ވުޟޫއު ކުރުމުގައި ތުނބުޅި ވިނެއުމުގެ މައްޗަށް ވާރިދުވެފައި ވާ ޙަދީޘް ތަކުގެ ދަރަޖަ
This article is available in Dhivehi only.
📚 ވުޟޫއު ކުރުމުގައި ތުނބުޅި ވިނެއުމުގެ މައްޗަށް ވާރިދުވެފައި ވާ ޙަދީޘް ތަކުގެ ދަރަޖަ
...ހަމައެފަދައިން ތުނބުޅި ވިނެއުން، ފަހެ ޞައްޙަ އެތައް ސަނަދު ތަކަކުން، ރަސޫލު ﷺ އެކަލޭގެފާނުގެ ތުނބުޅި ވިނެ ނުލައްވާ ކަމުގެ މައްޗަށް ވާރިދުވެފައި ވެއެވެ. އަދި ޟަޢީފު ސަނަދު ތަކަކުން، އެކަލޭގެފާނު ތުނބުޅި ވިނެލެއްވި ކަމުގައެވެ.
އެހެންކަމުން ބައެއް ބޭކަލުން ވިދާޅުވިއެވެ: އެސަނަދުތަކުގެ އެކި މަގުތައް ޖަމަޢު ކޮށްގެން މިކަން ޘާބިތުވެއެވެ. އަދި (އެގޮތުން) މިޙަދީޘް "ޙަސަން ލިޣައިރިހީ" (ދަރަޖައަށް) ފޯރައެވެ. އަދި ބައެއް ބޭކަލުން އެ ޞައްޙަ ކުރެއްވި އެވެ. އަހަރެމެން ބުނަމެވެ: ހަމަކަށަވަރުން އެކަން ބާޠިލެވެ. އެހެނީ ރަސޫލު ﷺ ގެ ވުޟޫއު ކުރެއްވުން ޞިފަކުރެވުނު އެތަކެއް ތަފާތު ޞައްޙަ ސަނަދުތައް، ފަހެ އޭގައި އެކަލޭގެފާނު ތުނބުޅި ވިނަވައި ލެއްވިކަމަށް ބަޔާންވެފައި ނުވެއެވެ. އެހެންކަމުން މި އިތުރުވެފައިވާ ބައިގެ ބާޠިލުކަން އެއިން ދަލީލުކޮށް ދެއެވެ. އާއެކެވެ: ތުނބުޅި ވިނެވުން، (ބައެއް) އަޞްޙަބު ބޭކަލުން އަރިހުން ވާރިދުވެފައިވެއެވެ. ވީމާ ތުނބުޅި ވިނެވުމަކީ އޭގައި މައްސަލައެއް ނެތް، މަޝްރޫޢު ވެގެންވާ ކަމެއް ކަމުގައި ވެއެވެ. އެހެނީ އަޞްޙާބު ބޭކަލުން އެގޮތަށް ޢަމަލު ކުރައްވާފައިވާތީއެވެ. އެހެނަސް ވާރިދުވެފައިވާ މިޙަދީޘްތަކުގައި މިލަފްޠު އެއްކުރުމުގެ ޞައްޙަކަމަށް ބަލާއިރު، އެއެއް ޞައްޙައެއް ނޫނެވެ. އަދި ކިއެއްތަ؟ އެއީ ބާޠިލު ލަފުޠެކެވެ.
— އައްޝައިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (މަޞްދަރު)
~ ގަލަންދާނު
Comments (0)
Be the first to comment.