އިބްނުލް ރަޖަބް އަލްޙަންބަލީ ވިދާޅުވިއެވެ
This article is available in Dhivehi only.
އިބްނުލް ރަޖަބް އަލްޙަންބަލީ ވިދާޅުވިއެވެ:
”އަދި ޢިލްމުވެރިން ވަނީ މިޙަދީޘް ގެ ޞައްޙަ ކަމުގެ މައްޗަށް އިއްތިފާޤުވެ، ޤަބޫލުވެވިގެންވާކަމަށް ކަނޑައަޅުއްވާފައެވެ. އަދި އަލްބުޚާރީ އެކަލޭގެފާނުގެ ގެ ފޮތް ”އައްޞަޙީޙް“ ފައްޓަވާފައިވަނީވެސް އެއިންނެވެ.(*) އަދި އޭގެ ފަށައިގަތުމުގެ ބަސްކޮޅުގެ މަޤާމް އެއަށް ދެއްވިއެވެ. އެއީ، ﷲ ގެ ވަޖުހުފުޅަށްޓަކައި ނޫން ގޮތަކަށް ކުރެވޭ ކޮންމެ ޢަމަލަކީ، ބާޠިލުވެގެންވާ އެއްޗެއް ގޮތުގައި އިޝާރާތް ކުރެއްވުމުގެގޮތުންނެވެ. އެފަދަ ޢަމަލެއްގެ މޭވަޔެއް ދުނިޔެއާއި އާޚިރަތުގައިވެސް ނުވެއެވެ.
މިސަބަބަށްޓަކައި، ޢަބްދުއްރަޙްމާން ބުނު މަހްދީ ވިދާޅުވިއެވެ:
”ބާބުތަކެއްގެ (މައްޗަށްވާ ފޮތެއް) އަހަރެން އެކުލަވާލާނަމަ، ފަހެ ޢަމަލުތައް ވަނީ ނިޔަތުގެ މައްޗަށްކަމުގައި އޮތް ޢުމަރުގެ ޙަދީޘް، އެއިން ކޮންމެ ބާބެއް (ފެށުމުގައި) އަހަރެން ގެންނަހުށީމެވެ.“
އަދި ވެސް އެކަލޭގެފާނު އަރިހުންވެއެވެ: ވިދާޅުވިޔޭ: ފޮތެއް އެކުލަވާަަަން ގަސްދުކޮށްފި މީހާ ދަންނައެ، ”ޢަމަލުތައްވަނީ ނިޔަތުގެ މަތީން“ — މިޙަދީޘުން ފަށާހުށިކަމެވެ.“
_________
(*) ނޯޓް: އަލްބުޚާރީ މިޙަދީޘް 7 މަގަކުން "އައްޞަޙީޙް" ގައި ރިވާކުރައްވާ ފައި ވެއެވެ. އެއީ:
"އަހުރެން (އަލްބުޚާރީ) ގާތު ބުނެފިތޭ:
1. «ޢަބްދު ﷲ ބުނުއް ޒުބައިރުލް ޚުމައިދީ» ތިމަންގާތު «ސުފްޔާން» ވިދާޅުވިޔޭ ތިމަން ގާތު ← «ޔަހްޔާ ބުނު ސަޢީދުލް އަންޞާރީ» ދެންނެވިޔޭ...
2. «ޢަބްދު ﷲ ބުނު މަސްލަމާ» އަހަރެމެންނަށް «މާލިކު» ޙަބަރު ދެއްވިޔޭ ←ދެން ޔަހްޔާ ގާތުން
3. «މުޙައްމަދު ބުނު ކަޘީރު» ، «ސުފްޔާން» އަރިހުން ←ދެން ޔަހްޔާ ގާތުން
4. «މުސައްދަދް» އަހުރެން ގާތު ބުންނޭ «ޙައްމާދު (އެއީ އިބްނު ޒައިދު)» ←ދެން ޔަހްޔާ ގާތުން
5. «ޔަޙްޔާ ބުނު ޤަޒްޢާ» އަހުރެން ގާތު ބުންނޭ «މާލިކް» ←ދެން ޔަހްޔާ ގާތުން
6. «ޤުތައިބާ ބުނު ސަޢީދު» އަހުރެން ގާތު ބުންނޭ «ޢަބްދުލް ވައްހާބު» ←ދެން ޔަހްޔާ ގާތުން
7. «އަބުއް ނުޢްމާން» އަހުރެން ގާތު ބުންނޭ «ޙައްމާދު ބުނު ޒައިދު» ←ދެން ޔަހްޔާ ގާތުން
#JaamiuBenefits
~ ގަލަންދާން
Comments (0)
Be the first to comment.