ޢިލްމުވެރިންގެ މަޖިލިސްތަކާއި ޢިލްމީ މުނާޟިރާ ތަކުގައި ގިނަ ވަގުތު ހޭދަކުރާމީހާ ފައިސާގެ މާހިރެއް އަތުތެރެއިން ވަގުނޫޓެއް ދެމިނުގަނެވޭ…
This article is available in Dhivehi only.

📌[ ޢިލްމުވެރިންގެ މަޖިލިސްތަކާއި ޢިލްމީ މުނާޟިރާ ތަކުގައި ގިނަ ވަގުތު ހޭދަކުރާމީހާ ފައިސާގެ މާހިރެއް އަތުތެރެއިން ވަގުނޫޓެއް ދެމިނުގަނެވޭ ފަދައިން، ބާޠިލު ދެނެގަނެއެވެ. ވީމާ އެއިން އެގެނީ: ޢިލްމުވެރިންގާތުން ފޮތްނުކިޔާ މީހާ ކޮންމެ މީހަކަށްވެސް ހައްލާލެވޭ ކަމެވެ. ]
• ޢަބްދުއް ރަޙްމާން އިބްނު މަހްދީ އާއި މީހަކު ސުވާލުކުރިއެވެ: ”އެއްޗަކާއިމެދު ތިބާ އެބަބުނޭ: "މީތި ޞައްޙައޭ އަދި މީތި (އެނޫން އެއްޗެއް) ޘާބިތެއް ނޫނޭ"، ތިބާ މިފަދައިން ނަޤުލު ކުރަނީ ކާކުފަރާތުން ހެއްޔެވެ؟“ ވިދާޅުވިއެވެ: ”ފައިސާ އާއި ބެހޭ މާހިރެއްގާތަށް ގޮސް ތިބާގެ ދިރުހަމްތައް އޭނާއަށް ދެއްކުމުން، އޭނާ މިހެން ބުނާތަން ނުދެކެމުހެއްޔެވެ: "މި ރަނގަޅެވެ... މި ވަގެވެ..." ތިބާ އޭނާއާވެސް ތިބީދާއިން ސުވާލުކުރަމުހެއްޔެވެ؟ ނޫނީ އޭނާގެ ނިންމުމަށް ބޯލަނބަނީހެއްޔެވެ؟“ އޭނާ ބުންޏެވެ: ”[ހަމަހިލާ އެހެން ސުވާލު] ނުކުރަމެވެ. އަދިކިއެއްތަ؟ އޭނާގެ ނިންމުމަށް އަހަރެން ބޯލަނބަނީއެވެ.“ ވިދާޅުވިއެވެ: ”މިކަންވެސް ވަނީ އެފަދައިންނެވެ. އެއީ (ޢިލްމުވެރިންގެ) މަޖްލިސްތަކުގައި އާއި (ޢިލްމީ) ބަޙުޘްތަކުގާ ގިނަ ވަޤުތު ހޭދަކުރުމާއި، އެކަމުގައި މާހިރު ވުމުގެ މައްޗަށެވެ.“
=
Comments (0)
Be the first to comment.