ދުޢާ އަކީ އީމާންކަމުގެ ޢަލާމާތެވެ. ރަޙްމާންވަންތަ އިލާހަށް އަޅުވެތިކަން ކަށަވަރުވަނިވި ޢަމަލެވެ. އަދި އޭގައި ގިނަގުނަ ކުރުމުން،…
This article is available in Dhivehi only.

#حديث_صحيح
❞ ދުޢާ އަކީ އީމާންކަމުގެ ޢަލާމާތެވެ. ރަޙްމާންވަންތަ އިލާހަށް އަޅުވެތިކަން ކަށަވަރުވަނިވި ޢަމަލެވެ. އަދި އޭގައި ގިނަގުނަ ކުރުމުން، އިޙްސާންތެރިކަމުގެ ދަރަޖަ އަޅާ ވާސިލުވުމުގެ އުއްމީދުވެއެވެ. އެހެން ނުވާންވީ ކީއްވެހެއްޔެވެ؟ އެއީ އަޅުކަންތަކުން އެންމެ މާތް އަޅުކަމެވެ. އަދި ކުއްތަންވުމުގެ އެންމެ މަތިވެރި ކަންތަކެވެ. އެއީ އެކަމާއިމެދު ވާރިދުވެ އެބަސްފުޅު ޞައްޙަވެފައިވާ ޚަބަރުފުޅުގައި ވާފަދައިންނެވެ: «الدُّعَاءُ هُوَ الْعِبَادَةُ»⁽¹⁾
(ދުޢާ ⌝އާއިމެދު ދަންނައެ⌜ ، އަޅުކަމަކީ އެއީއެވެ.) ❝
— އައްޝެއިޚް، އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)
~ ގަލަންދާނު
--------------
[1] ރިވާކުރެއްވީ، އަބޫ ދާވޫދު (1479 )، އައްތިރުމިޛީ (2969 ) ރިވާކުރައްވައި "ޙަސަން ޞަޙީޙު" އޭ ވިދާޅުވި، އަދި އިބްނު މާޖާ (3828 )
Comments (0)
Be the first to comment.