާޡަރާ ކުރައްވާފައެއް ނުވެއެވެ. އަދި އިބްނު ތައިމިއްޔާ އާއި މުނާޡަރާކުރުމަށް މީހަކު އައުމުން، އިބްނު ތައިމިއްޔާގެ އަޚް އެމީހާއަށް ބުންޏެވެ: "މިތަނުން ދާށެވެ! ކަލެއަށް ޞަޙީޙައިނި (އަލްބުޚާރީ އާއި މުސްލިމް) ގެ ޙަދީޘަކުން ޙަދީޘަކާއި، ޢަންތަރާގެ ޅެންބައިތަކުން އެއްޗެއް އަހަރެން ލިޔެދިނަސް، ކަލެއަކީ އެދޭތިން ދޭއްޗަކީ ކޮބައިކަންވެސް ފަރަޤުކުރަން ނޭނގޭ މީހެކެވެ."
— އައްޝެއިޙް ސުލައިމާން އަލްޢަލްވާން (ބަސްކޮޅު)
~ ގަލަންދާނު 🖋
ـــــــــــــــ
📝ގުޅުންހުރި ލިޔުން: (ފާޑު ކިޔުމުގެ ޝަރުޠުތައް)
Comments (0)
Be the first to comment.