އިތުރުއެކަލޭގެފާނުން ގެ ސީރަތުގައި ޢާންމުކޮށް ކިޔޭ ޞައްޙަނޫން ޚަބަރުތައް (2)
This article is available in Dhivehi only.
❸
އިތުރުއެކަލޭގެފާނުން ގެ ސީރަތުގައި ޢާންމުކޮށް ކިޔޭ ޞައްޙަނޫން ޚަބަރުތައް (2)
31. އަސްމާއު އާއި ފާޠިމާ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﻦ ކޯތާފަތްމަތީ އަބޫ ޖަހުލު ޖެހިކަމަށާއި، އޭގެން އަސްމާއު ބިންތި އަބޫ ބަކްރު ގެ ކަންފަތްޕުޅުން ލޭ ފޭބި ކަމަށް. [ދޮގު]
32. ހޮހަޅާގައި ކޮތަރާއި ފައިދިގުމަކުނުގެ ވާހަކަ [ޟަޢީފު]
33. ނަބިއްޔު ﷺ މަދީނާއަށް ފޯރައި ވަޑައިގަތުމާއި އެކު، އައްނައްޖާރުގެ އަންހެން ދަރިން "ޠަލަޢަލް ބަދްރު" މަދަހަ ކީ ކަމަށް [މުންކަރު ބާޠިލު]
34. އަބޫ އައްޔޫބުލް އަންޞާރީ ގެ ގެކޮޅުގައި ޖަމަލު ބަނޑުޖެއްސި ކަމަށް [ޟަޢީފު]
35. އުއްމުލް މުއުމިނީން އުއްމު ޙަބީބާ رضي الله عنها ކުރީގެ ފިރިކަލުން ޢަުބައިދު ﷲ ބުނު ޖަޙްޝް މުރުތައްދުވީ ކަމަށާއި، ޙަބަޝާގައި ނިޔާވިކަމަށް [މުންކަރު]
36. އުޙުދު ހަނގުރާމާގައި ހިންދު ބައިވެރިވި ކަމާއި، ޙަމްޒާ ގެ މޭ ކެއިކަމަށް [ދޮގު ބާޠިލު]
37. ބަދުރުގެ ދުވަހު ސުރާޤާތު ބުނު މާލިކުގެ ސިފައި ގައި ޝައިޠާނާ ފާޅުވި ކަމަށް [ޞައްޙައެއް ނޫން]
38. ބަދުރުގެ ދުވަހު އަލްޙުބާބު ރަސޫލު ﷲ ﷺ ދެއްވި މަޝްވަރާ، ވިދާޅުވިއޭ: “އޭ ﷲގެ ރަސޫލާއެވެ. މިމަންޒިލާމެދު ކަލޭގެފާނު ދެކިވަޑައިގަންނަވަނީ ކިހިނެތްތޯއެވެ. މިއީ ކުރިޔަށް ނުވަތަ ފަހަތަށް ޖެހުމެއް ނެތި، ﷲތަޢާލާ ކަލޭގެފާނު އެމަންޒިލަކަށް ފައިބައި ވަޑައިގަންނަވަން އެންގެވި މަންޒިލުތޯއެވެ؟ ނުވަތަ ހަނގުރާމާގެ ގަވާއިދާއި މަކަރާއި ރައުޔާ އެއްގޮތަށް ދޫކޮށްލެވިފައިވާ ކަމެއްތޯއެވެ؟” ޙަދީޘްކުރެއްވިއެވެ: “އަދި ކިއެއްހެއްޔެވެ. މިއީ ހަނގުރާމާގެ ހީލަތާއި މަކަރުވެރިކަމާއި ރައުޔަށް ދޫކޮށްލެވިފައިވާކަމެކެވެ.” ދެން އެކަލޭގެފާނު ދަންނަވައިފިއެވެ. “އޭ ﷲގެ ރަސޫލާއެވެ. ތިޔަހެންވިއްޔާ، މިއީ ތިބުން އެކަށީގެންވާ ތަނެއް ނޫނެވެ...“ [ޞައްޙައެއް ނޫން]
