1. މި ޙަދީޘް ރިވާ ވެފައިވަނީ އެންމެ ރާވީ އެއްގެ ފުށުން ކަމަށް ބުނުމަކީ، މިލިޔުން ލިޔެފައިވާ ފަރާތް މިފަންނުގައި ޖާހިލުކަމުގެ ހެއްކެތް…
This article is available in Dhivehi only.

1. މި ޙަދީޘް ރިވާ ވެފައިވަނީ އެންމެ ރާވީ އެއްގެ ފުށުން ކަމަށް ބުނުމަކީ، މިލިޔުން ލިޔެފައިވާ ފަރާތް މިފަންނުގައި ޖާހިލުކަމުގެ ހެއްކެތް ނުވަތަ ދޮގެއް. އަހަރެމެން މީގެ ބައެއް މަގުތައް (ޢުރުވާ ގެ އިތުރުން ޢާއިޝާ އަރިހުންވާ 8 މަގެއް) ޗާޓެއް ގޮތުގައި މަތީގައި ހުށަހަޅާފައި ވާނެއެވެ.
2. އިބްނު ޙަޖަރު އަދި އިބްނު ކަޘީރު އަށް ނިސްބަތްކޮށް އެބޭކަލުން ނުބުނާ ނުވަތަ އެބޭކަލުން ބުނި ބަހުގެ މަފްހޫމް ގެއްލޭ ވާހަކަ ދައްކާފައި. އަދި ސީދާ ޞަރީހަ ބާޠިލު އަދި ޟައީފު އަދި ސާނަދެއް ނުވާ ތާރީޚީ ފުލޯކު ވާހަކަތައްއެއީ "މަސްދަރު" ކަމަށް ދައްކައި، އުއްމަތުގެ އިޖުމާޢުވާ ޙަދީޘެއް ޟަޢީފުކަމަށް ސާދާ ކިޔުންތެރިން އޮޅޭނެފަދާއިން ގެނެސް ދީފައި. މިކަމުގައި ، އިބްނު ކަޘީރާއި އެނޫން ބޭކަލުންގެ ޙަޤީއީ ރައުޔު ތިރީގައި ހުށަހަޅާލަން.
Comments (0)
Be the first to comment.