ޢާއިޝާ رضي الله عنها އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ: ”ވައިގަދަވާ ހިނދު، ނަބިއްޔު ﷺ ދުޢާ ކުރައްވަވައޭ
This article is available in Dhivehi only.

ޢާއިޝާ رضي الله عنها އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ: ”ވައިގަދަވާ ހިނދު، ނަބިއްޔު ﷺ ދުޢާ ކުރައްވަވައޭ:
« اللَّهُمَّ إِنِّي أَسْأَلُكَ خَيْرَهَا وَخَيْرَ مَا فِيهَا وَخَيْرَ مَا أُرْسِلَتْ بِهِ وَأَعُوذُ بِكَ مِنْ شَرِّهَا وَشَرِّ مَا فِيهَا وَشَرِّ مَا أُرْسِلَتْ بِهِ »
(އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން އޭގެ ހެވާއި، އޭގައިވާ ހެވާއި، އަދި އެކަމަށްޓަކައި އެ ފޮނުއްވުނު ކަންތަކުގެ ހެޔޮކަން އަޅާއަށް ދެއްވުން އެދި އިބަ އިލާހަށް ދަންނަވަމެވެ. އަދި އޭގެ ނުބައިކަމާއި، އޭގައިވާ ނުބައިކަމާއި، އަދި އެކަމަށްޓަކައި އެ ފޮނުއްވުނު ކަންތަކުގެ ނުބައިކަމުން އަޅާ ސަލާމަތްކޮށްދެއްވުން އެދި އިބަ އިލާހަށް ދަންނަވަމެވެ.)
— ރިވާކުރެއްވީ މުސްލިމް އެވެ.
⚠️ދެންފަހެ: "اللَّهُمَّ اجْعَلْهَا رِيَاحًا وَلَا تَجْعَلْهَا رِيحًا" — މިދުޢާ އާއި މެދު ދަންނައެ، އެއީ ޟަޢީފު ޙަދީޘެކެވެ.
— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)
~ ގަލަންދާނު 🖋
Comments (0)
Be the first to comment.