ފައިދާއެއް: ޞައްޙައީ «أَحَبَّكَ اللّه» ބުނުމެވެ
This article is available in Dhivehi only.
ފައިދާއެއް: ޞައްޙައީ «أَحَبَّكَ اللّه» ބުނުމެވެ.
(ހ)
”އަނަސް ގެ ޙަދީޘް: «...أَحَبَّكَ الَّذِي أَحْبَبْتَنِي فِيهِ» ރިވާކުރެއްވީ އަޙްމަދް އެވެ. އަދި އޭގެ އިސްނާދު ޟަޢީފެވެ. އޭގައި މުއައްމަލް ބުނު އިސްމާޢީލު ހިމެނެއެވެ. އޭނާ އަކީ ހިތުދަސް ކުރުމުގައި ކުށްޖެހޭ އެހެނެސް ތެދުވެރިއެކެވެ. އަދި އިބްނު މަޢީން އޭނާ ޘިއްޤާ ކުރެއްވިއެވެ. (އެބަހީ އިތުބާރުވެވޭ ރާވީންތެރޭ ހިމެނުއްވިއެވެ.) އަދި އަލްބުޚާރީ ވިދާޅުވަނީ އެއީ ޙަދީޘް އިންކާރުވެވިގެންވާ މީހެއްކަމެވެ. (އަލްބުޚާރީ "تاريخه الأوسط" ގައި ވިދާޅުވިއެވެ: އަހަރެން "މުންކަރުލް ޙަދީޘް" އޭ ބުނެފި މީހެއްނަމަ، އެއީ އެމީހެއް ފުށުން ރިވާޔަތް ކުރުން ތިބާއަށް ހުއްދަ ނޫން މީހެކެވެ.)
(ށ)
ޙަދީޘް: «أَحَبَّكَ الَّذِي أَحْبَبْتَنِي لَهُ ..» ރިވާކުރެއްވީ އަބޫ ދާވޫދު އަދި އަޙްމަދު އެވެ. އަދި އޭގެ ސަނަދު ޟަޢީފެވެ.⁽¹⁾ އޭގައި (ރާވީންގެ ތެރޭ) އަލްމުބާރަކް ބުނު ފަޟާލާ ވެއެވެ. އަޙްމަދް އާއި އައްނަސާއީ ވަނީ އޭނާ ޟަޢީފު ކުރައްވާފައެވެ. އަދި އެ (ޙަދީޘަށް) އެހެން (ސަނަދުގެ) މަގެއް، އިބްނު ވާޤިދް އަދި އަލްބާހިލީ ގެ މަގުން ވެއެވެ. އެއަށް (އޭގެ ޞައްޙަކަމަށް) ބަހުޘް ވެއެވެ.
(ނ)
އަދި ޞައްޙަ ޙަދީޘް އަކީ: «أَحَبَّكَ اللّه...» އެވެ. (މާނައީ: ﷲ ތިބާ އަށް ލޯބިވެވޮޑިގަންނަވާށި އެވެ.) ރިވާކުރެއްވީ އަޙްމަދް އާއި އައްނަސާއީ، ޞައްޙަ ސަނަދަކުންނެވެ.
މީގެ މައްޗަށް ބިނާކޮށް: ސުންނަތް ވެގެންވަނީ ތިބާއަށް (إني أحبك في الله) ﷲ އަށްޓަކައި ތިބާއަށް އަހަރެން ލޯބިވަމޭ (އަދި މިފަދަ ބަހެއް) ބުނެފި މީހަކަށް، أَحَبَّكَ اللّه އޭ ބުނުމެވެ. އެއީ ...فِيهِ އަދި لَهُ އާއި ނުލައެވެ.“
—އައްޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އަލްޚުޟައިރު (މަޞްދަރު) (tw)
~ ގަލަންދާން
______________
(1) މިޙަދީޘް ބަލިކަށި ކަމަށް ޝައިޚް އަލްމުޙައްދިޘް އަބޫ ޢަލީ އަލްޙަސަނީ ވެސް ވިދާޅުވެފައި ވެއެވެ.
Comments (0)
Be the first to comment.