ޞައްޙަ ގޮތަކީ، އެއް ދުވަހަށް ވުރެ މަދުން އިޢުތިކާފު ޞައްޙަ ނުވުމެވެ
This article is available in Dhivehi only.

ޞައްޙަ ގޮތަކީ، އެއް ދުވަހަށް ވުރެ މަދުން އިޢުތިކާފު ޞައްޙަ ނުވުމެވެ.
އެހެނީ ނައްޞުތަކުން ވާރިދުވެފައިވާ އެންމެ ކުރު މިންވަރަކީ މިއީއެވެ. އަދި އެއަށް ވުރެ ކުރު ނަމަ ބުނެވެނީ ރިބާޠު އެވެ. އިޢުތިކާފު އެއް ނޫނެވެ. އެހެނީ ނަބިއްޔު ؛ ޙަދީޘް ކުރެއްވި އެވެ:
أَلَا أَدُلُّكُمْ عَلَى مَا يَمْحُو الله بِهِ الْخَطَايَا وَيَرْفَعُ بِهِ الدَّرَجَاتِ.....وَانْتِظَارُ الصَّلَاةِ بَعْدَ الصَّلَاةِ، فَذَلِكُمُ الرِّبَاطُ فَذَلِكُمُ الرِّبَاطُ
"އެއަކުން ﷲ ކުށްފާފަ ފުއްސަވައި (ޖަންނަތުގައި) ދަރަޖަތައް އުފުއްލަވާނޭ ކަމަކަށް ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނުގެ މަގުދައްކަވަމުހެއްޔެވެ؟ ...... އަދި އެއްނަމާދުން އަވަދިވެ އަނެއް ނަމާދަށް އިންތިޒާރު ކުރުމެވެ. ފަހެ ރިބާޠު އަކީ އެއީއެވެ. ރިބާޠު އަކީ އެއީ އެވެ."
އަދި އެއީ އިޢްތިކާފެކޭއެއް ޙަދީޘެއް ނުކުރައްވައެވެ.
ޝައިޚް ސުލައިމާން އަލްޢަލްވާން (فك الله أسره)
ރޯދައިގެ ފިޤުހުން 50 ފައިދާ
Comments (0)
Be the first to comment.