ޢަމަލުތަކާއި ބެހޭ ޙަދީޘް
This article is available in Dhivehi only.
ޢަމަލުތަކާއި ބެހޭ ޙަދީޘް
عَنْ أَمِيرِ الْمُؤْمِنِينَ، أَبِي حَفْصٍ -عُمَرَ بْنِ الْخَطَّابِ- رَضِيَ اللَّهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ:
އަމީރުލް މުއުމިނީން، އަބޫ ޙަފްޞު، ޢުމަރު ބިން އަލްޚައްޠާބު رَضِيَ اللَّهُ عَنْهُ ރިވާ ކުރެއްވިއެވެ: ރަސޫލު ﷲ ﷺ ޙަދީޘް ކުރައްވަނިކޮށް ތިމަން އަޑު އެހީމެވެ:
«إِنَّمَا الْأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى، فَمَنْ كَانَتْ هِجْرَتُهُ إِلَى اللَّهِ وَرَسُولِهِ، فَهِجْرَتُهُ إِلَى اللَّهِ وَرَسُولِهِ، وَمَنْ كَانَتْ هِجْرَتُهُ لِدُنْيَا يُصِيبُهَا، أَوِ امْرَأَةٍ يَنْكِحُهَا، فَهِجْرَتُهُ إِلَى مَا هَاجَرَ إِلَيهِ»
”ޢަމަލުތައް ބިނާވެގެންވާކަން ކަށަވަރީ، ނިޔަތްތަކުގެ މައްޗަށެވެ. އަދި ކޮންމެ މީހަކަށް ވެސް ވަނީ، ހަމައެކަނި އެ މީހަކު ނިޔަތް ގަތް ކަމެކެވެ. ވީމާ، މީހަކު ހިޖުރަ ކުރީ ﷲ އާއި އެ އިލާހުގެ ރަސޫލާއަށްޓަކައި ނަމަ، ފަހެ އޭނާގެ ހިޖުރަ ވަނީ ﷲ އާއި އެ އިލާހުގެ ރަސޫލާއަށެވެ. އަދި މީހަކު ހިޖުރަ ކުރީ ދުނިޔެ ހޯދުމަށް ނުވަތަ އަންހެނަކާ އިނުމަށް ކަމުގައި ވަނީ ނަމަ، ފަހެ އެ މީހެއްގެ ހިޖުރަ ވަނީ، އޭނާ އެ ހިޖުރަ ކުރި ކަމަކަށެވެ.“
(އަލްބުޚާރީ އާއި މުސްލިމް)
~ ގަލަންދާން
Comments (0)
Be the first to comment.