އަދި އަބޫ ދާވޫދު އަރިހުން، ވިދާޅުވިއޭ: ސަނަދާއި އެކު ހުރި ޙަދީޘް ތަކަށް އަހަރެން ބެލިއިރު، އެ ހަތަރު ހާހަށް އަރައެވެ. ދެން އެއަށް ބެލިއިރު…
This article is available in Dhivehi only.
②
އަދި އަބޫ ދާވޫދު އަރިހުން، ވިދާޅުވިއޭ: ސަނަދާއި އެކު ހުރި ޙަދީޘް ތަކަށް އަހަރެން ބެލިއިރު، އެ ހަތަރު ހާހަށް އަރައެވެ. ދެން އެއަށް ބެލިއިރު އެ ހަތަރު ހާސް ޙަދީޘް ގެ ނާރެހުގައި ވަނީ ހަތަރު ޙަދީޘެކެވެ: އައްނުޢްމާން ބްނި ބަޝީރް ގެ «الْحَلاَلُ بَيِّنٌ وَالْحَرَامُ بَيِّنٌ» {ޙަލާލްވަނީ އެނގިބަޔާން ވެގެންނޭ، އަދި ޙަރާމް ވަނީ އެނގިބަޔާންވެގެންނޭ} ޙަދީޘް ، ޢުމަރުގެ «إِنَّمَا الْأَعْمَالُ بِالنِّيَّاتِ» {ޢަމަލުތައް ބިނާވެގެން ވާކަން ކަށަވަރީ، ނިޔަތްތަކުގެ މައްޗަށް} ޙަދީޘް، އަބޫ ހުރައިރާ ގެ «إنَّ اللَّهَ طَيِّبٌ لَا يَقْبَلُ إلَّا طَيِّبًا، وَإِنَّ اللَّهَ أَمَرَ الْمُؤْمِنِينَ بِمَا أَمَرَ بِهِ الْمُرْسَلِينَ» {އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ﷲ ތަޢާލާއަކީ ޠައްޔިބު (ހުރިހާ އުނި ސިފަތަކުން ހުސްޠާހިރުވެވޮޑިގެންވާ) އިލާހެވެ. އަދި އެއިލާހު ޠައްޔިބު (ހެޔޮ ރަނގަޅު) އެއްޗެއް މެނުވީ ޤަބޫލެއްނުކުރައްވަތެވެ. އެއިލާހު މުއުމިނުންނަށްވެސް އަމުރުކުރައްވަވަނީ އެއިލާހުގެ ރަސޫލު ބޭކަލުންނަށް އަމުރު ކުރެއްވެވި ކަންތައްތަކޭ} ޙަދީޘް، އަދި «من مِنْ حُسْنِ إِسْلَامِ اَلْمَرْءِ, تَرْكُهُ مَا لَا يَعْنِيهِ» {ތިމާއާއި ނުބެހޭ ކަންކަމުން ދުރުވެގަތުމަކީ މީހާގެ އިސްލާމްކަމުގެ ފުރިހަމަކަމުގެ ތެރެއިންވާ ކަމެކޭ} އޮތް ޙަދީޘެވެ. (އަބޫ ދާވޫދު) ވިދާޅުވިއެވެ: ފަހެ މި ހަތަރު ޙަދީޘުން ކޮންމެ ޙަދީޘަކީ ޢިލްމުގެ ހަތަރުބައި ކުޅަ އެއްބައެވެ.
