އިތުރުއެކަލޭގެފާނުން ގެ ސީރަތުގައި ޢާންމުކޮށް ކިޔޭ ޞައްޙަނޫން ޚަބަރުތައް (1)
This article is available in Dhivehi only.
➊
އިތުރުއެކަލޭގެފާނުން ގެ ސީރަތުގައި ޢާންމުކޮށް ކިޔޭ ޞައްޙަނޫން ޚަބަރުތައް (1)
— އައްޝައިޚް، އަލްމުޙައްދިޘް، އަބޫ ޢަލީ އަލްޙަސަނީ
1. ނަބިއްޔު ﷺ އަކީ ނޫރުފުޅެކޭ އެކަލޭގެފާނުގެ މޫނުފުޅަށް އަޞްޙާބުބޭކަލުން ބެއްލެވުމަށް ކުޅަދާނައެއް ނޫނޭ [ދޮގު ރިވާޔަތެއް]
2. ނަބިއްޔު ﷺ ގެ ހިޔަނި ފުޅެއް ނުވާކަމަށް [ދޮގު]
3. ނަބިއްޔު ﷺ ހަށިކޮޅު ވެލީގެ އަޘަރެއް ހަރުލަޔެއް ނުހުރެޔޭ [ދޮގު]
4. ނަބިއްޔު ﷺ ގަލެއް މަތީ ހިންގަވައިފިނަމަ އޭގައި ފައިންޕުޅުގެ އަޘަރު ވެޔޭ [ދޮގު]
5. މި އަންނަނިވި ނަންތައް ނޫން ނަމެއް ނަބިއްޔު ﷺ އަށް ވާކަމަށް ބުނުން: މުޙައްމަދު (مُحَمَّدٌ)، އަޙްމަދް (أَحْمَدُ)، އަލްމުޤައްފީ (الْمُقَفِّي)، އަލްޙާޝިރު (الْحَاشِرُ)، އަލްމާޙީ (الْمَاحِي)، އަލްޢާޤިބު (الْعَاقِبُ)، ނަބިއްޔުއް ތަޥްބާ (نَبِيُّ التَّوْبَةِ)، ނަބިއްޔުއް ރަޙްމާ (نَبِيُّ الرَّحْمَةِ)، ނަބިއްޔުލް މަލްޙަމާ (نَبِيّ الْمَلْحَمَة). މި ނަންތައް ފިޔަވައި ދެން އައިސްފައިވާ އެއްވެސް ނަމެއް، ފަހެ އެއިން އެއްވެސް އެއްޗެއް ޞައްޙަ އެއް ނޫނެވެ.
6. ނަބިއްޔު ﷺ ، ޔޫސުފު ނަބީ އަށް ވުރެ ރީތިކަން [ދޮގު]
7. ނަބިއްޔު ﷺ އުފަންވެ ވަޑައިގަތީ ރަބީޢުލް އައްވަލު މަހުގެ 12 ވަނަ ދުވަހުގައިކަން
8. ނަބިއްޔު ﷺ އުފަންވެ ވަޑައިގަތުމުން އަބޫ ލަހަބު އުފައު ކުރިކަމަށް، އެހެންކަމުން އޭގެ ބަދަލުގައި ކޮންމެ ހޯމަ ދުވަހަކު އޭނާއަށް ޢަޛާބު ލުއިކުރެވެޔޭ [ދޮގު]
9. ނަބިއްޔު ﷺ އުފަންވެ ވަޑައިގަތީ ޚިތާނުވެވިފައި ކަމަށް [ޞައްޙައެއް ނޫން]
10. ނަބިއްޔު ﷺ އުފަންވެ ވަޑައިގަތީ ފޫޅު ކެނޑިފައިވާ ގޮތުގައި ކަމަށް [ޞައްޙައެއް ނޫން]
11. އެކަލޭގެފާނު ﷺ ކިރުތުނބުން ނުވީއްލަނީސް، ވާހަކަ ދެއްކެވި ކަމާއި ހަނދާއި މުޚާޠަބުތަކެއް ކުރެއްވިކަމަށް [ދޮގު]
12. ނަބިއްޔު ﷺ އުފަންވެ ވަޑައިގަތުމުގައި، ދެއަތްޕުޅުމައްޗަށް އަމިއްލަ ބާރުން އަދި އުޑާއި ދިމާލަށް އިސް އުފުއްލަވައިގެން ނިކުމެވަޑައިގެންނެވިކަމަށް [ދޮގު]
13. އެކަލޭގެފާނު ﷺ އުފަންވެ ވަޑައިގަންނަވާ ދުވަސް، އެކަލޭގެފާނުގެ މަންމަ އަށް ޖިންނީންގެ ކާހިނުން ކިޔައިދިން ކަމަށް [ޞައްޙައެއް ނޫން]
14. ބަޙީރާ ރާހިބުގެ ވާހަކަ [މުންކަރު]
15. ދިގު މުއްދަތަކަށް ވަޙީ އައުން ހުއްޓުމުން، ނަބިއްޔު ﷺ ފަރުބަދަތަކުގެ އުސްގަނޑުން ފުއްމާލަން މަސައްކަތް ކުރެއްވި ވާހަކަ [ބާޠިލް]
(ނުނިމޭ)
~ ގަލަންދާނު
Comments (0)
Be the first to comment.