2) ވަރުގަދަ ރިވާޔަތް
This article is available in Dhivehi only.
②
(2) ވަރުގަދަ ރިވާޔަތް
އަލްމުސްތަދްރަކް ގައި އަލްޙާކިމް ވިދާޅުވިއެވެ:
4837 - އަބޫ ބަކްރު މުޙައްމަދު ބުނު އަޙްމަދު ބުނު ބާލަވައިހި އަހަރެންނަށް ޚަބަރު ދިނެވެ: ޢަބްދު ﷲ ބުނު އަޙްމަދު ބުނު ޙަންބަލް އަހަރަމެން ގާތު ވިދާޅުވިއޭ، އަޙްމަދު ބުނު މުޙައްމަދު ބުނު އައްޔޫބު ތިމަންގާތު ވިދާޅުވިއޭ، އިބްރާހީމް ބުނު ސަޢުދު އަހަރަމެން ގާތު ވިދާޅުވިއޭ، މުޙައްމަދު ބުނު އިސްޙާޤު އަރިހުން:
”ޢަބޫ ޠާލިބު އާއި ޚަދީޖަތު ބިންތި ޚުވައިލިދު ނިޔާވީ އެއް އަހަރެއްގައެވެ. އަދި އެއީ ނަބިއްޔު ﷺ އަލްމަދީނާ އަށް ހިޖުރަ ކުރެއްވުމުގެ ތިން އަހަރު ކުރިންނެވެ. އަދި ޚަދީޖަތުގެފާނު ވަޅުލެވުނީ އަލްޙަޖޫން ގައެވެ. އަދި ރަސޫލު ﷲ ﷺ އެކަމަނާގެ ޤަބުރުދޮށަށް ފައިބައިވަޑައިގެންވިއެވެ. އަދި އެކަމަނާ އާއި ކައިވެނި ބައްލަވައިގަތް އިރު އެކަމަނާއަށް އަށާވީސް އަހަރުފުޅެވެ.“ (ރާވީ) މުޙައްމަދު ވިދާޅުވިއެވެ: ”އަދި ޚަދީޖަތުގެފާނު ގެ ކުންޏަތަކީ އުއްމު ހިންދު އެވެ. އަދި ރަސޫލު ﷲ ﷺ އާއި ކައިވެނި ބައްލަވައިގަތް އިރު އެކަމަނާގެ (ކުރީގެ ކައިވެނިން) ފިރިހެން ކުއްޖަކާއި އަންހެންކުއްޖެއް ވިއެވެ. އަދި ޚަދީޖަތުގެފާނު ގެ މައިކަނބަލަކީ ފާޠިމަތު ބިންތު ޒާއިދަތު ބުން އަލްއަޞައްމި އެވެ. އަދި އެކަނބުލޭގެ މައިކަނބަލަކީ (ޚަދީޖަތުގެފާނުގެ މާމައަކީ) ހާލަތު ބިންތު ޢަބްދި މަނާފް އެވެ.“
އަދި މި މައުޟޫއުގައި އެންމެ ވަރުގަދަ އެއްޗަކީ މިއީއެވެ.⁽²⁾
— ޝައިޚް ޢަބްދު ﷲ އަލްޚުލައިފީ (މަޞްދަރު)
~ ގަލަންދާނު
_______
⁽¹⁾ އަލްޢަލްވާން ޞައްޙަ ސަނަދުން ޘާބިތު ވެފައި ނުވާ ފަސް ކަމެއްގެ ތެރެއިން ވިދާޅުވިއެވެ: ”ޚަދީޖަތުގެފާނު މުޙައްމަދު ﷺ އާއި ކައިވެނި ބައްލަވައިގަތްއިރު ސާޅީސް އަހަރު ކަމުގެ ވާހަކަ، ފަހެ މިޢުމުރު ޘާބިތެއް ނޫނެވެ.“
⁽²⁾ އަދި އައްދަލާއިލް އަލްނުބުއްވާ ގައި އަލްބައިހަޤީ ޛިކުރު ކުރައްވާފައިވާ ގޮތުން، އެކަމަނާ އަވަހާރަވީ ކަމުގައި ”ބޮޑަށް ޞައްޙައީ“ ފަންސާސް އަހަރުފުޅުގައެވެ. އަދި މިގޮތަށް ބަލާނަމަ އެކަމަނާ، ނަބިއްޔު ﷺ އާއި ކައިވެނި ބައްލަވައިގަތް އުމުރަކީ ފަންސަވީސް (25) އަހަރެވެ. އަދި އިބްނު ކަޘީރު އަލްބިދާޔަތުގައި މިވާހަކަ ޛިކުރު ކުރެއްވިއެވެ.
Comments (0)
Be the first to comment.