އަދިވެސް އަބޫ ދާވޫދު رضي الله عنه އަރިހުން، ވިދާޅުވިއޭ: ރަސޫލު ﷲ ﷺ އަރިހުން އަހަރެން ފަސް ސަތޭކަ ހާސް ޙަދީޘް އެއްކުޅައީމެވެ. އެތަކެތީން އަހަރެން މިއަށް — އެބަހީ (އެކަލޭގެފާނުގެ ޙަދީޘް ފޮތް) އައްސުނަން އަށް — ހޮވާލީމެވެ. އޭގައި ހަތަރު ހާސް ހަތްސަތޭކަޙަދީޘް އަހަރެން ޖަމަޢު ކުރީމެވެ. އަދި އޭގެ ތެރެއިން ހަތަރު ޙަދީޘެއް އިންސާނެއްގެ (މުޅި) ދީނަށް ފުދެއެވެ. އޭގެ ތެރެއިން އެކައްޗަކީ އިތުރުއެކަލޭގެފާނުން ﷺ ގެ ޙަދީޘް: «إِنَّمَا الْأَعْمَالُ بِالنِّيَّاتِ» {ޢަމަލުތައް ބިނާވެގެން ވާކަން ކަށަވަރީ، ނިޔަތްތަކުގެ މައްޗަށެވެ.} ދެވަނަ އަށް އިތުރުއެކަލޭގެފާނުން ﷺ ގެ ޙަދީޘް: «مِنْ حُسْنِ إِسْلاَمِ الْمَرْءِ تَرْكُهُ مَا لاَ يَعْنِيهِ» {ތިމާއާއި ނުބެހޭ ކަންކަމުން ދުރުވެގަތުމަކީ މީހާގެ އިސްލާމްކަމުގެ ފުރިހަމަކަމުގެ ތެރެއިންވާ ކަމެކެވެ.} އަދި ތިން ވަނައަށް އިތުރުއެކަލޭގެފާނުން ﷺ ގެ ޙަދީޘް: «لَا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لِأَخِيهِ أَوْ قَالَ لِجَارِهِ مَا يُحِبُّ لِنَفْسِهِ» {ތިމާގެ (މުސްލިމް) އަޚާއަށްޓަކައި ރުހޭ ކަންތައްތައް (އަދި ގޮތްތައް) އެއީ ހަމަ ތިމާގެ އަމިއްލަ ނަފްސަށްޓަކައި ވެސް ރުހޭ ކަންތައްތައް (އަދި ގޮތްތައް) ކަމުގައި ވެއްޖައުމަށް ދާންދެން (އެއްވެސް) މުއުމިނަކު (ފުރިހަމަ) މުއުމިނަކަށް ނުވާ ހުއްޓެވެ.} އަދި ހަތަރު ވަނައަށް އިތުރުއެކަލޭގެފާނުން ﷺ ގެ ޙަދީޘް: «الْحَلاَلُ بَيِّنٌ وَالْحَرَامُ بَيِّنٌ» {ޙަލާލްވަނީ އެނގިބަޔާން ވެގެންނެވެ. އަދި ޙަރާމް ވަނީ އެނގިބަޔާންވެގެންނެވެ.}
އަދި އެހެން ރިވާޔަތެއްގައި އެކަލޭގެފާނު (އަބޫ ދާވޫދު) ވިދާޅުވިޔޭ: ފިޤުހު ދައުރު ވަނީ ފަސް ޙަދީޘެއް ވަށައެވެ. «الْحَلاَلُ بَيِّنٌ وَالْحَرَامُ بَيِّنٌ» {ޙަލާލްވަނީ އެނގިބަޔާން ވެގެންނެވެ. އަދި ޙަރާމް ވަނީ އެނގިބަޔާންވެގެންނެވެ.} އަދި އިތުރުއެކަލޭގެފާނުން ﷺ ގެ ޙަދީޘް: «لاَ ضَرَرَ وَلاَ ضِرَارَ» {ގެއްލުންދިނުމެއް ނުވެއެވެ. އަދި ގެއްލުންލިބިގަތުމެއްވެސް ނުވެއެވެ.} އަދި އިތުރުއެކަލޭގެފާނުން ﷺ ގެ ޙަދީޘް: «إِنَّمَا الْأَعْمَالُ بِالنِّيَّاتِ» {ޢަމަލުތައް ބިނާވެގެން ވާކަން ކަށަވަރީ، ނިޔަތްތަކުގެ މައްޗަށެވެ.} އަދި އިތުރުއެކަލޭގެފާނުން ﷺ ގެ ޙަދީޘް: «الدين النصيحة» {ދީނަކީ އިޚްލާޞްތެރިކަމެވެ.} އަދި އިތުރުއެކަލޭގެފާނުން ﷺ ގެ ޙަދީޘް: «مَا نَهَيْتُكُمْ عَنْهُ فَاجْتَنِبُوهُ وَمَا أَمَرْتُكُمْ بِهِ فَافْعَلُوا مِنْهُ مَا اسْتَطَعْتُمْ» {ތިމަންކަލޭގެފާނު ނަހީކުރެއްވިކަންތައްތަކުން ދުރުވާށެވެ. އަދި އަމުރުކުރެއްވި ކަންތައްތަކުން ތިޔަބައިމީހުންނަށް ކުޅަދާނަވީވަރަކުން ކުރާށެވެ.}
Comments (0)
Be the first to comment.