ޢިލްމުގެ ކުރިން އަދަބު ވެރިކަން އުނގެނުން — އިމާމް މާލިކް ބިން އަނަސް رَضيَ اللّٰهُ عَنه ވިދާޅުވިއެވެ
This article is available in Dhivehi only.

`
📌ޢިލްމުގެ ކުރިން އަދަބު ވެރިކަން އުނގެނުން
އިމާމް މާލިކް ބިން އަނަސް رَضيَ اللّٰهُ عَنه ވިދާޅުވިއެވެ:
كانت أمي تُعَمِّمُني وتقول لي: اذهب إلى ربيعة فتعلّم من أدبه قبل علمه
”އަހަރެންގެ މައިކަމަނާ އަހަރެން ބޮލުގައި ފަގުޑި އަޅުވައި ދިނުމަށްފަހު ވިދާޅުވެތެވެ: ރަބީޢާ ގާތަށް ގޮސް އެބޭފުޅާގެ އަދަބު، އެބޭފުޅާގެ ޢިލްމުގެ ކުރިން އުނގެނޭށެވެ.“
● ޢަބްދު ﷲ އިބުނުލް މުބާރަކް رحمه الله ވިދާޅުވެތެވެ:
كادَ الأدبُ أن يكونَ ثلثي الدِّين
”އަދަބުވެރިކަމީ މުޅި ދީނުގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައެވެ.“
● އަދިވެސް ވިދާޅުވިއެވެ:
لا ينبلُ الرجلُ بنوعِ مِن العلمِ ما لمْ يُزين عملهُ بالأدب
”އެމީހެއްގެ ޢަމަލު އަދަބުވެރިކަމުން ޒީނަތް ނުކުރާހާ ހިނދަކު، އެއްވެސް ޢިލްމަކުން މާތްކަމެއް އެމީހަކަށް ނުލިބެއެވެ.“
● އަދިވެސް ވިދާޅުވިއެވެ:
طلبت الأدب ثلاثين سنة وطلبت العلم عشرين سنة
”ތިރީސް އަހަރު ވަންދެން އަހަރެން އަދަބުވެރިކަން އުނގެނުނީމެވެ. އަދި ވިހި އަހަރު ވަންދެން (ދީނީ) ޢިލްމު އުނގެނުނީމެވެ.
● އިބްނުލް ޖަޒަރީ ސަލަފުންނާއިމެދު ވިދާޅުވިއެވެ:
”އެބޭފުޅުން އަދަބުވެރިކަން އުނގެނުއްވައެވެ. ދެން އެއަށްފަހު ޢިލްމެވެ.“
~ ގަލަންދާނު
Comments (0)
Be the first to comment.