ކޮންމެ ފިޔަވަޅަކަށް އަހަރެއްގެ ސަވާބެވެ
This article is available in Dhivehi only.
✨ ކޮންމެ ފިޔަވަޅަކަށް އަހަރެއްގެ ސަވާބެވެ.
❞ އަބޫ ދާވޫދު އެކަލޭގެފާނުގެ "ސުނަން" ގައި އަޥްސު ބުނު އަޥްސް އައްޘަޤަފީ ގެ ޙަދީޘުތަކުން ރިވާކުރެއްވިޔޭ، ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ:
«مَنْ غَسَّلَ يَوْمَ الْجُمُعَةِ وَاغْتَسَلَ ، ثُمَّ بَكَّرَ وَابْتَكَرَ ، وَمَشَى وَلَمْ يَرْكَبْ ، وَدَنَا مِنْ الإِمَامِ ، فَاسْتَمَعَ وَلَمْ يَلْغُ ، كَانَ لَهُ بِكُلِّ خُطْوَةٍ عَمَلُ سَنَةٍ ؛ أَجْرُ صِيَامِهَا وَقِيَامِهَا»
”ރަނގަޅަށް ބޯދޮވެ ފެންވަރާ ހިނައިގަނެ އަވަހަށް ހުކުރަށް އައިސް ފުރަތަމަ ޚުތުބާ ލިބެ، (އަދި އައުމަށް) އެއްޗަކަށް ސަވާރުނުވެ ހިނގާފައި އައިސް، އިމާމާއި ކައިރިވެ ޚުތުބާ އަޑުއަހައި ވާހަކަ ނުދައްކައި (މިފަދައިން ކަންކޮށްފިނަމަ) އޭނާގެ ކޮންމެ ފިޔަވަޅަކަށް އަހަރުގެ ރޭއަޅުކަމާއި އަދި ރޯދަހިފުމުގެ ހެޔޮކަން ލިޔުއްވޭ ހުއްޓެވެ.“
މިއީ ޖައްޔިދު ޙަދީޘެކެވެ. (އެބަހީ ދަރަޖައިގައި ޙަސަން ޞަޙީޙު ޙަދީޘެކެވެ.) އަދި މިފަދަ (މިންގަނޑުގެ ރިވާޔަތް) ޙުއްޖަތެއް ގޮތުގައި ނެގެވުން ވެއެވެ. ❝
— ސުލައިމާން އަލްޢަލްވާން (ބަސްކޮޅު)
~ ގަލަންދާނު 🖋 #حديث_صحيح
Comments (0)
Be the first to comment.