ކައިވެނީގެ ތަހުނިޔާ ކިޔުން
This article is available in Dhivehi only.
❤️ ކައިވެނީގެ ތަހުނިޔާ ކިޔުން
❞ ސުންނަތުގެ ތެރެއިން، ކައިވެނި ކުރާ ފަރާތަށް ކިޔުންވަނީ، އަބޫ ހުރައިރާ އަރިހުން ވާރިދުވެފައިވާ ޙަދީޘުގައިވާ ފަދައިންނެވެ: ”މީހަކު ކައިވަނި ކޮށްފިހިނދު، ނަބިއްޔު ﷺ ރައްފައަ ދެއްވާހިނދު [އެބަހީ: އޭނާއަށް ތަހުނިޔާ އާއި ދުޢާ ކޮށްދެއްވުން، ދެއްވާހިނދު] ޙަދީޘް ކުރައްވައޭ:
« بَارَكَ اللَّهُ لَكَ ، وَبَارَكَ عَلَيْكَ ، وَجَمَعَ بَيْنَكُمَا فِي خَيْرٍ »
(ތިބާއަށް الله ބަރަކާތް ލައްވާށިއެވެ! އަދި ތިބާގެ މައްޗަށް ބަރަކާތް ލައްވާށިއެވެ! އަދި ހެޔޮކަމުގައި ތިޔަ ދެމީހުން ޖަމާކޮށްދެއްވާށިއެވެ!)
ރިވާކުރެއްވީ، جيد (އެބަހީ: ޙަސަނު ދަރަޖައިގެ) މަދަނީ ސަނަދަކުން، އައްސުނަން ފޮތްތަކުގެ ބޭކަލުން ނެވެ.
ޖާހިލިއްޔަތުގައި ކިޔައި އުޅުނީ (بالرفاء والبنين) އޭ އެވެ. (އެކުއެކީވުމާއި ފިރިހެން ދަރީން ލެއްވުމަށެވެ.). އެހެންކަމުން އެއަށް ބަދަލަކަށް ﷲ މިސުންނަތް ލެއްވެވިއެވެ. ❝
— އައްޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އަލްޚުޟައިރު (މަސްދަރު)
📝 އަހަރެން ބުނަމެވެ:
⬆️«باركَ اللهُ لكَ»، އެބަހީ: މިކައިވެނީގައި ﷲ ތިބާއަށް ބަރަކާތާއި ހެޔޮ ލައްވާށިއޭ،
⬆️«وبارَكَ عليكَ»، އެބަހީ: ތިބާގެ ކައިވެނީގައި ﷲ ތިބާގެ މައްޗަށް ހެވާއި ބަރަކާތް ވެއްސަވާށިއޭ،
⬆️«وَجَمَعَ بَيْنَكُمَا فِي خَيْرٍ» އެބަހީ: ﷲ ތިބާ އާއި ތިބާގެ ބައިވެރިޔާ އެއްކުރައްވާށިޔޭ: (އެއިލާހަށް) ކުއްތަންވުމާއި، ހެޔޮ ޞިއްޙަތާއި، ދުނިޔެއާއި އާޚިރަތުގެ ދުޅަހެޔޮކަމުގައި (އެބަހީ އަލްޢާފިޔަތުގައި) އަދި ހެޔޮ އެންމެހާ ކަމެއްގައެވެ.
⬆️ފައިދާއެއް: (بالرفاء والبنين) ފަދަ ލަފްޡު ތަކާއި މެދު އަލްޢަލްވާން އާއި ސުވާލުވެވުމުން ވިދާޅުވިއެވެ: ”އޭގައި ކާފަރުންނާއި އެއްގޮތްވުން ހިމެނެއެވެ. އަދި ޘާބިތު އެއްޗަކީ ކައިވެނީގައި «باركَ اللهُ لكَ..» މިދުޢާއިން ތަހުނިޔާ ކިޔުމެވެ. ތަހުނިޔާގައި އޭގެ މާނަ ޞައްޙަ ބަސްތައް ބޭނުން ކުރުމުގައި މައްސަލައެއް ނުވެއެވެ. އެހެނަސް ކާފަރުން އެވެރިންގެ ޙަފުލާތަކަށް ކިޔައި އުޅުމަށް ބޭނުންކުރާ ޚާއްޞަ ޖުމްލަތައް ބޭނުންކުރުމީ، އެވެރިންނާއި އެއްގޮތް ވުމުގެ ތެރެއިން ހިމެނޭ ކަމެކެވެ.“ (ޚުލާޞާކުރެވިފައި، އަޞްލު އޯޑިއޯ)
⬆️ފައިދާއެއް: ދެޝެއިޚުން ރިވާކުރެއްވި ޢާއިޝަތުގެފާނުގެ ކައިވެނީގެ ޙަފުލާގެ ޙަދީޘުގައި، އަންޞާރިއްޔަ ބޭކަނބަލުން އެކަމަނާއަށް ތަހުނިޔާ ވިދާޅުވަމުން ކިޔުއްވިއެވެ:
«عَلَى الْخَيْرِ وَالْبَرَكَةِ، وَعَلَى خَيْرِ طَائِرٍ.»
(ހެވާއި ބަރާކާތް ލައްވާށިޔޭ، ހެޔޮނަސީބު ލައްވާށިޔޭ)
~ ގަލަންދާނު 🖋
Comments (0)
Be the first to comment.