އައްނުޢްމާނު ބުނު ބަޝީރު رَضِيَ اللَّهُ عَنْهُ އަރިހުން ރިވާވެގެންވެއެވެ: ނަބިއްޔު ﷺ ޙަދީޘް ކުރެއްވި އެވެ
This article is available in Dhivehi only.
އައްނުޢްމާނު ބުނު ބަޝީރު رَضِيَ اللَّهُ عَنْهُ އަރިހުން ރިވާވެގެންވެއެވެ: ނަބިއްޔު ﷺ ޙަދީޘް ކުރެއްވި އެވެ:
«من لَم يَشْكُرِ القَلِيلَ، لَمْ يَشْكرِ الكَثِيرََ، وَمن لم يَشْكُرِ النَّاسَ، لم يَشْكُرِ اللهَ، والتَّحدُّثُ بِنعْمةِ اللهِ شُكرٌ، وَترْكُها كُفرٌ، والجَمَاعةُ رحمةٌ، و الفُرقةُ عذابٌ»
⬆️މަދު މިންވަރަކަށް ޝުކުރު ނުކުރާ މީހެއް، ގިނަ މިންވަރަކަށް ޝުކުރު ނުކުރާނެތެވެ.
⬆️ މީސްތަކުންނަށް ޝުކުރުވެރި ނުވާ މީހާ، ﷲ އަށް ޝުކުރުވެރި ނުވާނެއެވެ.
⬆️ އަދި ﷲ ގެ ނިޢްމަތްތަކާއި މެދު ވާހަކަ ދެއްކުމީ ޝުކުރެވެ. އެކަން އެއްލާލުމަކީ ކުފުރެވެ.
⬆️ އަދި ޖަމާޢަތަކީ ރަޙުމަތެވެ. ބައިބައިވުމީ ޢަޛާބެވެ.
📝 އައްޝައިޚް ޢަބްދުލް ޢަޒީޒް އަލްޚުޟައިރު ވިދާޅުވިއެވެ: ((أخرجه أحمد وغيره بسند جيد)) ”ރިވާކުރެއްވީ އަޙްމަދު އަދި އެނޫން ބޭފުޅުން "ޖައްޔިދު" (ރަނގަޅު) ސަނަދަކުން ނެވެ.“
~ ގަލަންދާނު 🖋
Comments (0)
Be the first to comment.