Writings / Hadith
އަނަސްގެފާނު ވިދާޅުވިއެވެ: ”ބޯ ފަށުވިފޮތި ކަމުގައި ވިޔަސް، ނުވަތަ އެހެން އެއްޗެއް އެއާއި އެކުނުލާ ޚާލިޞް ފަށުވި ފޮތި ކަމުގައިވިޔަސް، ރަސޫލު…
By Galandān Admin17 July 2025 at 16:170 Comments
This article is available in Dhivehi only.
😍 ❞ އަނަސްގެފާނު ވިދާޅުވިއެވެ: ”ބޯ ފަށުވިފޮތި ކަމުގައި ވިޔަސް، ނުވަތަ އެހެން އެއްޗެއް އެއާއި އެކުނުލާ ޚާލިޞް ފަށުވި ފޮތި ކަމުގައިވިޔަސް، ރަސޫލު ﷲ ﷺ ގެ އަތްޕުޅަށްވުރެ މަޑުކަން ބޮޑު އެހެން އެއްވެސް އެއްޗެއްގައި ތިމަންގެ އަތް ދުވަހަކުވެސް ބީހިފައެއް ނުވެއެވެ. އަދި ރަސޫލު ﷲ ﷺ ގެ ހަށިކޮޅުގެ މީރުވަހަށްވުރެ، މީރުވެހެއްދުވާ ހުވަނދެއްގެ ވަސް ތިމަން ފަހަރެއްގައިވެސް ދެކެފައެއް ނުވަމެވެ.“
🎁ޘާބިތުގެފާނު ވިދާޅުވިއެވެ: ”އަނަސްގެފާނު ހެނދުނުވެލައްވާހިނދު، އެކަލޭގެފާނުގެ އަޚުންނާއި ސަލާމް ކުރެއްވުމަށްޓަކައި އަތްތިލައިގައި އަތަރު ތުރުކުރައްވައެވެ.“ ❝
— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)
~ ގަލަންދާނު 🖋
Comments (0)
Be the first to comment.