ޚުލާސާ
This article is available in Dhivehi only.
5.
ޚުލާސާ:
ޚުލާސާ އަކީ، މި ޛިކުރުގެ އަޞްލު ވަނީ ކީރިތި ޤުރުއާނުގެ ނައްސުންކަމެވެ.
އަދި މިޛިކުރު ހެނދުނާއި ދުވާލުގެ ނިމުމުގައި 7 ފަހަރު ކިޔުމުގެ މަތިވެރިކަމުގެ މައްޗަށްވާ ރިވާޔަތްތައް، [އެއަށް އޭނާ ތެދުވެރިވިޔަސް ނޫނީ ދޮގުވެރިވިޔަސް] މި އިތުރު ބަޔާއި ނުލައި، އޭގެ ސަނަދު ރަނގަޅުކަމެވެ. ("ހަސަން" އެވެ).
އަދި ޝެއިޚް ޝުޢައިބް އާއި ޢަބްދުއްރައްޒާޤު އަލް އަރްނައޫޠު، އިބްނުއް ސުންނީގެ މަރްފޫޢު ރިވާޔަތުގެ ސަނަދު "ޞައްޙަ" ކަމަށް ބަޔާން ކުރެއްވުމަށްފަހު "ޒާދުލް މަޢާދް" 2/342 ގައި ވިދާޅުވިއެވެ:
"އަދި އަބޫ ދާވޫދު ނ. 5081 ގައި ވެސް ރިވާކުރެއްވިއެވެ. އެއީ އަބުއް ދަރްދާ އަރިހުން މަޥްޤޫފުގޮތުގައެވެ. އަދި އޭގެ (ސަނަދުގެ) މީހުންނީ އިތުބާރުވެވިގެންވާ މީހުންނެވެ. އެހެނަސް ރައްދުވެވިގެންވާ އިތުރުކުރެވިފައިވާ ބަޔެއް އޭގައިވެއެވެ. އެއީ [އެއަށް އޭނާ ތެދުވެރިވިޔަސް ނޫނީ ދޮގުވެރިވިޔަސް] މިއެވެ."
އަދި އިބްނު ކަޘީރު، އައްތަޥްބާ ސޫރަތުގެ 129 ވަނަ އާޔަތުގެ ތަފްޞީރު 4/244 ގައި، މިރިވާޔަތްތައް ގެންނަވައި މި އިތުރު ބަޔަކީ މުންކަރު ބަޔެއްކަމަށަ ކަނޑައަޅުއްވާފައިވެއެވެ.
އަދި މިއިތުރު ބަޔާއި ނުލައި މަޥްޤޫފު ރިވާޔަތް ވަރުގަދައެވެ. އަދި މިރިވާޔަތުގެ ޙުކުމަކީ މަރްފޫޢު އެވެ. (ނަބިއްޔާއަށް ނިސްބަތްވެފައިވާ ކަމެވެ. ) އަލްމުންޛިރީ ވިދާޅުވި ފަދައިންނެވެ .
މީގެ އިތުރުން، އިބްނުއް ސުންނީ ރިވާކުރެއްވި، މަރްފޫޢު ރިވާޔަތް، އަބުއް ދަރްދާއު އަރިހުން ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް، މި ރިވާޔަތުގެ ސަނަދު، ދެ އަރްނައޫޠު ޝެއިޚުންވަނީ ޞައްޙަކަމަށް ވިދާޅުވެފައެވެ.
އެހެންކަމުން މި ޛިކުރުގެ މާތްކަމުގެ މައްޗަށްވާ ރިވާޔަތްތަކުގެ ޞައްޙަކަން އިތުރަށް ވަރުގަދައެވެ.
والله أعلم
Comments (0)
Be the first to comment.