ޙައިޟުވެރިޔާ މުޞްޙަފުގައި އަތްލުމާއި ޤުރުއާން ކިޔެވުމުގެ ޙުކުމް
This article is available in Dhivehi only.

ޙައިޟުވެރިޔާ މުޞްޙަފުގައި އަތްލުމާއި ޤުރުއާން ކިޔެވުމުގެ ޙުކުމް
❞ ޞައްޙަކަން ވަރުގަދައީ ޙައިޟު ވެރިޔާއަށް މުޞްޙަފުގައި އަތްލެވިދާނޭކަމެވެ. އަދި ޤުރުއާން ކިޔެވޭނޭކަމެވެ. އެހެނީ މިކަން މަނައު ކުރުމަށް ދަލީލެއް އައިސްފައި ނުވާތީއެވެ. އަދި ނަބިއްޔާ ﷺ އަރިހުން، ޙައިޟު ވެރިޔާ ޤުރުއާން ކިޔެވުމަށް މަނައު އައިސްފައިވާ އެންމެހާ ރިވާޔަތަކީ މަޢުލޫލް (ހާމަނޫން ބަލިކަށިކަން ހިމެނޭ) އަދި ޞައްޙަ ނޫން ރިވާޔަތެވެ. އަދި މިއާޔަތް ▶️ لَّا يَمَسُّهُ إِلَّا الْمُطَهَّرُونَ ◀️ "ޠާހިރު ބަޔަކު މެނުވީ އޭގައި ނުބީހެއެވެ." — ބޮޑަށް ޞައްޙައީ މިއާޔަތުގެ މަޤްޞަދަކީ މަލާއިކަތުން ކަމެވެ. ❝
— އައްޝައިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރް، އަލްޢަލްވާން (ތަފްޞީލު)
~ ގަލަންދާނު 🖋
ــــــــــــــــــــــ
📝 މިންބަރުއް ތަޥްޙީދުގެ ފަތުވާ މަޖިލިހަށް ސުވާލުވެވުނެވެ. ސުވާލު: ޙައިޟު ވެރިޔާ މޮބައިލް ފޯން އިން ޤުރުއާން ކިޔެވިދާނެހެއްޔެވެ؟
ޖަވާބު:
ފުރަތަމަކަމަކަށް: ޙައިޟު ވެރިޔާ ހިތުދަސް އެއްޗަކުން ނޫނީ ކޮންޕިއުޓަރަކުން ނޫނީ މޮބައިލް ފޯނެއް ނޫނީ މިފަދަ އާލަތަކުން ޤުރުއާން ކިޔެވުން ހުއްދައެވެ. އަދި މުޞްޙަފުގައި އަތްލުން މަނައުކުރާ އެތައް ބަޔެއްވެސް މިކަން މިގޮތަށް ދެކެއެވެ.
ދެވަނައީ: އަހަރެމެން ދެކެނީ –والله أعلم– ޙައިޟުވެރިޔާ މުޞްޙަފް ގައި އަތްލުން ޙަރާމް ކުރާ ދަލީލު، ޞައްޙަނޫން ކަމަށެވެ. އަދި ދަލީލަކާއި ލައިގެން މެނުވީ ކަމެއް ޙަރާމްކަމަށް ކަނޑަނޭޅެވޭނެއެވެ. އަދި މިގޮތުގެ މަތީން: ޢުމަރު ބުނުލް ޚައްޠާބު އާއި އިބްނު ޢައްބާސް އާއި ސަލްމާނުލް ފާރިސީ އާއި ޢަލީ ބިން އަބީ ޠާލިބް އާއި ޢާއިޝާ އަދި އަބޫ ހުރައިރާ އާއި އިބްރާހީމުއް ނަޚަޢީ އާއި ސަޢީދު ބުނުލް މުޞައްޔިބް އާއި ސަޢީދު ބުނު ޖުބައިރު އާއި އަލްޙަކަމް އާއި ނަޞްރުލް ބާހިލީ އާއި ރަބީޢަތުއް ރައުޔި އާއި އަބޫ މަލީކާ އަދި ދާވޫދުއް ޡާހިރީ އާއި އަލްމުޒަނީ އާއި އިބްނު ޙަޒަމް އާއި އައްޠަބަރީ އާއި އިބްނުލް މުންޛިރު އަދި އެނޫން ބޭފުޅުން ދެކިލެއްވިއެވެ... އެއީ މިކަން ޙަރާމް ކުރައްވާ ޖުމްހޫރު ޢިލްމުވެރިންގެ ބައިގަނޑާއި ޚިލާފަށެވެ....“
— ޝައިޚް އަބޫ ހުމާމް ބަކްރު ބުނު ޢަބްދުލް ޢަޒީޒް އަލްއަޘަރީ، އަލްބިންޢަލީ (تقبله الله) (ފަތުވާ ނަންބަރު 2113)
Comments (0)
Be the first to comment.