އަދި ޢުމަރު ބުނުލް ޚައްޠާބު رضي الله عنه ވިދާޅުވިޔޭ: ”ތިމަންކަލޭގެފާނު ކޮޅަށް ހުންނަވައިގެން ކުޑަކަމު ވަޑައިގަންނަވަނިކޮށް ނަބިއްޔު ﷺ…
This article is available in Dhivehi only.
②
އަދި ޢުމަރު ބުނުލް ޚައްޠާބު رضي الله عنه ވިދާޅުވިޔޭ: ”ތިމަންކަލޭގެފާނު ކޮޅަށް ހުންނަވައިގެން ކުޑަކަމު ވަޑައިގަންނަވަނިކޮށް ނަބިއްޔު ﷺ ދެކެވަޑައިގެންނެވިއެވެ. އެހެންކަމުން ޙަދީޘް ކުރެއްވިޔޭ «يا عمر لا تبل قائماً» ”އޭ ޢުމަރޭ، ކޮޅަށް ހުރެ ކުޑަކަމު ނުދާށެވެ.“ ވީނާ އެއަށްފަހު ތިމަންކަލޭގެފާނު ކޮޅަށްހުރެ ކުޑަކަމު ނުދަމެވެ.“ — މިރިވާޔަތަކީ އޭގެ ޟަޢީފު ކަމާއި މެދު އިއްތިފާޤުވެވިފައިވާ ރިވާޔަތެކެވެ.
📌އަދި ކޮޅަށްހުރެ ކުޑަކަމު ދިޔުން ނަހީވެގެންވާ އެއްވެސް ޙަދީޘެއް، މަރުފޫޢަ ގޮތުގައި ޞައްޙަވެފައި ނުވެއެވެ.
މިއާ ޚިލާފަށް ޞައްޙަ ވެފައިވަނީ އެކަން ޙުއްދަ ކަމުގެ މައްޗަށެވެ. ފަހެ ނަބިއްޔު ﷺ އެކަން ޢަމަލުން ކުރެއްވިއެވެ. އަދި އަޞްޙާބުންގެ ތެރެއިން ބައިގަނޑެއް އެއަށް ޢަމަލުކުރެއްވިއެވެ.
🤚މިއާއި އެކުވެސް، އިށީނދެ އިނދެ ކުޑަކަމުދިޔުމަކީ، މޮޅުއިތުރު ގޮތެވެ. އެހެނީ އެއީ ނަބިއްޔު ﷺ ގިނައިން ކަންތައް ކުރެއްވިގޮތެވެ. އަދި ކުޑަކަމުދާތަކެތި ބުރައިގެން ދިޔުމުން ބޮޑަށް ރައްކައުތެރި ގޮތެވެ. والله أعلم.
ލިޔުނީ
ސުލައިމާން ބުނު ނާޞިރަލް ޢަލްވާން (ރިސާލާ)
- ނިމުނީ -
~ ގަލަންދާނު 🖋
Comments (0)
Be the first to comment.