އަލްއިމާމް އަބޫ ޙާތިމް އިބްނު ޙިއްބާން އަލްބުސްތީ، ”ޞަޙީޙް އިބްނު ޙިއްބާން“ ގެ ނަމުން މަޝްހޫރު ވެފައިވާ ”އައްތަޤާސީމި ވަލްއަންވާޢި“ ފޮތުގެ…
This article is available in Dhivehi only.
އަލްއިމާމް އަބޫ ޙާތިމް އިބްނު ޙިއްބާން އަލްބުސްތީ، ”ޞަޙީޙް އިބްނު ޙިއްބާން“ ގެ ނަމުން މަޝްހޫރު ވެފައިވާ ”އައްތަޤާސީމި ވަލްއަންވާޢި“ ފޮތުގެ ލިޔުން ތެރިޔާ، މިކަލޭގެފާނުން، ރަސޫލު ﷺ ގެ ނަމާދު ގެ ޞިފަ ބަޔާން ކޮށް ދިނުމަށް ޚާއްޞަ ފޮތެއް ލިޔުއްވާފައިވެއެވެ. މިވާހަކަ ބަޔާން ކުރައްވާފައިވަނީ އެކަލޭގެފާނުގެ (އިހުބަޔާން ވެވުނު) ”އައްޞަޙީޙް“ ފޮތުގައެވެ. ވިދާޅުވިއެވެ:
”ހަތަރު ރަކުޢަތުގެ ތެރޭގައި ނަބިއްޔު ﷺ ގެ އަރިހުން ހަސަތޭކަ ސުންނަތް، އިންސާނާ އޭނާގެ ނަމާދުގައި އަދާ ކުރެއެވެ. އަހަރެމެންވާނީ ތަފްޞީލުކޮށް އެތަކެތި ”صفة الصلاة“ ފޮތުގައި ރިވާކޮށްފައެވެ.“
އަދި މިތާގައި ސުންނަތުގެ މާނަ އަކީ އޭގެ ޢާންމު މާނައިގައެވެ: ރަސޫލު ﷲ ﷺ ނަމާދުގައި އަދައު ކުރެއްވި ކަމަށް ޘާބިތުވެފައިވާ އެންމެހާ ކަމެކެވެ. އޭގެ ރުކުން ތަކާއި، ވާޖިބުތަކާއި މުސްތަޙައްބު ތަކެވެ. އަދި ފާޅުވަނީ އެކަލޭގެފާނު އެ ނައްޞުތައް އެއްކުރައްވައި އެ ދިރާސާ ކުރެއްވިކަމެވެ. އަދި އޭގެ މައްޗަށް ބަލައި، ހަސަތޭކަ ސުންނަތް އެކަލޭގެފާނަށް އަދަދު ކުރެވުނު ކަމެވެ.⁽¹⁾ އަދި އެހެނަސް މި ބަޔާންވެވުނު ފޮތް ޗާޕުވެފައި ނުވެއެވެ. އަދިކިއެއް؟ އެ ފޮތް ރައްކާވެފައިވާ ކަމެއްވެސް އަހަރެމެންނަށް ނޭގެއެވެ. ފަހަރެއްގައި ޢިލްމުގެ ދަރިވަރުންނަށް މަޝްހޫރު ނޫން ތަނެއްގައި އޭގެ ދެލިކޮޕީއެއް އޮވެދާނެއެވެ. އެހޯދުމަށް ﷲ މަގުފަހި ކުރައްވާށިއެވެ. އަދި ރަނގަޅަށް ޗާޕު ވުމަށްވެސް މެއެވެ.
— އައްޝައިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (މަޞްދަރު)
~ ގަލަންދާނު
_________
⁽¹⁾ ޢަދި އަހަރެމެން ތަރުޖަމާ ކޮށްފައިވާ އައްޠަރީފީގެ ”ޞިއްފަތުއް ޞަލާތި“ ފޮތުގެ މުޤައްދިމާގައި މި މައުޟޫޢު އަށް އިޝާރަތް ކުރެވިފައިވާނެއެވެ. އެފޮތުގެ ތަރުޖަމާ އަދި ނުނިމެއެވެ. އަދި ނިމިފައިވާ ބައިތައް ވަނީ އަތުލިޔުމުންނެވެ. ﷲ މިކަމުގެ މައްޗަށް ފަސޭހަ ކޮށްދެއްވާށިއެވެ.
Comments (0)
Be the first to comment.