ޢަބްދުއް ރައްޒާޤު، މުޢައްމަރް އަރިހުން، އައްޒުހުރީ އަރިހުން، ސާލިމް އަރިހުން، އިބްނު ޢުމަރު އަރިހުން: ނަބިއްޔު ﷺ ޢުމަރަށް ޙަދީޘް…
This article is available in Dhivehi only.
#حديث_ضعيف
❞ޢަބްދުއް ރައްޒާޤު، މުޢައްމަރް އަރިހުން، އައްޒުހުރީ އަރިހުން، ސާލިމް އަރިހުން، އިބްނު ޢުމަރު އަރިހުން: ނަބިއްޔު ﷺ ޢުމަރަށް ޙަދީޘް ކުރެއްވިޔޭ: «الْبَسْ جَدِيدًا وَعِشْ حَمِيدًا وَمُتْ شَهِيدًا» (އައު ހެދުންލާށެވެ. އަދި ހަމްދުކުރާ މީހެއްގެ ގޮތުގައި ދިރިއުޅޭށެވެ. އަދި ޝަހީދެއްގެ ގޮތުގައި މަރުވާށެވެ.) — ޙުއްފާޡުން ގެ (އެބަހީ: އިހުގެ ޙަދީޘް އިމާމުން ގެ) އިއްތިފާގުން މިރިވާޔަތް މުންކަރެވެ.⁽²⁾ ❝
— އައްޝައިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން (ބަސްކޮޅު)
~ ގަލަންދާނު
_______________
[1] ބައްލަވާ: އިބްނު މާޖާ (3558)
[2] މުންކަރު: އެބަހީ ބަލައިނުގަނެ ރައްދުވެވިގެންވާ ރިވާޔަތެކޭ އެވެ. މިއީ ޞައްޙަ ކަމުގައި ވަރުގަދަ އެހެން ރިވާޔަތަކާއި ފުށު އަރާގޮތަށް، އެއަށް ވުރެ ބަލިކަށި ފަރާތަކުން އަންނަ ރިވާޔަތް ތަކުގެ މައްޗަށް ގެނެވޭ ޙުކުމެކެވެ. ނުވަތަ ބަލިކަށި ފަރާތެއް އެއަށް ބާރުދޭ އެހެންފަރާތެއް ނެތި އެކަހެރިކޮށް އެއެއް ރިވާކުރުމުގެ ސަބަބުންނެވެ.
Comments (0)
Be the first to comment.