ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ
This article is available in Dhivehi only.
⏺ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ:
«من قال في مؤمن ما ليس فيه أسكنه الله ردغة الخبال حتى يخرج مما قال»
”މުސްލިމެއްގެ ކިބައިގައި ނެތް ކަމެއްގެ ވާހަކަ އޭނާއަށް ނިސްބަތް ކޮށް ބުނާ މީހާ އާއި މެދު ދަންނައެ، އޭނާ އެބުނި އެއްޗެއް ދުކޮށްލުމާއި ހަމަޔަށް ⌝ޤިޔާމަތްދުވަހުން⌜ ﷲ އޭނާ ”ރަދްޣަތުލް ޚިބާލު“ އަށް ލައްވަވާނެއެވެ.
އަލްޢަލްވާން ވިދާޅުވިއެވެ: ”މިޙަދީޘު ރިވާ ކުރެއްވީ އަބޫ ދާވޫދާއި އެނޫން ބޭކަލުން އިބްނު ޢުމަރުގެ އަރިހުންނެވެ. އެއީ ޞައްޙަ ޙަދީޘެކެވެ.“ (އަލްކައްޝާފް ޢަން ޟަލާލަތި ޙަސަނިއް ޘައްޤާފް، ޞ. 10) އަލްފުލައިޖު ވިދާޅުވިއެވެ: ”އެއީ ޙަސަން ޙަދީޘެކެވެ.“ ޑރ. އިބްރާހީމް އަލްޢުބައިކީ ވިދާޅުވިއެވެ: ”މިޙަދީޘު ރިވާކުރެއްވީ އަބޫ ދާޥޫދާއި އަޙްމަދެވެ. އޭގެ ސަނަދު ޖައްޔިދެވެ.“ (އެބަހީ، ޙަސަން ދަރަޖައާއި ގާތްކުރެއޭ އެވެ.) އަލްޙަސަނީ އެޙަދީޘު މަޥްޤޫފު ކަމަށް ވިދާޅުވިއެވެ.
އައްޝެއިޚް އަޙްމަދު އައްޞުޤްޢޫބު ވިދާޅުވިއެވެ: ”{ރަދްޣަތުލް ޚަބާލާ} ، ބުނެވެއެވެ: އެއީ ޖަހަންނަމައިގައި ވާ ނަޖިސް ވަޅުގަނޑެއް ފަދަ ތަނެކެވެ. އެތަނަށް ނަރަކައިގެ އަހުލުންގެ ޢުޞާރާ (އެބަހީ: ގައިން ފައިބާ ފާދިޔައާއި ދޮހާއި ލޭ) އެއްވެއެވެ — ﷲ ޙަޟުރަތުން ރައްކައުތެރިކަމަށް އަހަރެމެން އެދެމެވެ — ފަހެ މިއީ މުސްލިމެއްގެ އަބުރުގެ މާތްކަމާއި ޙުރުމަތް އަންގަތްދޭ ދަލީލެކެވެ. އަދި އެވެރިންގެ ފުށުގައި ނެތް ކަމަކުން އެވެރިން ޞިފަކުރުން ޙަރާމްވެގެން ވާކަމުގެ ދަލީލެކެވެ...“
~ ގަލަންދާނު 🖋
Comments (0)
Be the first to comment.