އޭ ރޯދަވެރިންނޭ، ތިޔަބައި މީހުންނަށް އުފާވެރިކަން ހުއްޓެވެ!
This article is available in Dhivehi only.
••
📜 އޭ ރޯދަވެރިންނޭ، ތިޔަބައި މީހުންނަށް އުފާވެރިކަން ހުއްޓެވެ!
އެހެނީ، އަބީ އުމާމާގެ އަރިހުން⁽¹⁾ ޘާބިތުވެގެން ވެއެވެ. އެކަލޭގެފާނުގެ ދެންނެވިއެވެ:
”އޭ ﷲ ގެ ރަސޫލާ އެވެ. ޖަންނަތަށް، އެ ޢަމަލެއްގެ ސަބަބުން އެއިލާޙު ވައްދަވާނެ، ހެޔޮ ޢަމަލަކަށް ކަލޭގެފާނު ތިމަންނަ އަށް އަމުރު ކުރައްވާށެވެ.“
އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ: «عَلَيْكَ بِالصَّوْمِ فَإِنَّهُ لَا مثل لَهُ» ”ތިބާއަށްވަނީ، ރޯދަހިފުމެވެ. އެހެނީ، އެއާއި (އަޖުރުގެ ގޮތުން) އެއްފަދަ ޢަމަލެއް ނުވެއެވެ.“
އަދި އެހެން ރިވާޔަތެއްގައި⁽²⁾ ވަނީ: «...لاَ عِدْلَ لَهُ» ”...އެޔާ ހަމަ ހަމަ ވެގެންވާ އެހެންކަމެން ނުވެއެވެ.“ ( އެބަހީ: އަޖުރުގެ ގޮތުން މާ ބޮޑެވެ).
— އައްޝައިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (މަޞްދަރު)
~ ގަލަންދާން
____________
(1) ރިވާކުރެއްވީ އިބްނު އަބީ ޝައިބާ އެކަލޭގެފާނުގެ "މުޞައްނަފު" 8695 ގައި .
(2) ރިވާކުރެއްވީ އައްނަސާއީ އެކަލޭގެފާނުގެ "ސުނަން" 2223 ގައި
Comments (0)
Be the first to comment.