39. ބަދުރުގެ ދުވަހު އަބޫ ޢުބައިދާ رضي الله عنه އެކަކޭގެފާނުގެ ބައްޕަ ޤަތުލު ކުރެއްވިކަމަށް [ބާޠިލް]
40. ނުޢައިމު ބުނު މަސްޢޫދު އަޙްޒާބުގެ ލަޝްކަރުގެ ތެރޭގައި ދޭތެރެޖެއްސެވިކަން [ޟަޢީފު]
41. އަބޫ ސުފްޔާން ގެ ދަރިކަނބަލުން އުއްމު ޙަބީބާ ގެ ގެކޮޅަށް (ޙުދައިބިއްޔާ ގެ) ޞުލްޙަ އައު ކުރެއްވުމަށް އެދި ވަޑައިގެންނެވިކަމާއި، އަދި އެނދުކޮޅުގައި (އަބޫ ސުފްޔާން) އިށީންނަވާން އެދުމުން، އެމަޅާލައްވައި ވިދާޅުވިއޭ: "ނޫނެކޭ ފަހެ އެއީ ﷲ ގެ ރަސޫލާގެ ދާންކޮޅޭ އަދި ތިއީ ނަޖިސް މުޝްރިކެކޭ" [މުންކަރު]
42. ޚަންދަޤު ކޮނުމަށް ނަބިއްޔު ﷺ އަށް ސަލްމާންގެފާނު އިޝާރާތް ކުރެއްވިޔޭ [ޞައްޙައެއް ނޫން]
އަދި އެކަމަށް މަޝްވަރާދެއްވި ބޭފުޅެއްގެ ނަމަކާއި ނުލައި، ޚަންދަޤު ކޮންނެވި ކަން ޘާބިތެވެ.
43. މުއުތާ ގެ ލަޝްކަރު (މަދީނާއަށް އެނބުރި އައުމުން) މީސްތަކުން އެއާއި ކުރިމަތިލިޔޭ މިހެން ކިޔަމުން: "އޭ ފިލައިގެން އައި މީހުންތަކޭ! ﷲ ގެ މަގުންހޭ ކަލޭމެން ފިލާން ތިއައީ؟" އެހެންކަމުން ރުސޫލު ﷲ ﷺ ޙަދީޘްކުރެއްވިޔޭ: ليسوا بفرار ، ولكنهم كرار إن شاء الله "އެއީ ފިލައިގެން އައި ބަޔެއް ނޫނެވެ. ޙަމަލަދީ ޢިޔާދަވާ ބައެކެވެ. إن شاء الله" [މުންކަރު]
44. މައްކާ ފަތަޙައިގެ ދުވަހު ޙަދީޘް ކުރެއްވިޔޭ: (اذهبوا فأنتم الطلقاء) ”ދާށެވެ. ތިޔަބައި މީހުންނީ މިނިވަނުންނެވެ.“ [ޟަޢީފު]
45. ނަބިއްޔު ﷺ ގެ ޒާތީ އެއްވެސް އެއްޗެއް، ބަނީ އުމައްޔާ ގެ ޒަމާނަށްފަހު ދެމިއޮތްކަން. އެއީ ތަކިހާ ކޮލާއި، ފަގުޑި ކޮޅާއި، އިސްތަށި ކޮޅެއް ފަދަ އަދި ހެދުންކޮޅާއި، ކަނޑި ކޮޅާއި ޢަޞާކޮޅާއި ފައިވާންޕުޅާއި، ޖޯޑާއި ފައިންޕުޅުގެ އަޘަރު ފަދައެވެ. [މިކަމުގައި އެއްވެސް އެއްޗެއް ޘާބިތުވެފައި ނުވެއެވެ.]
~ ގަލަންދާނު
(ނުނިމޭ)
Comments (0)
Be the first to comment.