އަދި އެހެން ރިވާޔަތެއްގައި އެކަލޭގެފާނު (އަބޫ ދާވޫދު) ވިދާޅުވިއެވެ: ކޮންމެ ފަންނެއްގައިވެސް ސުންނަތުގެ ބިންގާ ވަނީ ހަތަރު ޙަދީޘް…
This article is available in Dhivehi only.
③
އަދި އެހެން ރިވާޔަތެއްގައި އެކަލޭގެފާނު (އަބޫ ދާވޫދު) ވިދާޅުވިއެވެ: ކޮންމެ ފަންނެއްގައިވެސް ސުންނަތުގެ ބިންގާ ވަނީ ހަތަރު ޙަދީޘް އެއްގައެވެ: ޢުމަރު ގެ «إِنَّمَا الْأَعْمَالُ بِالنِّيَّاتِ» {ޢަމަލުތައް ބިނާވެގެން ވާކަން ކަށަވަރީ، ނިޔަތްތަކުގެ މައްޗަށޭ} ޙަދީޘް، އަދި «الْحَلاَلُ بَيِّنٌ وَالْحَرَامُ بَيِّنٌ» {ޙަލާލްވަނީ އެނގިބަޔާން ވެގެންނޭ އަދި ޙަރާމް ވަނީ އެނގިބަޔާންވެގެންނޭ} ޙަދީޘް، އަދި «مِنْ حُسْنِ إِسْلاَمِ الْمَرْءِ تَرْكُهُ مَا لاَ يَعْنِيهِ» {ތިމާއާއި ނުބެހޭ ކަންކަމުން ދުރުވެގަތުމަކީ މީހާގެ އިސްލާމްކަމުގެ ފުރިހަމަކަމުގެ ތެރެއިންވާ ކަމެކޭ} ޙަދީޘް އަދި «ازْهَدْ فِي الدُّنْيَا يُحِبَّكَ اللَّهُ وَازْهَدْ فِيمَا فِي أَيْدِي النَّاسِ يُحِبُّوكَ» {ތިބާ ދުނިޔެމަތީގައި ޒުހުދުވެރިވާށެވެ. އޭރުން ﷲ ތިބާދެކެ ލޯބިވެވޮޑިގަންނަވާނެއެވެ. އަދި މީސްތަކުންގެ އަތުގައިވާ ތަކެއްޗަށް ޒުހުދުވެރިވާށެވެ. (އެބަހީ: އެއަށް އެދުމުން ދުރުހެލިވާށެވެ.) އޭރުން މީސްތަކުން ތިބާދެކެ ލޯބިވާނެއެވެ.} — މި ޙަދީޘެވެ.
އަދި އަލްޙާފިޡް އަބުލް ޙަސަން ޠާހިރު ބްނު މުފައްވިޒް އަލް މުޢާފިރީ، އަލްއަންދަލޫސީ ގެ (ޅެން ބައިތެއް) ވެއެވެ:
عمدة الدين عندنا كلمات
ދީނުގެ ތަނބު އަހަރެމެންގާތުވަނީ، ކަލިމަތަކެއްގައޭ
... أربع من كلام خير البرية
އެއީ ހަތަރު ކަލިމަޔެކޭ އެބޭފުޅެއްގެ ކަލިމަ، އެންމެ ހެޔޮވެގެންވާ
اتق الشبهات وازهد ودع ما
ޝުބުހުން ދުރުހެލިވެ އަދި ޒުހުދުވެރިވެ ދުރުވާށޭ
... ليس يعنيك واعملن بنية
ތިބާޔާ ނުބެހޭ ކަންކަމުން ފަހެ، ޢަމަލުތައްވަނީ ނިޔަތުގެ މައްޗަށޭ
— މަޞްދަރު: ޖާމިޢުލް ޢުލޫމި ވަލް ޙިކަމް (ޞ. 61 - 63) މުއައްސަސަތުއް ރިސާަލާ، ފުރަތަމަ ޗާޕް
~ ގަަލަންދާނު
Comments (0)
Be the first to comment.