އަހަރެން ބުނަމެވެ — އަބޫ ހުރައިރާ ގެ އަރިހުން ރިވާވެގެން ވެއެވެ: رسول الله ﷺ ޙަދީޘްކުރެއްވިއެވެ
This article is available in Dhivehi only.
📝 އަހަރެން ބުނަމެވެ:
އަބޫ ހުރައިރާ ގެ އަރިހުން ރިވާވެގެން ވެއެވެ: رسول الله ﷺ ޙަދީޘްކުރެއްވިއެވެ:
« لو يعلم الناس ما في النداء والصف الأول ثم لم يجدوا إلا أن يستهموا عليه لاستهموا »
”މީސްތަކުންނަށް ބަންގި އާއި ފުރަތަމަ ސަފުގެ މާތްކަން އެނގޭ ނަމަ ޤުރުޢަތު ލުން ނޫން ގޮތެއް ނެތިއްޔާ ޤުރުއަތުލައިގެން ވިޔަސް އެ ކަމަށް މީސްތަކުން އަވަސްވެގަތީހެވެ.“
— رواه البخاري ( 590 ) ومسلم ( 437 )
⬆️ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވިއެވެ: (فمن جاء أول الناس وصف في غير الأول فقد خالف الشريعة) ”(މިސްކިތަށް) މީސްތަކުން ތެރެއިން އެންމެ އަވަހަށް އައިސް، ފުރަތަމަ ޞަފު ނޫން ޞަފެއްގައި މަޑުޖަހާ މިހާ، ދަންނައެ، އޭނާ ޝަރީޢަތުގައި (ކަންކުރާން) އޮތް ގޮތާއި ޚިލާފުވެއްޖެއެވެ.“
⬆️އިބްނު ޙަޖަރުލް ހައިތަމީ "الفتاوى" (1/229) ގައި ވިދާޅުވިއެވެ: ”ކުދިވެރިން ފުރަތަމަ ޞަފަށް އަަރައި ދޮށީ މީހުން ގެ މައްޗަށް ކުރި ހޯދައިފި ހިނދެއްގައި، އެވެރިން އެޞަފުން ބޭލުން ހުއްދަވެގެން ނުވެއެވެ.“
⬆️އަދި އަލްމަރްދާވީ "الإنصاف" (2/41) ގައި ވިދާޅުވިއޭ، އަލްމަޖްދު އިބްނު ތައިމިއްޔާ (މިއީ ޝެއިޚުލް އިސްލާމްގެ ކާފާފުޅު) އިޚްތިޔާރު ކުރެއްވީ، ހަގު ކުއްޖާ އިސްވެ ނަގައިފި ޖާގައިން އޭނާ ފަހަތަށް ޖެއްސުމެއް ނުވާކަމުގައެވެ. (ދެން އަލްމަރްދާވީ) ވިދާޅުވިއެވެ: ”ރަނގަޅު ރައުޔަކީ މިއެވެ.“
~ ގަލަންދާނު
Comments (0)
Be the first to comment.