އިތުރުއެކަލޭގެފާނުން ގެ ސީރަތުގައި ޢާންމުކޮށް ކިޔޭ ޞައްޙަނޫން ޚަބަރުތައް (3)
This article is available in Dhivehi only.
❺
އިތުރުއެކަލޭގެފާނުން ގެ ސީރަތުގައި ޢާންމުކޮށް ކިޔޭ ޞައްޙަނޫން ޚަބަރުތައް (3)
61. ނަބިއްޔު ﷺ ގެ ހުވަފެންޕުޅެއްގައި ބަނޫ މަރްވާން މިންބަަރަށް އެރުމަށްޓަކައި އެކަކު އަނެކަކާއި ރާމާމަކުނުތަކެއް ފަދައިން ވާދަކުރަނިކޮށް ފެނިވަޑައިގަތޭ [ދޮގު]
62. އަލްޣަރާނީޤު ގެ ވާހަކަ [ބާޠިލް]
63. (ނަބިއްޔު ﷺ އަވަހާރަވުމަށްފަހު ބިލާލްގެފާނަށް ހުވަފެނުން އިތުރުއެކަލޭގެފާނުން ﷺ ފެނި ޙަދީޘް ކުރެއްވިޔޭ) އޭ ބިލާލެވެ! މިއީ ކޮން ދުރުހެލިކަމެއްތޯއެވެ؟... [ދޮގު]
64. ރަސޫލު ﷲ ﷺ މާރިޔާ ގާތަށް ވަދެވަޑައިގެންނެވީ ޙަފްޞާ ގެ ގެކޮޅުގައި ކަމަށް [މުންކަރު]
65. ސައްފާނަތު ބިންތި ޙާތިމް ހައްޔަރުވެ އަޅަކަށްވެ ރަސޫލު ﷺ އެކަނބުލޭގެއަށް ހަމްދަރުދީވެ ވަޑައިގެންނެވި ވާހަކަ [ޞައްޙައެއް ނޫން]
66. ނަބިއްޔު ﷺ ރޫޙު ހިއްޕެވުމަށްޓަކައި މަލަކުލް މަޥްތު އިޛުނަ ހޯއްދެވި ވާހަކަ [މުންކަރު]
67. އަލްފުއްޖާއަތުއް ސުލަމީ (ހައްޔަރުވުމުން) އަބޫ ބަކުރު رضي الله عنه އޭނާ އަންދާލެއްވުން [މުންކަރު]
68. ފާޠިމަތުގެފާނު ގެ ގެކޮޅު، އަބޫ ބަކުރު އަންދާލެއްވިޔޭ [ބާޠިލު]
69. ޢުމަރު ބުނުލް ޚައްޠާބު އަށް "އަލްފާރޫޤު" ގެ ލަޤަބު ނަބިއްޔު ﷺ ދެއްވިކަމަށް [ޞައްޙައެއް ނޫން]
70. ޖާހިލިއްޔަތުގައި ޢުމަރު އެކަލޭގެފާނު ގެ އަންހެން ކުއްޖެއް ދިރިހުއްޓާ ވަޅުލިކަމަށް [ޞައްޙައެއް ނޫން]
71. ޢުމަރު ބުނުލް ޚައްޠާބު ހިޖުރަ ކުރެއްވި ހިނދު، "އެމީހެއްގެ އަނބި ހުވަފަތްކޮށް ދަރި ޔަތީމު ކުރުމަށް އެދިއްޖެ މީހެއް، މިހިރަ ފަރުބަދަ ބިއްދޮށުން އަހުރެން ގާތަށް އަންނާށޭ" ވިދާޅުވި ކަމަށް [ޞައްޙައެއް ނޫން]
72. ޢުމަރު ބުނުލް ޚައްޠާބު އެކަލޭގެފާނުގެ އުޚްތު، ޠާހާ ސޫރަތް ކިޔަވައިވިދާޅުވަނިކޮށް ކޯތާފަތްމަތީ ޖެއްސެވިކަަމާއި، އިސްލާމް ވެވަޑައިގެންނެވި ވާހަކަ [ޞައްޙައެއް ނޫން]
73. ނަބިއްޔު ﷺ އަށް ޢުމަރު ކަޢުބާ ދޮށުގައި ބިރުގަންނަވާއި ޤުރުއާން އަޑުއިވި، އެއަށްފަހު އިސްލާމްވެލެއްވި ވާހަކަ [މުންކަރު]
74. ޢުމަރު އާއި ކިރަށް ފެން އަޅައި ގަޑުބަޑު ކުރި އަންހެން މީހާގެ ވާހަކަ [ޞައްޙައެއް ނޫން]
75. (ޙުރުމުޒާން ގެ) ބަސްފުޅު: "ކަލޭގެފާނު ވެރިކަން ކުރެއްވިޔޭ، އޭގައި ޢަދުލުވެރިވެލެއްވިޔޭ، ވީމާ ނިދިކުރެއްވުނޭ، އޭ ފަހެ ޢުމަރެވެ!"
~ ގަލަންދާނު
(ނުނިމޭ)
Comments (0)
Be the first to comment.