އައްޝެއިޚް އިޙްސާން އަލްޢުތައިބީ ވިދާޅުވިއެވެ: (… المتمسك يومئذ بدينه كالقابض على الجمر) ”އެދުވަހުން ދީނުގަ ހިފަހައްޓައިގެން ހުންނަ މީހާ…
This article is available in Dhivehi only.
②
(ޅ)
އައްޝެއިޚް އިޙްސާން އަލްޢުތައިބީ ވިދާޅުވިއެވެ: (… المتمسك يومئذ بدينه كالقابض على الجمر) ”އެދުވަހުން ދީނުގަ ހިފަހައްޓައިގެން ހުންނަ މީހާ އަކީ، އަނގުރު ގައި ހިފަހައްޓައިގެން ހުންނަ މީހެއް ފަދައެވެ.“ [رواه أحمد]⁽³⁾ މިޙަދީޘް އާއި، އަދި (فإن من ورائكم أيام الصبر، الصبر فيه مثل قبض على الجمر، للعامل فيهم مثل أجر خمسين رجلا يعملون مثل عمله) ”އެހެނީ ތިޔަބައިމީހުންގެ ކުރިޔަށް އޮތީ ކެތްކުޅައުމުގެ ދުވަސްތަކެކެވެ. އޭގައި ކެތްތެރިވުމީ، އަނގުރުގައި ހިފެހެއްޓުން ފަދައެވެ. އޭގައި ⌝ޙައްޤަށް⌜ ޢަމަލު ކުރާ މީހަކަށް އެފަދައިން ޢަމަލު ކުރާ ފަންސާސް މީހުންގެ އަޖުރު ވަރަށް އަޖުރު ވެއެވެ.“ [رواه أبو داود والترمذي]⁽⁴⁾ — މިދެޙަދީޘު އާއި މެދު:
(ކ)
⌝އައްޝެއިޚް ސުލައިމާން އަލްޢަލްވާން އާއި⌜ ސުވާލުވެވުނެެވެ — އެހެންކަަމުން، އެކަލޭގެފާނު އެދެޙަދީޘް ވެސް ޟަޢީފުކުރައްވައި ދެން ވިދާޅުވިއެވެ: ”އެހެނަސް ފަސޭހައިގެ ވަޤުތުގައި ދީނުގެ މަތީ ދެމިހުރުމަށް ވުރެ ޘަވާބުގެ ގޮތުން، ފިތުނައިގެ ވަޤުތުގައި ދީނުގެ މަތީ ދެމިހުރުން ބޮޑުވެގެން ވާ ކަމާއިމެދު ޢިލްމުވެރިން ޚިލާފުވެ ނުލައްވައެވެ. އެއީ ﷲ تعالى ގެ މިވަޙީބަސްފުޅު ގެ މައްޗަށެވެ: {لَا يَسۡتَوِى مِنكُم مَّنۡ أَنفَقَ مِن قَبۡلِ ٱلۡفَتۡحِ وَقَٰتَلَۚ أُوْلَٰٓئِكَ أَعۡظَمُ دَرَجَةً مِّنَ ٱلَّذِينَ أَنفَقُواْ مِنۢ بَعۡدُ وَقَٰتَلُواْۚ} ”(މައްކާ) ފަތަޙަ ވުމުގެކުރިން ތިޔަބައިމީހުންގެ ތެރެއިން ހޭދަކޮށް، އަދި ހަނގުރާމަކޮށް އުޅުނުމީހުން (އެނޫން މީހުންނާ) ހަމަހަމަވެގެނެއް ނުވެތެވެ. އޭގެފަހުން ހޭދަކޮށް، އަދި ހަނގުރާމަ ކުޅަމީހުންނަށްވުރެން ދަރަޖައިގެގޮތުން އެއުރެން (އެބަހީ: مكة فتح ކުރެއްވުމުގެކުރިން ހޭދަކުރިމީހުން) މާ މާތްކަންބޮޑެވެ.“
މިދެޙަދީޘް ގެ ބަލިކަށި ކަމާއިމެދު އިތުރަށް ކިޔާލުމަށް މިޞަފްޙާއަށް ރުޖޫޢަ ވާށެވެ.
ـــــــــــــــــ
[3] އިބްނު ލަހީޢާ ގެ މަގުން، އަބޫ ހުރައިރާގެ ޙަދީޘް: އަޙްމަދު 13301 ، މީގެ އިތުރުން ޢުމަރު ބުނު ޝާކިރުގެ މަގުން އަނަސްގެ ޙަދީޘް: އައްތިރުމިޛީ 2260
[4] އަބޫ ޘަޢްލަބަތަލް ޚުޝަނިއްޔު އަރިހުން އަބޫ ދާވޫދު 4341 އަދި އައްތިރުމިޛީ 3058 ރިވާކުރެއްވި ޙަދީޘް.
Comments (0)
Be the first to comment.