މިއީ އިބްނު ކަޘީރު އަދި އަލްބިދާޔާ މިފޮތިގެ އަސްލު ބުނުމުގެ މައްޗަށް ބޮޑު އޮޅުވާލުމެކެވެ. އަދި ކިއެއްތަ އިބްނު ކަޘީރު ވަނީ މިމައްސަލާގައި…
This article is available in Dhivehi only.
މިއީ އިބްނު ކަޘީރު އަދި އަލްބިދާޔާ މިފޮތިގެ އަސްލު ބުނުމުގެ މައްޗަށް ބޮޑު އޮޅުވާލުމެކެވެ. އަދި ކިއެއްތަ އިބްނު ކަޘީރު ވަނީ މިމައްސަލާގައި އެއްވެސް ޚިލާފެއް ނުވާ ކަމަށް ޚދު މިފޮތިގައި ނަގުލު ކުރައްވާފައެވެ. ވިދާޅުވިއެވެ:
"އަދި މިބަސްފުޅު: ކައިވެނި ކުރެއްވި އިރު އެކަމަނާގެ އުމުރުފުޅަކީ ހަ އަހަރުކަމާއި، އަދި އެއްދާން ކުރެއްވީ އެކަމަނާގެ އުމުރުން ނުވަ އަހަރުގައި ކަން — މީސްތަކުން މެދު މިކަމުގައި އެއްވެސް ޚިލާފެއް ނުވެއެވެ. އަދި ޞަޙީޙު ޙަދީޘް މަސްދަރާ އެނޫން ތަކެތީން މިކަން ޘާބިތުވެފައި ވެއެވެ. އަދިއިތުރު އެކަލޭގެފާނު عليه السلام އެކަމަނާއާ އެއްދާން ކުރެއްވީ މަދީނާއަށް ހިޖުރަކުރެއްވިތާ ދެވަނަ އަހަރުގައެވެ. ދެންފަހެ ޚަދީޖާ އަވަހާރަވީ ފަހުން ތިން އަހަރު ފަހުންނޭ އެކަމަނާއާއި ކައިވެނިކުރެއްވީ — ފަހެ މިކަމުގައި ނުކިއްސަރުކަން ވެއެވެ.“ (البداية والنهاية (3/ 161).
އަދި އިބްނު ޢަބްދުލް ބައްރު ވެސް މިކަމުގައި، އިޖުމާޢު ގެންނެވިއެވެ: ވިދާޅުވިއެވެ:
”އެކަމަނާ އާއި ރަސޫލު ﷲ ކައިވެނި ކުރެއްވީ، ހިޖުރައިގެ ދެއަހަރު ކުރިން މައްކާގައެވެ. މިއީ އަބޫ ޢުބައިދާގެ ބަސްފުޅެވެ. އެނޫން ބޭކަލުން ވިދާޅިވިތެވެ: ތިން އަހަރު ކުރިންނެވެ. އަދި އެކަމަނާގެ ޢުމުރުފުޅަކީ އޭރު ހަ އަހަރުފުޅެވެ. ބުނެވެއެވެ: ހަތް އަހަރުފުޅެވެ. އަދި އެކަމަނާއާއި އެއްދާން ކުރެއްވީ މަދީނާގައެވެ. އެކަމަނާގެ އުމުރުން ނުވަ އަހާރުގައެވެ. މީގައި އެއުރެން (އެއްވެސް ޢިލްމުވެރިއެއް) ޚިލާފުވެފައިވާ ކަމެއް އަހަރެންނަށް އެނގޭން ނެތެވެ.“ (الاستيعاب في معرفة الأصحاب (4/ 1881).
އަދި އިބްނުލް މުލްޤިން ވަނީ، މިނުކުތާގެ މައްޗަށް ބިނާކޮށް އިބްނުލް މުންޛިރު އިޖުމާޢު ނެރުއްވާފައިވާ ކަމަށް ވިދާޅުވެފައެވެ. (غاية السول في خصائص الرسول ( (1/52).
އަލްޙާފިޡު އިބްނު ޙަޖަރު ވިދާޅުވިއެވެ:
”ޞައްޙައީ، ނަބިއްޔު އެކަމަނާއާއި ކައިވެނި ކުރެއްވީ ހަ އަހަރުގައިކަމެވެ. އަދި ބުނެވެއެވެ: ހަތެކެވެ. އަދި މިދެބުނުން އެކަތަކުރެވެނީ، އެކަމަނާ ހަ އަހަރުފުރި ހަތްއަހަރަށް އަރާފައިވުމެވެ. އަދި އެކަމަނާއާ އެއްދާން ކުރެއްވީ އެކަމަނާގެ އުމުރުން ނުވަ އަހަރުގައެވެ. އަދި އެއީ ހިޖުރައިން ފުރަތަމަ ޢަހަރުގެ ޝައްވާލު މަހުގައެވެ.“ (الإصابة في تمييز الصحابة (8/ 232).
އަދި ޙަދީޘް ޢިލްމާއި ރިވާޔަތްތަކުގެ މާހިރުން ވަނީ މިކަމުގައި ދެބަސްވެ ނުލައްވައި ބަސްވިދާޅުވެފައެވެ. އޭގެ ތެރޭ،
1. އަލްބުޚާރީ އެކަލޭގެފާނުގެ އައްޞަޙީޙް ގައި،
2. މުސްލިމް އެކަލޭގެފާނުގެ ޞަޙީޙު ގައި،
3. އަބޫ ދާވޫދު އެކަލޭގެފާނުގެ ސުނަން ގައި،
4. އައްނަސާއީ އެކަލޭގެފާނުގެ ސުނަން
5. އިބްނު މާޖާ އެކަލޭގެފާނުގެ ސުނަން ގައި
6. ދާރިމީ އެކަލޭގެފާނުގެ ސުނަން ގައި،
7. އަލްޙާކިމް އެކަލޭގެފާނުގެ އަލްމުސްތަދްރަކް ޢަލައް ޞަޙީޙައިން ގައި،
8. ޢަލާއުއްދީން އިބްނު ބަލްބާން ، އިބްނު ޙިއްބާންގެ ޞަޙީޙު ގެ ތަރުތީބު ކުރެއްވުމުގައި
9. އަލްބައިހަޤީ އެކަލޭގެފާނުގެ ސުނަންގެ އަލްކުބްރާ އަދި އައްޞަޣްރާ ގައި
10. އިބްނު އަބީ ޝައިބާ އެކަލޭގެފާނުގެ މުޞައްނަފުގައި،
11. ޢަލްބަޣާވީ ޝަރްޙް އައްސުނާ ގައި
12. އަލްޚަޠީބް ޢަލްބަޣްދާދީ ، އަލްކިފާޔާ ގައި.
އެހެންކަމުން ސަލަފުން ތެރޭމިކަމުގައި އަދި މިރިވާޔަތުގެ ޞައްޙަކަމުގެމައްޗަށް އެއްވެސް ޝައްކެތް ނޫނީ ރައިބެއް އައިސްފައި ނުވެއެވެ.
~ ~ ގަލަންދާނު
Comments (0)
Be the first to comment.